ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެކީގައި މަސައްކަތްކުރާނެ ކައުންސިލަރުން، ޑަބްލިޔުޑީސީ، މޭޔަރެއް ހުރުމަކީ ކުރަންޖެހޭނެ ކަމެއް: ސާޖިދާ

madam saajida
TTH_Ads
Maldivian_Ads
STO_Ads
Advertisement

އެކީގައި މަސައްކަތްކުރާނެ ކައުންސިލަރުންތަކެއް، ޑަބްލިޔުޑީސީއެއް، މޭޔަރެއް ހުރުމަކީ ކޮންމެހެން ކުރަންޖެހޭނެ ކަމެއް ކަމަށާއި ސަރުކާރާ ދެކޮޅަށް މަސައްކަތްކުރާ ކައުންސިލަރުން ހޮވައިފި ނަމަ، ހުރިހާ ރައްޔިތުންނަށް އެކަމުގެ ގެއްލުންވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން، މެޑަމް ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.

ކުރިއަށްއޮތް ލޯކަލް ކައުންސިލު އިންތިހާބަށް މާފަންނު ދެކުނު ދާއިރާގެ ޕީއެންސީގެ ޖަހަގަ ހުޅުވުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން މެޑަމް ސާޖިދާ ވިދާޅުވީ ކައުންސިލުތަކަކީ ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމުގައި ރައްޔިތުންނާ އެންމެ ގާތުން މަސައްކަތްކުރާނެ ފަރާތްތައް ކަމަށާއި އެހެންކަމުން ރައްޔިތުންގެ ހުރި ހުރިހާ ކަންކަމެއް ސީދާ ސަރުކާރަށް ގެނެސްދެވޭނެ ބަޔަކު ތިބުމަކީ ރައްޔިތުންނަށް އޭގެ ލަބަޔާއި މަންފާކުރާނެ ކަމެއް ކަމަށެވެ.

“އިޖުތިމާއީ އެތައް ގޮންޖެހުންތަކެއް އޮތް ގައުމެއްގައި ވަރަށް އުނދަގޫ ނިންމުންތަކެއް ނިންމަވަމުން ރައީސުލްޖުމްހޫރިއްޔާ ވަޑައިގަންނަވާ އިރު، އެ ސަރުކާރަކަށް އަޅުގަނޑުމެން އެއްބާރުލުންދޭނެ ބަޔަކު ނުހޮވައިފި ނަމަ، އޭގެ ގެއްލުން އަޅުގަނޑުމެން ހުރިހާ ރައްޔިތުންނަށް ކުރާނެ. އެއީ ހަމަ ޔަގީން ވެސް ކަމެއް،” މެޑަމް ސާޖިދާ

HajjCop_ads
Advertisement

މެޑަމް ސާޖިދާ ވިދާޅުވީ ރެޔާއި ދުވާލު މަސައްކަތްކުރައްވަމުންދާ ވެރިޔަކާ އެކީގައި މަސައްކަތްކުރާނެ ކައުންސިލަރުންތަކެއް، ޑަބްލިޔުޑީސީއެއް، މޭޔަރެއް ހުރުމަކީ ކޮންމެހެން ކުރަންޖެހޭނެ ކަމެއް ކަމަށެވެ. އަދި ސަރުކާރާ ދެކޮޅަށް މަސައްކަތްކުރުމުގެ ވިސްނުމުގައި އަންނަ ނަމަ، ރައްޔިތުންނަށް ވާނެ އެއްވެސް ފައިދާއެއް ނޯންނާނެ ކަމަށް ވިދާޅުވިއެވެ.

“އެހެންވީމާ އަޅުގަނޑު މި ދަންނަވަނީ މިއަދު އަޅުގަނޑުމެން މި މަސައްކަތްކުރަން ޖެހެނީ ސަރުކާރު މިދަނީ ރަނގަޅު ސިޔާސަތަކަށްކަން އަޅުގަނޑުމެން ކޮންމެ މީހަކަށް އެބަ އެނގޭ. ސިޔާސީގޮތުން ބެލި ކަމުގައިވިޔަސް، މިއަދު އަޅުގަނޑުމެން ބޭނުންވަނީ ރަނގަޅު، ކިޔަވައިގެން ތިބި ރާއްޖޭގައި ރަނގަޅަށް މަސައްކަތްކުރެވޭނެ ސިޔާސީ ބައެއް ނުކުންނަން،” އެކަމަނާ ވިދާޅުވިއެވެ.

MPL_Ads
Ads_MTCC
MWSC_ads
Advertisement
MPL_Ads
STO_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

ހ ހުސެއިން
W.d.cއަކީއެއްވެސްބޭނުމެއްނުހިފޭބޭކާރުބައެއް

ގުޅުންހުރި

472996 230f9afc 2

ގައިޑް ޙަރަކާތަކީ ފަރުދީ ޝަޚްޞިއްޔަތުގެ އިތުރަށް، އިޖުތިމާޢީ ޝަޚްޞިއްޔަތާވެސް ގުޅިލާމެހިފައިވާ ޙަރަކާތެއް: ފަސްޓް ލޭޑީ

Big DjDlx6dtz3G7mo6BeMatG2VTL

އިސްލާމީ ޤައުމެއްގެ ގޮތުގައި، 9 ޤަރުނު ހޭދަކުރުމަކީ ބޮޑު ފަޚުރެއް: ފަސްޓު ލޭޑީ

470162 6db2f94a 3

އީޖާދެއްގެ ފެށުން އަންނަނީ ޝައުގުވެރިކަމާއި އިލްމު ގުޅުމުން: މެޑަމް ސާޖިދާ

saajida

ކޮންމެ ފަރުދެއްގެވެސް ނަފުސާނީ ހާލަތަށް ފަރުވާތެރިވާން ޖެހޭނެ: ސާޖިދާ