މާލޭގައި ޤަވާއިދާ ޚިލާފަށް ވިޔަފާރި ކުރަމުންދިޔަ އިތުރު 15 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

މި މަހުގެ 28ވަނަ ދުވަހު ދިވެހި ފުލުހުންގެ ޚިދުމަތާއި، މޯލްޑިވްސް އިމިގްރޭޝަން އަދި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ގުޅިގެން މާލޭގައި ކުރިއަށް ގެންދިޔަ ޖޮއިންޓް އިންސްޕެކްޝަނެއްގައި، ބިދޭސީން ދިރިއުޅޭ ދެ ތަނެއް ވަނީ ބަލައި ފާސްކޮށްފައެވެ.

މި އިންސްޕެކްޝަނުގެ ތެރެއިން، ބަލައި ފާސްކުރި އެއް ތަނަކީ އެއްވެސް ހުއްދައެއް ނެތި ވިޔަފާރި އުސޫލުން ރޮށި ފިހެ ވިއްކަމުންދިޔަ ތަނެއްކަން ފާހަގަކުރެވިގެން އެ މަސައްކަތް މިހާރު ވަނީ ހުއްޓުވާފައެވެ.

އިޝްތިހާރު އިޝްތިހާރު

އަދި ދެވަނަ ތަނުގައި ޤަވާއިދާ ޚިލާފަށް ފިހާރައެއް ހިންގައި، މުދާ ވިއްކަމުންދިޔަކަން ވަނީ ފާހަގަކުރެވިފައެވެ.

މިހާތަނަށް ކުރި މަސައްކަތުން ގަވާއިދާ ހިލާފަށް ރާއްޖޭގައި ބިދޭސީން ހިންގި 50 ވިޔަފާރިއެއް ވަނީ ބަންދުކޮށްފައެވެ.

ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން އަންނަނީ މުހިންމު މަސައްކަތްތަކެއް ކުރަމުންނެވެ.