މާލޭގެ ބައެއް ސަރަހައްދުތަކުން މިއަދު ކަރަންޓު ކެނޑުން އެކަށީގެންވާކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ވިދާޅުވެއްޖެއެވެ.

ސްޓްލެއްކޯއިން މިހެން ވިދާޅުވެފައިވަނީ އިއްޔެ އެކުންފުނިން އެކްސްގައި ހިއްސާކުރި ޕޯސްޓެއްގައެވެ.

އެގޮތުން މިއަދު މެންދުރުފަހު 14:00 އާއި 16:30 އާ ދެމެދު، މާލެ ސިޓީ މަޖީދީ މަގު އަދި ނެދުން ގޯޅި ހިމެނޭ ސަރަހައްދުން ކަރަންޓުގެ ހިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށް ސްޓެލްކޯއިން ވިދާޅުވިއެވެ.

އިޝްތިހާރު އިޝްތިހާރު

ސްޓެލްކޯއިން ވިދާޅުވީ މި ސަރަހައްދުތަކުން ކަރަންޓް މެދުކެނޑެނީ އެ ކުންފުނީގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތެއް ކުރިއަށް ދާތީ ކަމަށެވެ.

މާލެ ސަރަހައްދާއި ސްޓެލްކޯގެ ހިދުމަތްދޭ ރަށްތަކުގެ ކަރަންޓުގެ ފެންވަރު ރަނގަޅު ކުރުމަށް އެ ކުންފުނިން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.