ރ. މަޑުއްވަރީގައި ބިދޭސީ އަންހެނަކާމެދު މާރާމާރީ ހިންގައި، އޭނާގެ އަތުން ފޭރެން އުޅުނު މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯއަކުން ފެންނަ ގޮތުގައި، ބިދޭސީ ފިރިހެނަކު ވަނީ ބިދޭސީ އަންހެނަކު މަގުމައްޗަށް ވައްޓާލައި، އޭނާގެ އަނގަ ބަންދުކޮށް ބިރުދައްކާފައެވެ.
އެ ރަށު ރެސްޓޯރެންޓެއްގައި މަސައްކަތްކުރާ އެ އަންހެން މީހާގެ އަތުގައި ހުރި ފައިސާތައް މަގުމައްޗަށް ވެއްޓިފައިވާ މަންޒަރުވެސް ވީޑިއޯއިން ފެނެއެވެ. އެ ބިދޭސީ ފިރިހެން މީހާގެ ޢަމަލުތައް ހުއްޓުވީ އެ ސަރަޙައްދަށް ދިޔަ ދިވެއްސެކެވެ.

ފުލުހުން ހާމަކުރި ގޮތުގައި މި މައްސަލަ ދަނީ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ. ނަމަވެސް، މި މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކުރި ކަމަކަށް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.










ކިޔުންތެރިންގެ ހިޔާލު