ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ރައީސް ސޯލިހު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަނީ

ibrahim mohamed solih
STO_Ads
TTH_Ads
Advertisement

ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް އެމްޑީޕީގެ ރިޔާސީ ޓިކެޓު ހޯއްދެވުމަށް އެ ޕާޓީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވުމަށް ވިސްނަވަމުން ގެންދެވި ބައެއް ބޭފުޅުންގެ ތާއީދާއެކު ޕްރައިމަރީގައި ވާދަކުރެއްވުމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ނިންމަވައިފިއެވެ.

ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވުމާމެދު ގޮތެއް ނިންމެވުމަށްޓަކައި އެމްޑީޕީގެ އިސްބައެއް ބޭފުޅުންނާއެކު ރައީސް ޞާލިޙުވަނީ ސިލްސިލާ ބައްދަލުވުންތަކެއް ބާއްވަވާފައެވެ. ރަށްރަށުގައި ޕާޓީގެ ހަރަކާތްތަކުގައި އިސްކޮށް އުޅުއްވާ ބޭފުޅުންނާއި ޕާޓީގެ އެކި މަގާމުތަކުގައި ތިއްބެވި ބޭފުޅުންނާ އެމަނިކުފާނު ބައްދަލުކުރައްވައި އެކަމާ މަޝްވަރާކުރެއްވިކަމަށް ރައީސް ޞާލިޙުގެ އަރިސް ބޭފުޅަކު އެމްއެމްޓީވީއަށް މައުލޫމާތު ދެއްވިއެވެ.

އެމަނިކުފާނު އެތެރޭގެ އިންތިހާބުގައި ވާދަކުރެއްވުމަށް ނިންމެވީ އިއްޔެ ޕާޓީގެ ބައެއް އިސްވެރިން ހިމެނިވަޑައިގަންނަވާ ގޮތަށް އެމަނިކުފާނުގެ އަރިސް ބައެއް ބޭފުޅުންނާއެކު ބޭއްވެވި ބައްދަލުވުމަކަަށް ފަހުއެވެ.

HajjCop_ads
Advertisement

އެމަނިކުފާނަށް ތާއީދުކުރެއްވުމަށް ނިންނެވި ބޭފުޅުންގެ ތެރޭގައި ރަސްމީކޮށް ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވުމުގެ ޝައުގުވެރިކަން ފާޅުކުރައްވާފައިވާ ކުރީގެ ނައިބުރައީސް ފައިސަލް ނަސީމާއި، ހުޅުމާލޭ ދެކުނު ދާއިރާގެ މަޖިލިސް މެންބަރު ޑރ.އަޙްމަދު ޝަމްހީދުގެ އިތުރަށް ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން ރަސްމީކޮށް އިއުލާނުނުކުރައްވާ މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމު ހިމެނިވަޑައިގަންނަވައެވެ.

ރައީސް ޞާލިހު ޕްރައިމަރީގައި ވާދަކުރެއްވުމަށް ނިންމަަވާފައިވާއިރު މިހާތަނަށް ރަސްމީކޮށް ޕްރައިމަރީގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވާފައިވާ ބޭފުޅަކީ އެމްޑީޕީގެ މިހާރުގެ ޗެއާޕާސަން ރައީސް މުހައްމަދު ނަޝީދާއެކު ސިޔާސީ މަސައްކަތްކުރައްވަމުންގެންދަވާ އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލެވެ.

އެމްއެމްޓީވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް ޞާލިޙު އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާނަމަަ އެމަނިކުފާނާ ވާދަކުރެއްވުމަށް ޕްރައިމަރީއަށް ރައީސް ނަޝީދު ކުރިމަތިލެއްވުމުގެ ފުރުސަތު ބޮޑުކަމަށް އެ ޕާޓީގެ ބައެއް ވެރިން ގަބޫލުކުރައްވައެވެ.

އެ ބޭފުޅުންގެ އިތުރަށް އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާނެކަމަށް ބޮޑަށް ބެލެެވެނީ އެ ޕާޓީގެ ރައީސްގެ މަގާމުގައި ހުންނެވި ކުރީގެ ޚާރިޖީވަޒީރު އަބްދުﷲ ޝާހިދެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

MDP

އެމްޑީޕީގެ ކޮންގްރެސް ސެޕްޓެމްބަރު 19 ގައި ބާއްވަން ގައުމީ މަޖިލީހުން ފާސްކޮށްފި

445gf

ލޯކަލް ގަވަމެންޓް އޮތޯރިޓީގެ ބައްދަލުވުންތައް ލައިވްކުރުމަށް އެމްޑީޕީން އެދިއްޖެ

88887

އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު އަންވަރު ސިވިލް ކޯޓަށް ހާޒިރުކުރުމުގެ އަމުރު ބާތިލުކޮށްފި

Io

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވުމުގެ ޝައުގުވެރިކަން ފައިސަލް ފާޅުކުރައްވައިފި