ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ގަލްފްގައި ހުރި އެމެރިކާގެ ބޭސްތަކަށް މިފަހަރު ހަމަލާދޭނީ ކުރިން އެންގުމަކާ ނުލައި ކަމަށް އީރާނުން ބުނެފި

ގަތަރު:
TTH_Ads
STO_Ads
Advertisement

އެމެރިކާއިން އީރާނަށް ހަމަލާ ދީފިނަމަ ގަލްފްގެ ގައުމުތަކުގައި ހުރި އެމެރިކާގެ ތަންތަނަށް ރައްދު ހަމަލާ ދޭނީ ކުރިން އިންޒާރު ކުރުމަކާ ނުލައި ކަމަށް އީރާނުން އަންގައިފިއެވެ.

އީރާނުން މިކަން ހާމަކުރީ، ގަލްފްގެ ގައުމުތަކަށް އަމާޒުކޮށް ނެރުނު އިންޒާރެއްގައެވެ.

އީރާނުން ނެރުނު އިންޒާރުގައި ބުނެފައިވަނީ، ކުރިން ފަހަރު ދުރާލާ ނޯޓިސް ދިން ނަމަވެސް، މިފަހަރު އެފަދައިން ކަންތައް ނުކުރާނޭ ކަމަށެވެ.

HajjCop_ads
MMA_Ads
Advertisement

މިދިޔަ އަހަރުގެ ޖޫންމަހުގެ ތެރޭގައި އެމެރިކާއިން އީރާނަށް އަސްކަރީ ހަމަލާ ދޭން ފެށުމުން އީރާނުންވަނީ ގަތަރުގައި ގާއިމްކޮށްފައިވާ އެމެރިކާގެ އަލް އުދައިދް އަސްކަރީ ބޭހަށް ވަރުގަދަ ވައިގެ ރައްދު ހަމަލާތަކެއް ދީފައެވެ.

ނަމަވެސް، އެ ހަމަލާ ދިނުމުގެކުރިން އީރާނުންވަނީ، ގަތަރަށް ކުރިން އެކަން އަންގާފައެވެ. އަދި އެމެރިކާއަށްވެސް އެންގިއެވެ.

އެހެންވެ، އީރާނުގެ ރައްދު ހަމަލާ އައުމުގެކުރިން އަލް އުދައިދްގައި ހުރި އެމެރިކާގެ ބޮންއަޅާ ޖެޓްތަކާއި، ސިފައިންވެސް ރައްކާތެރި ތަންތަނަށް ގެންދެވުނެވެ.

އެމެރިކާއިން އީރާނުގެ ކައިރިއަށް ވަރުގަދަ ކަނޑުގެ ލަޝްކަރެއް ޖަމާކޮށްފައި ވާއިރު، ގަލްފްގެ ގައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ ބޭސްތަކަށާއި، އެއަރބޭސްތަކަށްވެސް ޖެޓުތަކާއި، ހަތިޔާރާއި ސިފައިން ޖަމާކޮށްފައި ވެއެވެ.

އަދި އެމެރިކާގެ ބޭސްތައް ހިމާޔަތް ކުރުމަށް، މިސައިލުން ދިފާއުވާ އައްޑަނަތައް އަތުރައި، އިސްރާއީލު ކައިރީގައިވެސް އައްޑަނަތަށް އަތުރާފައި ވެއެވެ.

ގަތަރުގައި ގާއިމްކޮށްފައިވާ އަލް އުދައިދް އަސްކަރީ ބޭހަކީ އެމެރިކާއިން މެދުއިރުމަތީގައި ގާއިމްކޮށްފައިވާ އެންމެ ބޮޑު އަސްކަރީ ބޭސް ނަމަވެސް، އީރާނަށް ފުރަތަމަ ހަމަލާދޭން ފަށާނީ އުރުދުންގައި ގާއިމްކޮށްފައިވާ އަސްކަރީ ބޭހުން ކަމަށް ރިޕޯޓްތައް ބުނެއެވެ.

އީރާނުން ފުރަތަމަ ދުވަހުން ފެށިގެން އިންޒާރު ކުރަމުން ގެންދަނީ، އީރާނަށް ހަމަލާދިނުމަށް ބޭނުންކުރާ ކައިރި ގައުމުތަކުގައި ހުރި އެމެރިކާގެ ބޭސްތަކަށް ރައްދު ހަމަލާ ދޭނޭ ކަމަށެވެ. އެފަދަ  ގައުމުތައް އީރާނުން ބަލާނީ ދުޝްމަނުންނާ ބައިވެރިވެގެން އީރާނަށް ހަމަލާދޭ  ގައުމުތަކުގެ ގޮތުގައި ކަމަށެވެ.

އީރާނަށް ހަމަލާދިނުމަށް އެ ގައުމުތަކުގެ ވައިގެ ސަރަހައްދާއި، އެއްގަމުމަގުވެސް ބޭނުން ނުކުރެވޭނޭ ކަމަށް އަރަބި ބައެއް ގައުމުތަކުން ބުނެފައި ވާއިރު، ބައެއް ގައުމުތަކުން އެއްވެސް އެއްޗެއް ނުބުނެއެވެ.

އީރާނާ ގާތަށް ލަޝްކަރު ޖަމާކުރުމަށްފަހު ޖެނުއަރީ 31 ގެ ކުރިން އީރާނަށް ހަމަލާދޭން ފަށާނޭ ކަމަށް ބެލެވުނު ނަމަވެސް، އެމެރިކާގެ ކިބައިން މިހާރު ފެންނަމުންދަނީ ވާހަކަ ދައްކައިގެން މައްސަލަތައް ހައްލުކުރަން މަސައްކަތް ކުރާތަނެވެ.

އެމެރިކާއިން އީރާނަށް އަސްކަރީ ހަމަލާދޭން އުޅުނީ، އީރާނު ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރަމުންދިޔަ މީހުންގެ ގަޔަށް ބަޑިޖަހައި މަރަމުންދިޔަ މައްސަލާގައި ކަމަށް ފުރަތަމަ ބުނި ނަމަވެސް، އެމެރިކާއިން އީރާނަށް ފަހުން ކުރިމަތިކުރި ޝަރުތުތަކުގައި މުޒާހަރާގެ ބައިވެރިންގެ ވާހަކައެއް ނެތެވެ.

ހަނގުރާމައެއްގެ ކޮޅުމަތި މިހާރު ފެންނަމުން ނުދިޔަނަމަވެސް، އެމެރިކާ އަދި އީރާނުންވެސް ގެންދަނީ ޖާސޫސީ އުޅަނދުތައް ފޮނުވައި އެއްބަޔަކު އަނެއް ބަޔަކަށް ފާރަމުންނެވެ.

MWSC_ads
Ads_MTCC
MPL_Ads
Advertisement
STO_Ads
MPL_Ads
MMA_Ads
HajjCop_ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އެމެރިކާ ސިފައިން އީރާނަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދީފި، އީރާނުގެ ރައްދު އަންނާނެގޮތެއް އަދި ނޭނގޭ

ބިންހެލުންތަކުގައި ވެނެޒުއެލާއިން މަރުވި މީހުންގެ އަދަދު 589 އަށް އަރައިފި

އެމެރިކާއިން ޑިމާންޑްކުރިޔަސް ލުބުނާނުން ސިފައިން ނުލާބާނަން: އިސްރާއީލު ޑިފެންސް މިނިސްޓަރު

ގޭސްއުފައްދާ ސައިޓްގައި ހިނގީ އެކްސިޑެންޓެއް، 13 މީހުން މަރުވެ 66 މީހުން ޒަޚަމްވި: ގަތަރު