ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ފުޅަދޫގައި އާންމު މިންގަނޑުން ބޭރުން ފަތުރުވެރިން ހެދުން އަޅައިގެން އުޅޭނަމަ ގެސްޓްހައުސްތައް ޖޫރިމަނާކުރަނީ

B fulhadhoo
STO_Ads
TTH_Ads

ބ. ފުޅަދޫގެ އާންމު ސަރަހައްދުތަކުގައި ފަތުރުވެރިން ބިކިނީ ފަދަ ނިވާކަން ކުޑަ ހެދުން އަޅައިގެން އުޅޭ ނަމަ، އެ ފަތުރުވެރިން ރަށަށް ގެނެސް ހިދުމަތްދޭ ގެސްޓްހައުސްތައް 750 ރުފިޔާ އިން ޖޫރިމަނާކުރުމަށް އެ ރަށު ކައުންސިލުން ނިންމައިފިއެވެ.

ފުޅަދޫ ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ އެ ރަށުގެ އާންމު ތަންތަނުގައި ފަތުރުވެރިން މުޖުތަމައުގެ އާންމު މިންގަނޑުތަކާ ހިލާފަށް ހެދުން އަޅައިގެން އުޅޭ ކަމުގެ ޝަކުވާ ރަށުގެ ރައްޔިތުންގެ ފަރާތުން ކައުންސިލަށް ލިބެމުންދާ ކަމަށެވެ. އެހެންވެ އެ މައްސަލައާ ގުޅިގެން ކައުންސިލްގެ ރަސްމީ ޖަލްސާއަކުން މިހާރު ވަނީ ގޮތެއް ނިންމާފައި ކަމަށް ކައުންސިލުން ބުންޏެވެ.

އެގޮތުން، ކުރިއަށްއޮތް ތަނުގައި އާންމު މިންގަނޑުން ބޭރުން ފަތުރުވެރިއަކު ހެދުން އަޅައިގެން އުޅޭކަން ފާހަގަކުރެވިއްޖެ ނަމަ، އެ ފަތުރުވެރިޔަކު ނިސްބަތްވާ ގެސްޓްހައުސްއެއް ބަލައި، އެ ތަނެއް 750 ރުފިޔާ އިން ޖޫރިމަނާ ކުރާނެކަމަށް ކައުންސިލުން ބުންޏެވެ.

Maldivian_Ads

އެކަން އަންގައި ދިވެހި ބަހުންނާއި އިނގިރޭސި ބަހުން ވެސް ކައުންސިލުން ވަނީ އިއުލާނު ނެރެފައެވެ.

MWSC_ads

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ފަތުރުވެރިންނަށް ވިސާ މުއްދަތު އިތުރުކުރުމުގައި ފަސޭހަތަކެއް!

އިތުރު އެއާލައިންތަކުން ރާއްޖެއަށް ދަތުރުތައް ފަށަން މަޝްވަރާކޮށްފި

438973 3 79addf0e8736eff3e3c0ae5bbb02a84bc8ee52ff

ޖަރުމަނުގެ ފަތުރުވެރިޔާ ގައިގައި ބުރަފަތިން ޖެހުނީ ދޯނީގެ ފަހަތުން މޫދަށް ފުންމާލުމުން!

438973 3 79addf0e8736eff3e3c0ae5bbb02a84bc8ee52ff

ދޯންޏެއްގެ ބުރަފަތީގައި ޖެހި ފަތުރުވެރިޔަކު މަރުވެއްޖެ