ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އިންތިހާބަށް 100 މިލިއަން ހޭދަވިޔަސް ބޮޑެއް ނޫން: ރައީސް ޞާލިހު

Maldivian_Ads
STO_Ads
TTH_Ads
Advertisement

އިންތިޚާބުތައް ބާއްވަން ފަސް އަހަރުން އެއް ފަހަރު 100 މިލިއަން ރުފިޔާ ޚަރަދުކުރަން ޖެހުނަސް އެއީ ބޮޑު އަދަދެއް ނޫން ކަމަށް ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްކޮށްލުމާމެދު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާން ސަރުކާރުން ނިންމާފައިވާތީ، އެކަމާ ދެކޮޅަށް އެމްޑީޕީން ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޞާލިހު ވިދާޅުވީ، ސަރުކާރުން މި ބަދަލު ގެންނަން އުޅެނީ ޚަރަދު ކުޑަކުރުމުގެ ނަމުގައި ކަމަށެވެ. ނަމަވެސް ހަގީގަތުގައި މިއީ މިހާރު އޮތް މަޖިލީހުގެ ދައުރު ކުރުކުރުން ކަމަށް އެމަނިކުފާނު ސިފަކުރެއްވިއެވެ. ދެ އިންތިޚާބު އެއްކޮށްލައިގެން 50 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށް ސަރުކާރުން ބުނާ ވާހަކައަށް ރައްދު ދެއްވައި ޞާލިހު ވިދާޅުވީ، ޑިމޮކްރެޓިކް ނިޒާމެއްގައި އިންތިޚާބު ބާއްވަން އެވަރުގެ ޚަރަދެއް ކުރުމަކީ ބޮޑު ކަމެއް ނޫން ކަމަށެވެ. އެގޮތުން 60 މިލިއަން ޚަރަދުވިޔަސް އެއީ އަހަރަކަށް ޖެހޭ 12 މިލިއަން ރުފިޔާ ކަމަށާއި، އެއީ މަހެއްގެ މައްޗަށް އެއް މިލިއަން ރުފިޔާކަން ފާހަގަކުރައްވައި، ހަމައެކަނި ޚަރަދު ކުޑަކުރަން އިންތިޚާބުތަކުގެ ނިޒާމު ބަދަލުކޮށްގެން ނުވާނެ ކަމަށް ވިދާޅުވިއެވެ.

އެހެންނަމަވެސް ގިނަރައްޔިތުން އަބަދުވެސް އަޑުއުފުލަމުންދަނީ އިންތިހާބުތަކަށް ކުރާ ބޭކާރު ޙަރަދުތަށް މަދުކޮށް އެފައިސާއިން ރައްޔިތުންނަށް ކުރިމަތިވެފައިވާ ދަތިތަކަށް ހައްލުހޯމަށްކަން ގިނަބަޔަކު ގަބޫލުކުރެއެވެ.

HajjCop_ads
Advertisement

MWSC_ads
MPL_Ads
Ads_MTCC
Advertisement
MPL_Ads
STO_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

HR1YROoaUAAYTo6

އެމްޑީޕީގެ ކޮންގްރެސް އަންނަ މަހަށް ފަސްކޮށްފި

Saeed

އެމްޑީޕީގެ ނައިބު ރައީސްކަމުން ހިސާން އިސްތިއުފާ ދެއްވައިފި

Saeed

އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަންގެ މަގާމުން އަހުމަދު އަބްދުﷲ އިސްތިއުފާދެއްވައިފި

ibrahim mohamed solih

ރައީސް ސޯލިހު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަނީ