ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ރާއްޖެއާއި އޯޕެކް ފަންޑާ ދެމެދު އާ ކަންޓްރީ ޕާޓްނަޝިޕް ފްރޭމްވޯކްއެއްގައި ސޮއިކޮށްފި

TTH_Ads
STO_Ads
Advertisement

ދިވެހިރާއްޖޭގެ ތަރައްޤީގެ މުހިންމު ދާއިރާތަކުން އެއްބާރުލުން އިތުރުކުރުމަށާއި، ދިގު މުއްދަތުގެ ތަރައްޤީގެ ލަނޑުދަނޑިތަކަށް އެހީތެރިވުމުގެ ގޮތުން ދިވެހި ސަރުކާރާއި އޯޕެކް ފަންޑް ފޯ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓްއާ ދެމެދު ކަންޓްރީ ޕާޓްނަރޝިޕް ފްރޭމްވޯކްއެއްގައި މިއަދު ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގެ ދަށުން މޫސުމީ ބަދަލުތަކުން އަރައިގަތުމަށް ކުރެވޭ މަސައްކަތްތަކާއި، ދެމެހެއްޓެނިވި އުމްރާނީ ތަރައްޤީއާއި، އިއާދަކުރަނިވި ހަކަތައާއި، މާލީ ދާއިރާގެ ހަމަޖެހުމުގެ އިތުރުން ރަށްރަށުގެ އުމްރާނީ ތަރައްޤީއަށް ޚާއްޞަ އިސްކަމެއް ދެވޭނެއެވެ.

“މި އައު ކަންޓްރީ ޕާޓްނަރޝިޕް ފްރޭމްވޯކުން ހާމަވެގެންދަނީ މޫސުމީ ބަދަލުތަކަށް ތައްޔާރުވެފައިވާ، ދެމެހެއްޓެނިވި އުމްރާނީ ވަޞީލަތްތަކެއް ޤާއިމުކުރުމަށާއި، ރާއްޖޭގެ މާލީ ދާއިރާގެ ހަމަޖެހުން ދެމެހެއްޓުމަށް އަޅުގަނޑުމެން ދޭ އަހައްމިއްޔަތުކަން. މީގެ އިތުރުން ރަށްރަށުގެ އުމްރާނީ ތަރައްޤީ ފުޅާކުރުމަށް ސަރުކާރުން ކުރާ މަސައްކަތްތަކަށް ވެސް މީގެ ސަބަބުން ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ. މިއީ ދަތުރުފަތުރާއި، ޚިދުމަތްތައް ފޯރުކޮށްދިނުމާއި، ރަށްރަށުގެ ފެންވަރުގައި އިޤްތިޞާދީ ފުރުޞަތުތައް ފަހިކޮށްދިނުމަށް ނުހަނު ބޭނުންތެރި ކަމެއް،” ވަޒީރު ޒަމީރު

HajjCop_ads
Advertisement

މި އެއްބަސްވުމުގައި ސޮއިކުރެއްވީ އޮސްޓްރިއާގެ ވިއޭނާގައި ހުންނަ އޯޕެކް ފަންޑުގެ މައި މަރުކަޒަށް މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވަޒީރު މޫސާ ޒަމީރު މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.

މި ފްރޭމްވޯކަކީ އޯޕެކް ފަންޑުން ދޭ މާލީ އަދި ފަންނީ އެހީތެރިކަން ރާއްޖޭގެ ޤައުމީ ތަރައްޤީގެ ސިޔާސަތުތަކާ އެއްގޮތަށް ބައްޓަންކުރުމަށް އެކުލަވައިލެވުނު އޮނިގަނޑެކެވެ. މީގެ މައިގަނޑު މަޤްޞަދަކީ އަތޮޅުތަކުގެ އުމްރާނީ ތަރައްޤީ ފުޅާކޮށް، ސަރަޙައްދީ ތަރައްޤީގެ ހަމަހަމަކަން ޤާއިމުކުރުމާއި ދިގު މުއްދަތުގެ އިޤްތިޞާދީ ކުރިއެރުން ކަށަވަރުކުރުމެވެ.

ވަޒީރު މޫސާ ޒަމީރު ވިދާޅުވީ، މިއީ އޯޕެކް ފަންޑާއި ރާއްޖެއާ ދެމެދު އޮތް ގުޅުން އިތުރަށް ހަރުދަނާވެގެންދިޔަ މުހިންމު ފިޔަވަޅެއް ކަމަށެވެ.

ވަޒީރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ރަށްރަށުގެ އުމްރާނީ ތަރައްޤީއަށް ކުރެވޭ އިންވެސްޓްމަންޓްތަކުގެ ސަބަބުން ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރަށާއި ރަށު ފެންވަރުގެ އިޤްތިޞާދުތަކަށް ހެޔޮ ބަދަލުތަކެއް އަންނާނެއެވެ.

