ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މާލޭ ނޯތު ހާބަރު ސަރަޙައްދު، މުދަލާއި ޕަސެންޖަރުން އުފުލާ އުޅަނދުފަހަރަށް އަލުން ހުޅުވާލައިފި

767
TTH_Ads
STO_Ads
Advertisement

މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނުމަގު ފުޅާކޮށް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތަށް ބަންދުކުރި މާލޭ ނޯތު ހާބަރު ސަރަޙައްދު، މުދަލާއި ޕަސެންޖަރުން އުފުލާ އުޅަނދުފަހަރަށް އަލުން ހުޅުވާލައިފިއެވެ.

އެމްޕީއެލްއި ބުނީ މިރޭ 11:00 އިން ފެށިގެން އެ ސަރަޙައްދު މުދަލާއި ޕަސެންޖަރުން އުފުލާ ކަނޑު އުޅަނދުފަހަރާއި މަސް އޮޑިފަހަރަށް ހުޅުވާލާފައިވާ ކަމަށެވެ.

ނަމަވެސް މި ސަރަޙައްދުގައި ބަނދަރު ކުރެވޭނީ ވަކި އުސޫލުތަކެއްގެ ދަށުން ކަމަށް އެ ކުންފުނިން ބުންޏެވެ.

HajjCop_ads
MMA_Ads
Advertisement

އެގޮތުން މި ސަރަޙައްދުގައި ބަނދަރު ކުރެވޭނީ މާލޭ ނޯތު ހާބަރުގައި އަމަލުކުރާ އުސޫލުތަކާއި ޤަވާއިދުތަކަށް ފެތޭ އުޅަނދު ފަހަރަށް އެކަނި ކަމަށް އެމްޕީއެލްއިން ފާހަގަކުރެއެވެ.

ކުރިއަށް އޮތް ރަމަޟާން މަހުގެ ތެރޭގައި އަވަހަށް ހަަލާކުވާ ޒާތުގެ ކާބޯތަކެތި ވީހާވެސް އަވަހަށް ވިޔަފާރިވެރިންނަށް ކްލިއަރ ކުރެވޭނެ މަގު ފަހިކޮށްދިނުމުގެ ގޮތުން، އެމްޕީއެލްއިން ދަނީ 3،000 އަކަފޫޓުގެ ހިޔާ ކޮށްފައިވާ ޝެޑެއް ޤާއިމުކޮށްގެން ޚިދުމަތް ދެމުންނެވެ. ނޯތު ހާބަރު ސަރަޙައްދު އަލުން ހުޅުވާލުމާއެކު މި ޝެޑަށް އޮތް ބާރު ކުޑަވެގެންދާނެ ކަމަށް އެ ކުންފުނިން ލަފާކުރެއެވެ.

ޗާންދަނީ މަގުން ފެށިގެން ފާލަންދޮށު ހިނގުމާ ހަމައަށް ބާޒާރު މަތި ހިމެނޭހެން ބޮޑުތަކުރުފާނު މަގު ތަރައްޤީކޮށް ނިންމުމަށްފަހު އަލުން ހުޅުވާލާފައިވަނީ މިދިޔަ ހޯމަ ދުވަހުއެވެ. މި ސަރަޙައްދު މިހާރު ތަރައްޤީކޮށްފައިވަނީ ދެކޮޅަށް ދުއްވޭ މަގެއްގެ ގޮތުގައި ޒަމާނީ ފެންވަރަށެވެ.

ބާޒާރުމަތީ މަގު ހެދުމުގެ މަޝްރޫޢުގެ ދަށުން މާލޭގެ ލޯކަލް މާރުކޭޓު ސަރަޙައްދުން ފެށިގެން ނޯތު ހާބަރާ ހަމައަށް 250 މީޓަރުގެ ސަރަޙައްދެއްގައި ވަނީ ތާރު އަޅާފައެވެ.

MPL_Ads
Ads_MTCC
MWSC_ads
Advertisement
MMA_Ads
HajjCop_ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އެމްޕީއެލްގެ ބޯޑުން ރައިޝަމް އަދި ވީއެމްސީ ބޯޑުން ޢާއިޝަތު ވަކިކޮށްފި

Igmh

އެމްޕީއެލްގެ ޑެޕިޔުޓީ ސީއީއޯކަމުން ޒިޔަތު އިސްތިއުފާދެއްވައިފި

Sstv FORM FOR EC

އެމްޕީއެލްގެ މުވައްޒަފުންނަށް އަލިފާން ނިއްވުމުގެ ތަމްރީނު ޕްރޮގްރާމެއް ހިންގައިފި

Mpl

ހަލާކުވާ ޒާތުގެ މުދާ ކްލިއަރކުރުމުގެ މަސައްކަތް މިއަދުވެސް ކުރިއަށްދާނޭ: އެމްޕީއެލް