ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

“އެމް.ޑަބްލިޔު.އެސް.ސީ ރޯދަ ސުފުރާ” މި އަހަރުވެސް އިފްތާރް މީލް ޕެކް ބަހަނީ

STO_Ads
TTH_Ads
Advertisement

މާލޭ ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމް.ޑަބްލިޔު.އެސް.ސީ) އިން އިޖުތިމާޢީ ޒިންމާގެ ދަށުން ރަމަޟާން މަހަށް ޚާއްޞަކޮށްގެން ކުރިއަށްގެންދާ “އެމް.ޑަބްލިޔު.އެސް.ސީ ރޯދަ ސުފުރާ” މި އަހަރުވެސް ރަމަޟާން މަހުގެ އެއްވަނަ ދުވަހުން ފެށިގެން ކުރިއަށްދާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

ނިމިދިޔަ ރަމަޟާން މަހު މި ޕްރޮގްރާމަށް އާންމުންގެ ފަރާތުން ލިބުނު ބޮޑު ތަރުޙީބާއި އެއްބާރުލުމާ ގުޅިގެން، މިއަހަރުގެ ރަމަޟާން މަހުވެސް މި މާތް މަޤްޞަދުގައި މި ޙަރަކާތް މުޅި މަސްދުވަހަށް ބަހާލައިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް އެ ކުންފުނިން ބުނެއެވެ.

“އެ ކުންފުނިން ބުނީ، އެމް.ޑަބްލިޔު.އެސް.ސީ ރޯދަ ސުފުރާ 1447” ގެ ދަށުން ކޮންމެ ދުވަހަކުވެސް ރޯދަވީއްލުމަށް ބޭނުންވާ “އިފްތާރ މީލް ޕެކް” ބެހުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށެވެ. މިއީ ރަމަޟާން މަހުގެ މަތިވެރި ރޫޙާ އެއްގޮތަށް، އެކަކު އަނެކަކަށް އެހީތެރިވެ، އެކުވެރިކަމާއި އޯގާތެރިކަން އާލާކުރުމަށް ކުރިއަށްގެންދާ ޙަރަކާތެއް ކަމަށާ، މިއީ ޒަމާނުއްސުރެ ދިވެހިންގެ މެދުގައި އޮންނަ އެއްބައެއްވަންތަކާމާއި، ބަދަހި ގުޅުން ދެމެހެއްޓުމަށާއި، އިޖުތިމާޢީ ރޫޙު ވަރުގަދަކުރުމަށް މި ކުންފުނިން ކުރާ މަސައްކަތެއް ކަމަށް އެ ކުންފުނިން ބުނެއެވެ.

HajjCop_ads
MMA_Ads
Advertisement

“އިފްތާރ މީލް ޕެކް” ބެހުމުގެ ޙަރަކާތް ކުރިއަށްދާނީ ފެން ބިލްޑިންގގެ މައި ދޮރުމަތީގައި މިކަމަށް ޚާއްޞަކޮށް ތައްޔާރުކޮށްފައިވާ ޓެންޓުގައެވެ.

މި ޕްރޮގްރާމުގައި ބައިވެރިވެ، ރޯދަވީއްލުމަށް ބޭނުންވާ ތަކެތި ހަދިޔާކުރުމުގެ ފުރުޞަތު އެ ކުންފުނީގެ މުވައްޒަފުންނަށާއި އާންމު ރައްޔިތުންނަށް ވަނީ ހުޅުވާލެވިފައެވެ. ގޭގައި ތައްޔާރުކުރާ ކާބޯތަކެތި ކޮންމެ ދުވަހަކު ހަވީރު 4:30 އިން 5:45 އާ ދެމެދު މި ޓެންޓަށް ގެންދެވޭނެއެވެ. ސިއްޙީ ރައްކާތެރިކަމަށް ބަލައި، ހަދިޔާކުރާ ތަކެތި ހުންނަންވާނީ ފޮއިލް ކޮންޓޭނަރުގައި ރަނގަޅަށް ބަންދުކޮށްފައެވެ.

MWSC_ads
MPL_Ads
Advertisement
STO_Ads
MPL_Ads
MMA_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

MWSC

މާލޭގެ ސްވަރޭޖް މެއިންލައިން އެކްސްޓެންޝަން މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަނީ

Img md 202606070732061780842726.1197

އެމްޑަބްލިޔުއެސްސީ ސޮލިއުޝަންސް އިން ކޮމްޕެކްޓް ފެން ޕަމްޕް ބާޒާރަށް ނެރެފި

Img md 202606070147021780822022.9425

ގަސް އިންދުމުގެ މަޝްރޫޢަށް އެމްޑަބްލިޔުއެސްސީގެ އެހީތެރިކަން ހޯދުމާ ގުޅޭގޮތުން މަޝްވަރާކޮށްފި

އެމްއެންޔޫ ފެއާގައި އެމްޑަބްލިޔުއެސްސީގެ ވަޒީފާ ސްޓޯލެއް ބަހައްޓަވައިފި