ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އަނބިމީހާ މަރާލަން އުޅުނު މީހާ ދޫކޮށްލުމަށް ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލުކޮށްފި

Supreme Court
TTH_Ads
STO_Ads

މެދުރާއްޖެތެރޭގެ ރަށެއްގައި އަނބިމީހާއަށް ވަޅިން ހަމަލާދީ މަރާލަން އުޅުނު ކަމަށް ތުހުމަތުކުރެވޭ މީހަކު، ބަންދުން ދޫކޮށްލަން ހައިކޯޓުން ނިންމި ނިންމުމަކީ ގާނޫނާ ހިލާފު ނިންމުމެއް ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައިފިއެވެ.

މި ހާދިސާއަކީ 2024 ވަނަ އަހަރުގެ ކުރީކޮޅު މެދުރާއްޖެތެރޭގެ ރަށެއްގައި ހިނގި ހާދިސާއެކެވެ. މި މައްސަލައިގައި ދިވެހި ފިރިހެނަކު އޭނާގެ އަންހެނުންނަށް ވަޅިން ބިރުދައްކައި، މަރާލަން އުޅުނު ކަމަށް ތުހުމަތު ކުރެވުމުން އޭނާ ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުންނެވެ. އާއްމުކޮށް ހުޅުވައިނުލާ ސިއްރުކޮށްގެން ކުރިއަށްގެންދާ މި މައްސަލައިގައި، ތުހުމަތު ކުރެވޭ މީހާ ޝަރިއަތް ނިމެންދެން ބަންދުކޮށްފައި ބެހެއްޓުމަށް ފުރަތަމަ އަމުރުކުރީ ދަށު ކޯޓުންނެވެ.

ނަމަވެސް، އެ މީހާގެ ފަރާތުން މި މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން، މިދިޔަ ޑިސެމްބަރު މަހު ހައިކޯޓުން ވަނީ ދަށު ކޯޓުގެ އަމުރު ބާތިލުކޮށް އޭނާ މިނިވަންކޮށްފައެވެ. ހައިކޯޓުގެ މި ނިންމުމާ ގުޅިގެން ދައުލަތުން ވަނީ އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައެވެ.

HajjCop_ads

މި މައްސަލައިގައި ސުޕްރީމް ކޯޓުން މިދިޔަ ހަފްތާގައި ކުރި ހުކުމުގައިވަނީ، ހައިކޯޓުން އެ މީހާ މިނިވަންކުރީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅައި، އޭނާ ބަންދުކުރުމަށް ދަށު ކޯޓުން ނެރުނު އަމުރަށް ތާއީދުކޮށްފައެވެ. ސުޕްރީމް ކޯޓުގައި މި މައްސަލަ ބެއްލެވީ ފަނޑިޔާރު އަލީ ރަޝީދު ހުސެއިން، ފަނޑިޔާރު އަބްދުﷲ ހަމީދު އަދި ފަނޑިޔާރު މުހައްމަދު ސަލީމްއެވެ. މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ވަނީ ހައިކޯޓުގެ ހުކުމް ބާތިލުކުރުމަށް ނިންމަވާފައެވެ.

މި މައްސަލައިގައި ތުހުމަތު ކުރެވޭ ފިރިހެން މީހާގެ މައްޗަށް ދައުލަތުން ވަނީ ޖުމްލަ ހަތަރު ދައުވާއެއް އުފުލާފައެވެ. އެއީ:

ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނުގެ ދަށުން ރައްކާތެރިވުމުގެ އަމުރާ ހިލާފުވުމުގެ ދައުވާ.
ގާނޫނުލް އުގޫބާތުގެ ދަށުން، އެނގިހުރެ ހުއްދަ ނޫން ތަނަކަށް ވަނުމުގެ ދައުވާ.
ބިރު ދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ ދަށުން، ތޫނު އެއްޗެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ދައުވާ.
މީހެއްގެ ފުރާނައަށް ނުވަތަ ހަށިގަނޑަށް ގެއްލުމެއް ދީފާނެކަމުގެ ބިރު ދެއްކުމުގެ ދައުވާ.
މި ހަތަރު ދައުވާވެސް 2024 ވަނަ އަހަރުގެ ތެރޭގައި ވަނީ ކޯޓަށް ހުށަހަޅާފައެވެ. ސުޕްރީމް ކޯޓުގެ މި ނިންމުމާއެކު، ޝަރިއަތް ނިމެންދެން އެ މީހާ އަލުން ބަންދުކުރަން ޖެހޭނެއެވެ.

MWSC_ads

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

PNC

ސުޕްރީމް ކޯޓްގެ ނިންމުމަށް ކޮންގްރެސް ޕާޓީން މަރުޙަބާ ކިޔައިފި

supreme court

ޕާޓީން ވަކިވާ މެންބަރުންގެ ގޮނޑި ގެއްލޭނެކަމަށް ޤާނޫނު އަސާސީއަށް ގެނައި އިޞްލާހު ޞައްޙަ: ސުޕްރީމް ކޯޓު

supreme curt

މެންބަރުން ޕާޓީ ބަދަލުކުރުން ހުއްޓުވުމުގެ އިސްލާހުގެ މައްސަލަ ސުޕްރީމް ކޯޓަށް ބެލޭނެކަމަށް ނިންމައިފި

Supreme Court

ޕާޓީން ވަކިވާ މެމްބަރުންގެ ގޮނޑީގެ މައްސަލަ: ހުކުމް އިއްވުން ބުދަ ދުވަހު