ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ނިމާލުގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ

raees muiz
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު
Ads_mulhiraajje

ކުޅަދާނަ ފިލްމީ ތަރި އަދި ޑިރެކްޓަރު އަޙްމަދު ނިމާލު ނިޔާވުމާ ގުޅިގެން އޭނާގެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ތައުޒިޔާ ވިދާޅުވެއްޖެއެވެ.

މިއަދު އެކްސްގައި ކުރެއްވި ޕޯސްޓުގައި ރައީސްވަނީ ނިމާލަކީ ތަމްސީލުކުޅުމުގެ ދާއިރާއިން ހިތްވަރުދިނުމުގެ ގައުމީ އިނާމު ހާސިލުކުރައްވާފައިވާ ކުޅަދާނަ އެކްޓަރެއް އަދި ޑިރެކްޓަރެއްކަން ފާހަގަކުރައްވައި، އޭނާ ނިޔާވުމުގެ ހިތާމާގައި އެ އާއިލާއަށް ތައުޒިޔާ ވިދާޅުވެފައެވެ.

ރައީސްގެ ތައުޒިޔާގެ މެސެޖު ނިންމަވައިލެއްވީ ނިމާލަށް މާތްﷲެ ރުއްސެވުމާއި ފުއްސެވުން މިންވަރުކުރައްވައި ސުވަރުގޭގެ ދާއިމީ ނިއުމަތް ދެއްވުން އެދިވަޑައިގެން މާތްﷲގެ ޙަޟްރަތަށް ދުއާ ދަންނަވަމުންނެވެ.

Maldivian_Ads

ސްޓްރޯކެއް ޖެހިގެން އުމުރުން 62 އަހަރުގެ ނިމާލަށް މިދިޔަ ދުވަސްތަކުގައި ފަރުވާދެމުން އައީ އައިޖީއެމްއެޗްގައެވެ. ނިމާލަށް ސްޓްރޯކެއް ޖެހުނީ ސައިކަލުގައި ދުއްވާފައި ދަނިކޮށެވެ. ނިމާލުގެ ހާލު ސީރިއަސްވުމުން މިދިޔަ ދުވަސްތަކުގައި ފަރުވާދިނީ ވެންޓިލޭޓަރުގެ އެހީގައެވެ.

ނިމާލް ރާއްޖޭން ބޭރަށް ގެންދެވޭ ގޮތެއް ހޯދުމަށް ވެސް އާއިލާއިން މަސައްކަތްކުރިއެވެ. އެކަމަކު ހާލު ސީރިއަސްކަމުން އެކަން ކުރެވޭ ގޮތެއްނުވިއެވެ.

ނިމާލަކީ ރާއްޖޭގެ ތާރީހުގައި ފާހަގަކޮށްލެވޭ ފިލްމު އެކްޓަރެއް އަދި ޑައިރެކްޓަރެކެވެ. ރާއްޖޭގައި ފިލްމުތައް ސްކްރީންތަކަށް ނުކުންނަމުން ދިޔައިރު އެންމެ މޮޅު އެކްޓަރެއްގެ ގޮތުގައި ފާހަގަކުރެވުނީ ނިމާލެވެ. ފަހުން ޑައިރެކްޝަނުގައި ވެސް ކާމިޔާބު ގިނަ މަސައްކަތްތަކެއް ކުރިއެވެ.

ނިމާލް ފިލްމީ ދާއިރާއަށް ތައާރަފްވީ 1984 ވަނަ އަހަރު ނުކުތް “ނުފޫޒު” ފިލްމުންނެވެ. އޭގެފަހުން 1986ގައި، އަސްލަމް ރަޝީދު ޕްރޮޑިއުސްކޮށް ޙުސައިން ރަމީޒު ޑައިރެކްޓް ކުރި ފިލްމު “މަޤްޞަދު” ގައި އެކްޓަރެއްގެ ބައި ނިމާލް ކުޅުނެވެ. އޭގެފަހުން، ޓީ.ވީ މޯލްޑިވްސްއިން ތައްޔާރުކުރި އެކިއެކި ޕްރޮގްރާމްތަކުން ވެސް ނިމާލް ވެނީ މަގުބޫލުކަން ހޯދައިފައެވެ.

ޓީ.ވީގައި ނިމާލް ތައްޔާރުކުރި ޕްރޮގްރާމްތަކުގެ ތެރޭގައި “މީ ކާކު؟” އާއި “ތަރިންގެ ވިދުވަރު” ފަދަ ޕްރޮގްރާމްތައް ހިމެނެއެވެ. ނިމާލްގެ އެންމެ ކާމިޔާބު އަދި އެންމެ ގިނަ މީހުންގެ ގާތުގައި އެންމެ މަޤްބޫލު ހުށަހެޅުމަކަށްވީ “ސަޅިބައިސާ” އެވެ.

ފިލްމީ ދާއިރާގައި ނިމާލް ކޮށްފައިވާ މަސައްކަތަށް 1991 ވަނަ އަހަރު ވަނީ އާއްމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު ވެސް ލިބިފައެވެ.

MWSC_Ads

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ރައީސް ގެ ދެކަނބަލުން، ޢުމްރާގެ އަޅުކަން އަދާކުރެއްވުމަށް ސަޢޫދީ ޢަރަބިއްޔާއަށް ވަޑައިގެންފި

saudi Arabia muiz

ޢުމްރާގެ އަޅުކަން އަދާކުރެއްވުމަށް ރައީސް ސަޢޫދީޢަރަބިއްޔާއަށް ފުރާވަޑައިގެންފި

ރައީސްގެ ދެކަނބަލުން އުމްެރާއަށް ވަޑައިގަންނަވަނީ

muiz

ރައްޔިތުންގެ ވިންދާ އެއްގޮތަށް ކަންތައްތައް ރަނގަޅުކުރާނަން: ރައީސް