ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެކެޑަމީން އިންތިޒާމުކޮށްގެން އައްޑޫ ސިޓީގެ މަރަދޫގައި ޚާއްޞަ ފޮތް މައުރަޒެއް ފަށައިފި

TTH_Ads
Maldivian_Ads
STO_Ads
Advertisement

ދިވެހިބަހުގެ އެކެޑަމީން އިންތިޒާމުކޮށްގެން އައްޑޫ ސިޓީގެ މަރަދޫގައި ޚާއްޞަ ފޮތް މައުރަޒެއް ފަށައިފިއެވެ. މި މައުރަޒު ރަސްމީކޮށް ހުޅުއްވައިދެއްވީ ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމެވެ.

މި މައުރަޒުގެ ތެރެއިން ވަޒީރު ވަނީ އައްޑޫ ސިޓީގެ ހިރާ ސްކޫލުން އުފައްދާފައިވާ “ބަސްފިލާ” ނެރެދެއްވައިފައެވެ. “ބަސްފިލާ” އަކީ ދިވެހި ބަހަށް ލޯބިކުރާ ފަރާތްތަކުގެ ބަސްކޮށާރު މުއްސަނދިކުރުމުގެ މަތިވެރި މަގުސަދުގައި ތައްޔާރުކޮށްފައިވާ ބަސްވާރެކެވެ.

ވަޒީރު އާދަމް ނަޞީރު އިބްރާހީމް އައްޑޫ ސިޓީއަށް ކުރައްވަމުން ގެންދަވާ މި ދަތުރުފުޅަކީ މިއަހަރުގެ ޅެންވެރީންގެ ދުވަސް ފާހަގަކުރުމަށް ބާއްވާ ރަސްމީ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ. މި ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ މިރޭ 20:30 ގައި އައްޑޫ ސިޓީ ހިތަދޫގައެވެ.

HajjCop_ads
Advertisement

މި ދަތުރުފުޅުގެ ތެރެއިން ވަޒީރު ވަނީ މިއަހަރުގެ ޅެންވެރީންގެ ދުވަހުގެ ޖަލްސާ ތަޚްޞީޞްކުރެވުނު އައްޑޫ ސިޓީ ހިތަދޫ ކެމީ، ޙަސަން ލަބީބާއި ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ހަސަން ލަބީބުގެ އަދަބީ ޖަމުޢިއްޔާ ކަމަށްވާ “ޝާއިރުންގެ ވާދީ” ގެ އިސް ބޭފުޅުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ފާހަގަކުރާ ގޮތުގައި، މިފަދަ މައުރަޒުތަކާއި ބައްދަލުވުންތަކަކީ ދިވެހި އަދަބިއްޔާތާއި ބަސް ކުރިއެރުވުމަށް ކުރެވޭ ވަރަށް މުހިންމު މަސައްކަތްތަކެކެވެ.

މީގެ އިތުރުން، ޅެންވެރީންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ޅެންވެރިކަމުގެ ފަންނު ކުރިއެރުވުމަށާއި، ޅެންވެރީންގެ މެދުގައި މަޢުލޫމާތު ބަދަލުކުރުމަށް “ޅެންވެރީންގެ ގުންޒަރު” ގެ ނަމުގައި ޚާއްޞަ ހަރަކާތެއް ވަނީ ބާއްވާފައެވެ. އައްޑޫ ސިޓީގެ ޅެންވެރީންނަށާއި ޅެންވެރިކަމަށް ލޯބިކުރާ ފަރާތްތަކުގެ އިތުރުން އާންމު ރައްޔިތުންނަށް ހުޅުވާލައިގެން ބޭއްވި މި ހަރަކާތުގައި، ޅެންވެރިން ވަނީ ޅެމާއި ބަނދި އަދި އަދަބީ އެކި އައިޓަމްތައް ހުށަހަޅައިދީފައެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
STO_Ads
MPL_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Qw

ދެކުނުގެ އަތޮޅުތަކަށް ކުރަމުންދާ ވިއްސާރައިގައި އައްޑޫއާއި ފުވައްމުލަކުގެ ގިނަ ގޭގޭގައި ފެންބޮޑުވެ ބޮޑެތި ގެއްލުންތަކެއް ވެއްޖެ

Original

ބޭސިކް ސްޕޯޓްސް ފަސްޓް އެއިޑް އެންޑް ޓޭޕިން ކޯސް ކާމިޔާބުކަމާއެކު ނިންމާލައިފި

އައްޑޫ ހިތަދޫގައި އަލަށް އިމާރާތްކުރި ޕޮލިސް އެކޮމޮޑޭޝަން ބިލްޑިން ހުޅުވައިފި

ގާލްގައިޑް ކޭމްޕު ދަރިވަރުންނަށް ސައިބަރ ސޭފްޓީ ސެޝަނެއް ކުރިއަށް ގެންގޮސްފި