“ތަރައްޤީވަމުންދާ ކުދި ޖަޒީރާ ޤައުމެއްގެ ހައިސިއްޔަތުން، މޫސުމީ ބަދަލުތަކާއި ބޭރުގެ އެކި ގޮންޖެހުންތަކާ އަޅުގަނޑުމެން ކުރިމަތިލާންޖެހޭ. އެހެންކަމުން ބަނދަރުތަކާއި، ދަތުރުފަތުރުގެ ނިޒާމާއި، ފެނާއި ނަރުދަމާގެ އިތުރުން އިއާދަކުރަނިވި ހަކަތަ ފަދަ މުހިންމު މަޝްރޫޢުތަކަށް ބޭނުންވާ ދިގު މުއްދަތުގެ ލުއި ލޯނު ހޯދުމަށް މިފަދަ ގުޅުންތަކަކީ ކޮންމެހެން ބޭނުންތެރި ކަމެއް. މި އިންވެސްޓްމަންޓްތަކުގެ ސަބަބުން ޤައުމުގެ ވިލުންވެރިކަން އިތުރުވެ، އިޤްތިޞާދީ ޙަރަކާތްތައް ފުޅާވެ، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުވެގެންދާނެ،” ވަޒީރު ވިދާޅުވިއެވެ.

މީގެ އިތުރުން، ވޭތުވެދިޔަ މުއްދަތުގައި ރާއްޖޭގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީއަށް އޯޕެކް ފަންޑުން ދެމުންދާ އެއްބާރުލުމަށް ވަޒީރު ޝުކުރު އަދާކުރެއްވިއެވެ.

“1977 ވަނަ އަހަރުން ފެށިގެން އޯޕެކް ފަންޑަކީ ރާއްޖޭގެ ތަރައްޤީގެ އިތުބާރު ހުރި ބައިވެރިއެއް. ފެނާއި ނަރުދަމާ، ދަތުރުފަތުރު، ޞިއްޙަތު، ތަޢުލީމު އަދި މަސްވެރިކަމުގެ ދާއިރާގެ މުހިންމު މަޝްރޫޢުތަކަށް އެ ފަންޑުން ވަނީ ބޮޑެތި އެހީތަކެއް ދީފައި. އަޅުގަނޑުމެން މި ގުޅުން ނުހަނު ބަލައިގަންނަން. އަދި އިއާދަކުރަނިވި ހަކަތައާއި، މޫސުމީ ބަދަލުތަކަށް އިންތިޒާމުވުމާއި، ދެމެހެއްޓެނިވި އުމްރާނީ ތަރައްޤީގެ ދާއިރާއިން މި ގުޅުން އިތުރަށް ފުޅާވެގެންދާނެ ކަމަށް އުންމީދުކުރަން،” އެމަނިކުފާނު ވިދާޅުވިއެވެ.

މި ދަތުރުފުޅުގެ ތެރެއިން ބޭއްވުނު ބައްދަލުވުންތަކުގައި، ރާއްޖޭގެ އިޤްތިޞާދީ އަދި މާލީ ހާލަތާއި، މޫސުމީ ބަދަލުތަކަށް ބޭނުންވާ މާލީ އެހީތެރިކަމާ ގުޅޭގޮތުން ވަނީ މަޝްވަރާ ކުރެވިފައެވެ. އޯޕެކް ފަންޑުން ވަނީ އެ ފަންޑުގެ ސިޑްސް އިނީޝިއޭޓިވް އަދި ގްރީން-ބްލޫ ކަނެކްޓް ޕްރޮގްރާމްގެ ދަށުން ދިވެހިރާއްޖެ ފަދަ ކުދި ޖަޒީރާ ޤައުމުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ދެމިތިބޭނެކަމުގެ ޔަގީންކަން ދީފައެވެ.

މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާއިން ހާމަކުރި ގޮތުގައި، މިއަދު ސޮއިކުރެވުނު އާ އޮނިގަނޑުގެ ސަބަބުން ކުރިއަށް އޮތް ތަނުގައި އޯޕެކް ފަންޑާއެކު ކުރެވޭ މަސައްކަތްތަކަށް މަގުދައްކައިދީ، ގޮންޖެހުންތަކާ ކުރިމަތިލެވޭ ފަދަ ހަރުދަނާ، ދެމެހެއްޓެނިވި އިޤްތިޞާދެއް ބިނާކުރުމަށް މުހިންމު އެހީތެރިކަމެއް ލިބިގެންދާނެއެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
MPL_Ads
STO_Ads
HajjCop_ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

finance

އަންނަ އަހަރުގެ ކައުންސިލް ބްލޮކް ގްރާންޓަށް 2.5 ބިލިޔަން ރުފިޔާ ކަނޑައަޅައިފި

finance

ސޮވެރިން ފަންޑު 1.2 ބިލިޔަން ރުފިޔާއަށް

muizzu-councils

އަހަރުގެ މިހާތަނަށް ކައުންސިލުތަކަށް ދޭ ބްލޮކް ގްރާންޓުގެ ގޮތުގައި 1.25 ބިލިޔަން ރުފިޔާ ދޫކޮށްފި

ތެލުގެ ސަބްސިޑީއަށް ކުރި ހޭދަ 2.3 ބިލިއަން ރުފިޔާއަށް