ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމަށް ސްޓެލްކޯގެ މުވައްޒަފުންނަށް ތަމްރީނުޕޮރުގުރާމެއް ހިންގައިފި

TTH_Ads
STO_Ads
Advertisement

އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމަށް ސްޓެލްކޯގެ މުވައްޒަފުންނަށް ކުރިއަށްގެންދިޔަ ފަޔާ ވޯޑަން – ޓްރެއިން ދަ ޓްރެއިނަރު ޕްރޮގްރާމްގެ ބައިވެރިންނަށް ސެޓްފިކެޓް ދީފިއެވެ.

ޕްރޮގްރާމުގެ ބައިވެރިންނަށް ސެޓްފިކެޓް ދީފައިވަނީ އެކަމަށްޓަކައި މިއަދު ސްޓެލްކޯގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

މި ޕްރޮގްރާމް ފުރިހަމަކޮށް ސްޓެލްކޯގެ 30 މުވައްޒަފުން މިއަދު ވަނީ ސެޓްފިކެޓް ހާސިލްކޮށްފައެވެ. ބައިވެރިންނަށް ސެޓްފިކެޓް ދެއްވީ ނޭޝަނަލް ޑިޒާސްޓަރު މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)ގެ ސީއީއޯ ހިސާން ހަސަނާއި ސްޓެލްކޯ ހިންގެވުމާއި ޙަވާލުވެވަޑައިގެން ހުންނެވި ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރު ޑރ. އަލީ އަޒްވަރެވެ.

ސްޓެލްކޯއިން ވިދާޅުވީ، ފަޔާ ވޯޑަން “ޓްރެއިން ދަ ޓްރޭނަރު” މި ޕްރޮގްރާމަކީ، މަސައްކަތުގެ މާހައުލުގައި އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމުގެ މިންގަނޑުތައް ހަރުދަނާކުރުމަށާއި، ކުއްލި ހާލަތްތަކަށް ތައްޔާރުވެފައިވާ މިންވަރު އިތުރުކުރުމަށްޓަކައި، އެންޑީއެމްއޭ އާ ގުޅިގެން ކުރިއަށްގެންގޮސްފައިވާ ތަމްރީނު ޕްރޮގްރާމެއް ކަމަށެވެ.

HajjCop_ads
Advertisement

އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމަށް ސްޓެލްކޯގެ މުވައްޒަފުން ތަމްރީނުކޮށް، ސެޓްފިކެޓް ދިނުން: ފޮޓޯ: ސްޓެލްކޯ

މި ޕްރޮގްރާމަކީ، ކުއްލި ހާލަތްތަކުގައި ފަޔާ ވޯޑަނުންގެ މަސްއޫލިއްޔަތު އަދާކުރުމަށް އެހެން މުވައްޒަފުން ތަމްރީނުކުރުމަށް ބޭނުންވާ އިލްމާއި، އަމަލީ ހުނަރާއި، އުނގަންނައިދިނުމުގެ ފަންނީ ގާބިލުކަން މުވައްޒަފުންގެ ކިބައިގައި އަށަގަންނުވައި، ސްޓެލްކޯގައި ތަމްރީނު ދިނުމުގެ ގާބިލުކަން އިތުރުކުރުމަށް ހިންގާފައިވާ ޕްރޮގްރާމެއް ކަމަށްވެސް ވިދާޅުވިއެވެ.

މި ޕްރޮގްރާމްގައި ކިޔަވައިދެއްވާފައިވަނީ އެންޑީއެމްއޭ އާއި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) ގެ ތަޖުރިބާކާރުންނެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޑރ. އަލީ އަޒްވަރު ވިދާޅުވީ މި މަސައްކަތަކީ އަޅުގަނޑުމެން 2024 ވަނަ އަހަރު އެންޑީއެމްއާ އެއްކޮށް ވެވުނު އެމްއޯޔޫއެއްގެ ދަށުން ކުރަމުން އައި ހަރަކާތްތަކުގެ ތެރެއިން އެއްބައި ކަމަށެވެ.

އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމަށް ސްޓެލްކޯގެ މުވައްޒަފުން ތަމްރީނުކޮށް، ސެޓްފިކެޓް ދިނުން: ފޮޓޯ: ސްޓެލްކޯ

“އޭގެތެރޭ ހިމެނޭ އެއްކަންތައް އެމަޖެންސީ ރެސްޕޮންސް ޕްލޭނެއް ތައްޔާރުކުރުމުގެ ކަންތައް. އޭގަ ހިމެނޭ އެއް ކަމަކީ އިވެކުއޭޝަން ޕްލޭނެއްގެ މަސައްކަތް. އެކަމަށްޓަކާ އަޅުގަނޑުމެން ތައްޔާރުކުރަންޖެހޭ ފަޔަރ ވޯޑަނުން ތައްޔާރުކުރުން މި އެކްސަސައިޒްގަ މި ގެންދެވުނީ. އެކަމަށް އިތުރު ބޭފުޅުން ތައްޔާރުކުރުމުގެ ގޮތުން ފުރަތަމަ ޓްރެއިން ދަ ޓްރެއިނަރސް މި ހިންގުނީ. ކުންފުނީގެ ލެވެލްގަ މި ބޭފުޅުންގެ ބޭނުން ހިފައިގެން އަދި އިތުރު މުވައްޒަފުންނަށް އެ ބޭފުޅުނުންނަށް އެ ލިބިލެއްވި ތަމްރީނުގެ އަލީގަ މި ޙަރަކާތް އިތުރަށް އަދި ކުރިއަށްއޮތް ތާނގަ އެބޭފުޅުން ކުރިއަށް ގެންގޮސްދެއްވާނެ،”.

ހިސާން ވިދާޅުވީ ކުންފުންޏެއް ނުވަތަ މުއްސަސާއެއް ނުވަތަ އޮފީހެއް، ވިލުންތެރި އޮފީހަކަށް ނުވަތަ ކުންފުންޏަކަށް ވަނީ ބޮޑެތި ކަންތައްތައް ދިމާވާ ވަގުތުގަ އެ ކުންފުނިތަކުން ނުވަތަ އޮފީސްތަކުން ރައްޔިތުންނަށް ފޯރުކޮށްދެމުންދާ ހިދުމަތްތައް މެދުނުކެނޑި އެ ޙާލަތުގަވެސް ފޯރުކޮށްދެމުން ގެންދާގެންދިއުމަށް ބުރުލެއްނާރާ އަސްލުގަ ކުރިއަށް ދިއުން ކަމަށެވެ.

MWSC_ads
Ads_MTCC
MPL_Ads
Advertisement
STO_Ads
MPL_Ads
HajjCop_ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Big 4j0ssZJfBcUBwVX9xR6rfQ2LQ

އޮމަދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ނިމުމަކާ ގާތަށް

43

އަމީނީ މަގުގައި އަލުން ތާރުއެޅުމަށް ބޭނުންވާ ޕްރީ-ކޮންސްޓްރަކްޝަން ސާވޭ ފަށައިފި

43

މާލޭގެ މިނީ ބަހުގެ ހިދުމަތުގެ ރޫޓުތަކަށް މިނިވަން ދުވަހާ ދިމާކޮށް ބަދަލުތަކެއް

WhatsApp Image 2026 07 25 at 18.22.08

ހުޅުމާލޭގައި ޒަމާނީ ކޯޓު ކޮމްޕްލެކްސްއެއް އެޅުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި