ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މުއުމިނުންގެ މެދުގައި އޮންނަ ގުޅުން ވާންވާނީ އަހުންވަންތަ ރީތި ގުޅުމަކަށް: ރައީސް މައުމޫން

raees maumoon
STO_Ads
TTH_Ads
Maldivian_Ads
Advertisement

މި ދުނިޔެމަތީގައި އުފާވެރިކަމާއި ބާއްޖަވެރިކަން ލިބޭނީ އެއް މުއުމިނާ އަނެއް މުއުމިނާއާއި ދޭތެރޭގައި އޮންނަ ގުޅުން ރަނގަޅުވުމުންކަމަށް ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، މައުމޫން ފައުންޑޭޝަނުން ބޭއްވި 2 ވަނަ އިޙްޔާ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

“އެއް މުއުމިނާ އަނެއް މުއުމިނާއާއި ދޭތެރޭގައި އޮންނަ ގުޅުން ވާންޖެހޭނީ އަޚުންގެ މެދުގައި އެއްބަނޑު އެއްބަފާ ބައެއްގެ މެދުގައި އޮންނަ ފަދަ ރީތި ލޮބުވެތި ގުޅުމަކަށް. އެކަކު އަނެކަކަށް ކަމޭހިތައި، އެކެއްގެ ހައްޤުތައް ރައްކާތެރިކޮށް އެކަކު އަނެކަކަށް އެހީތެރިވުމުގެ މައްޗަށް މި ގުޅުން އޮންނަންޖެހޭނީ ބިނާވެފައި. އެގޮތުގެ މަތިން އަޅުގަނޑުމެން ދިރިއުޅެމުން ގެންދާކަމަށް ވަނީނަމަ މި ދުނިޔޭގެ ހަޔާތުގައި އަޅުގަނޑުމެންނަށްވެސް އުފާވެރިކަމާއި، ބާއްޖަވެރިކަމާއި ހަމަޖެހުން ލިބޭނެ.” ރައީސް މައުމޫން

މި ފޯރަމްގައި ރައީސް މައުމޫން ވާހަކަދައްކަވާފައިވަނީ “މުއުމިނުން ވާކަންކަށަވަރީ، އަޚުންތަކެއް ކަމުގައި” މި މައުޟޫއަށެވެ. މި މައުޟޫއަށް ވާހަކަދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ، އެއް މުއުމިނަކު އަނެއް މުއުމިނަކާއި ދެމެދު އޮންނަ ގުޅުން ވާންވާނީ އަޚުންތަކެއްގެ ގޮތުގައި އޮންނަ ރީތި ގުޅުމަކަށްކަމަށެވެ. ދުނިޔެމަތީގައި އުފާވެރިކަމާއި ބާއްޖަވެރިކަން ލިބޭނީ އޭރުންކަމަށް ވިދާޅުވިއެވެ.

HajjCop_ads
Advertisement

2 އަޚުންގެ ދެމެދުގައި ހަމަނުޖެހުމެއް ވާނަމަ އެކަންތައްތައް ހައްލުކުރަންޖެހޭކަން ފާހަގަކުރައްވާ، ރައީސް މައުމޫން ވިދާޅުވީ، އެދެމީހުން ވާހަކަދައްކާ އެކަންކަން ހައްލު ކުރަން މާތް ﷲ ޤުރްއާނުގައި ބަޔާންކުރައްވާފައިވާކަމަށެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
Maldivian_Ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

raees maumoon

ރޯދަމަހު އުޙުވަތްތެރިކަން އިސްކުރަން ޖެހޭ: ރައީސް މައުމޫން

maumoon foundation

މައުމޫން ފައުންޑޭޝަނުން މި އަހަރު ވެސް އިޙްޔާ ފޯރަމް ބާއްވަނީ

Big YlERbzxqbKSdBD8sxp7Z47qVC

އެމްއެންޔޫއާއި މައުމޫން ފައުންޑޭޝަނާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި

maumoon foundation

ރައީސް މައުމޫންގެ ޕްރެޒިޑެންޝަލް ލައިބްރަރީ މިއަހަރު އިފްތިތާހުކުރަނީ