ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

“ރަންވަރު ފަސްމީރު” ނަމުގައި މިފްކޯގެ އައު 5 އުފެއްދުމެއް ބާޒާރަށް

TTH_Ads
STO_Ads
Advertisement

މިފްކޯގެ ފަސްމީރު ބްރޭންޑުގެ ދަށުން “ރަންވަރު” ޕްރީމިއަމް އުފެއްދުންތަކުގެ ގޮތުގައި އައު އުފެއްދުންތަކެއް ރާއްޖޭގެ ބާޒާރަށް ނެރެފިއެވެ.

މި އައު އުފެއްދުންތައް ބާޒާރަށް ތަޢާރަފުކުރުމުގެ ގޮތުން މިފްކޯ މަސްފިހާރައިގައި ވަނީ ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތުގައި މި އުފެއްދުންތައް ނެރެދެއްވީ އެކުންފުނީގެ ޗެއަރމަން ޝިމާޒެވެ. މި ރަސްމިއްޔާތުގައި މިފްކޯގެ ސީއީއޯ ފަރުހަތު ޝަހީރާއި އެކުންފުނީގެ އިސްވެރިންވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ. “ރަންވަރު” ޕްރީމިއަމް ބްރޭންޑުގެ ދަށުން ޖުމްލަ 5 އުފެއްދުމެއް މިފްކޯއިން ވަނީ އަލަށް ބާޒާރަށް ނެރެފައެވެ.

މުޅިން އަލަށް ބާޒާރަށް ނެރެނު މި އުފެއްދުންތަކާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން މިފްކޯގެ ސޭލްސް އެންޑް މާކެޓިންގ ޖެނެރަލް މެނޭޖަރު ޙަސަން ޒާހިދު ވިދާޅުވީ، އެކުންފުނީގެ އަމާޒަކީ ރައްޔިތުން ބަލައިގަންނާނެ ފަދަ އުފެއްދުންތަކެއް ބާޒާރަށް ނެރުން ކަމަށެވެ.

MMA_Ads
HajjCop_ads
Advertisement

“އަޅުގަނޑުމެން ވީހާވެސް ބޮޑަށް މި ބަލަނީ ދިވެހިންނަށް ކަމުދާނެ އުފެއްދުންތަކެއް މާކެޓަށް ނެރެވޭތޯ. އެގޮތުން ރަންވަރު މި ބްރޭންޑް ތަޢާރަފުކޮށް މި ނެރެވުނު އުފެއްދުންތަކުގެ އިތުރަށް އަދި ކުރިއަށް އޮތްތާނގައިވެސް މިފަދަ ތަފާތު އުފެއްދުންތައް ރަންވަރު ބްރޭންޑްގެ ދަށުން ތަޢާރަފު ވެގެންދާނެ.” ޒާހިދު ވިދާޅުވިއެވެ.

1. މޭބިސް ލަގޮނޑި ރިހާކުރު
2. ހިމުން މުގުރިމަސް ރިހާކުރު
3. ހިމުން މުގުރިމަހު ތެލުލި ރިހާކުރު
4. ކަންނެލި ސްޓޭކް މަސްދަޅު
5. ބަނޑައިދުލުގެ މަސްދަޅު

މި އުފެއްދުންތައް ތަޖުރިބާކުރި ބައެއް ފަަރާތްތަކުން ވަނީ، މި ތަކެތީގެ ރަހަ ވަރަށް ކަމުދާކަން ފާހަގަކޮށްފައެވެ.

ރަންވަރު މި ބްރޭންޑަކީ ރާއްޖޭގެ ބާޒާރަށް ޚާއްސަކޮށް މިފްކޯއިން ތަޢާރަފުކުރި ބްރޭންޑެކެވެ. ޒާހިދު ވިދާޅުވީ، އެކުންފުނިން ބޭރުގެ މާކެޓަށް ޚާއްސަކޮށް ތައްޔާރުކުރާ އުފެއްދުންތަކެކޭ އެއްފަދައިން، ރަންވަރު ބްރޭންޑުގެ ދަށުން ނެރޭ އުފެއްދުންތަކަށް ރައްޔިތުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބިގެންދާނެކަމަށް އުއްމީދުކުރާކަމަށެވެ.

މިފްކޯއިން އަންނަނީ އަހަރަކަށްވުރެ އަހަރެއް އެކުންފުނީގެ އުފެއްދުންތަކާ ކުންފުނީގެ ކެޕޭސިޓީ އިތުރަށް ފުޅާކޮށް، ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

MPL_Ads
MWSC_ads
Advertisement
MMA_Ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Igmh

މޭ މަހު ރާއްޖެއިން ދަޅުމަސް ބޭރުކުރި މިންވަރު އިތުރުވެއްޖެ

mifco fishing masverin

މަސްކިރުވި 19 ދޯންޏަކަށް މިއަދުވެސް ދެ ލައްކަ ރުފިޔާ ދޫކޮށްފި

Sstv FORM FOR EC

ފ. ނިލަންދޫ މަސް ކާރުޚާނާގެ ބިން ހިއްކުމުގެ 80 އިންސައްތަ މަސައްކަތް ނިމިއްޖެ

mifco fishing masverin

މިފްކޯއަށް މަސްކިރުވި 25 ދޯންޏަކަށް ދެ ލައްކަ ރުފިޔާ ދޫކޮށްފި