ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޝަހީދު ޢަލީ ސްކޫލަށް ވަނުމަށް އެދުނު 1800 އަށްވުރެ ގިނަ ކުދިންނަށް އެފުރުޞަތު ދީފައިވާނެ: ޑރ. އިސްމާޢީލް

Maldivian_Ads
STO_Ads
TTH_Ads
Advertisement

ހުޅުމާލެ ދެވަނަ ފިޔަވަހީގައި އަލަށް ހުޅުވާ ޝަހީދު ޢަލީ ސްކޫލަށް ވަނުމަށް އެދުނު 1800 އަށްވުރެ ގިނަ ކުދިންނަށް އެފުރުޞަތު ދީފައިވާ ކަމަށް ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ.

ވަޒީރު ވަނީ، ޝަހީދު ޢަލީ ސްކޫލުގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ބައްލަވާލައްވާފައެވެ.

ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވީ، ސަރުކާރުން ކަނޑައެޅި ގޮތަށް ދިރާސީ އައު އަހަރާއެކު ޝަހީދު ޢަލީ ސްކޫލުގައި ކިޔެވުން ފަށާނެ ކަމަށެވެ. އަދި ސްކޫލަށް ކުދިން ހޯދުމާ ގުޅޭ މަސައްކަތްތައް މިދިޔަ އަހަރުގެ މެދު ތެރެއިން ފެށިގެން ފަށާފައިވާ ކަމަށެވެ. ވަޒީރު ވިދާޅުވީ، އެންމެ ފުރަތަމަ ބަލާފައިވަނީ ދެވަނަ ފިޔަވަހިން މާލެއަށް ކިޔަވަން އަންނަ ދަރިވަރުންގެ އަދަދާއި، ފޭސް ދެއަކަށް ކުދިން ބަދަލުކުރަން ބޭނުންވާ މިންވަރަށްކަމަށެވެ.

HajjCop_ads
Advertisement

“މި ސްކޫލާއެކު ދަރިވަރުންގެ ބޮޑެތި ތަކުލީފުތަކަކަށް ލުޔެއް ލިބިގެން މިދަނީ. މާލޭގެ އެހެން ސްކޫލުތަކެކޭ އެއްގޮތަށް، ފެންވަރު ރަނގަޅު މުދަރިސުން ކިޔަވައިދޭނީ.” ވަޒީރު

ހުޅުމާލެ ދެވަނަ ފިޔަވަހީގައި އަލަށް ހުޅުވާ ޝަހީދު ޢަލީ ސްކޫލު

އާ ސްކޫލު ހުޅުވުމަށް ތައްޔާރު ވަމުންދާއިރު، މިހާތަނަށް 1800 ދަރިވަރުންނަށް ވަނީ ޖާގަ ދީފައެވެ. ވަޒީރު ވިދާޅުވީ، ދެވަނަ ފިޔަވަހީގެ ސްކޫލުތަކަށް ކުދިން ވައްދަން ބޭނުންވާނަމަ އަދިވެސް އެފުރުޞަތު ދެމުންދާކަމަށެވެ.

ޝަހީދު ޢަލީ ސްކޫލަކީ 5 ފަންގިފިލާއަށް ތަރައްޤީ ކޮށްފައިވާ، 50 ކްލާސްރޫމުގެ ސްކޫލެކެވެ. ދިރާސީ އަހަރު ކިޔެވުން ފެށާއިރު މި ސްކޫލް ހުޅުވާއިރު، އިމާރާތުގެ ހުރިހާ މަސައްކަތްތައް މިހާރު ވަނީ ނިންމާފައެވެ. ވަޒީރު ވިދާޅުވީ ސްކޫލަށް ބޭނުންވާ ވަސީލަތްތައް ހަމަކުރުމާއި، މުދަރިސުންނާއި، ސްޓާފުން ހަމަޖެއްސުމުގެ މަސައްކަތްތައްވެސް ވަރަށް ފުރިހަމައަށް ކުރިއަށްދާ ކަމަށެވެ. އަދި ސްކޫލު ހުޅުވުމަށް ވަމުންދާ ތައްޔާރީތަކާމެދު ވަރަށް ހިތްހަމަޖެހޭ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ، ކުދިންގެ ޔުނީފޯމުގެ ކަންކަންވެސް ރަނގަޅަށްދާ ކަމަށެވެ. ނަމަވެސް މިއީ މުޅިން އަލަށް ހުޅުވާ ސްކޫލެއްކަމުން، ކޮންމެވެސް ވަރެއްގެ ދަތިކަމެއް ހުރުން އެކަށީގެންވާ ކަމަށެވެ. ނަމަވެސް ކިޔެވުމުގެ ކަންކަމަށް ބުރޫ އަރާ ފަދަ ދަތިތަކެއް ނާންނާނެ ކަމުގެ ޔަޤީންކަން ދޭ ކަމަށެވެ.

ޝަހީދު ޢަލީ ސްކޫލަކީ، ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްޤީ ކުރާ ދާއިމީ 2 ވަނަ ސުކޫލެވެ. ދެވަނަ ފިޔަވަހީގައި ހުޅުވި ފުރަތަމަ ސްކޫލަކީ، ޞަލާޙުއްދީން ސްކޫލެވެ. މި ސްކޫލު ހުޅުވީ، 2023 ވަނަ އަހަރުގެ ދިރާސީ އަހަރަށެވެ.

MWSC_ads
Ads_MTCC
MPL_Ads
Advertisement
STO_Ads
Maldivian_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Saeed

ތިން މިނިސްޓްރީ ރޯވި މައްސަލައިގެ މައުލޫމާތެއް ނޭނގޭ: ޔާމީން

މަސްތުވާތަކެތީގެ މައްސަލައެއްގައި ހުޅުމާލެ ފޭސް 1 އިން ދެމީހުން ހައްޔަރުކޮށްފި

އެމްޑަބްލިއުއެސްސީގެ ޑްރައިވަރުންނަށް ޓްރެފިކް އެވެއާނަސް ޕްރޮގްރާމެއް ހިންގައިފި

ރީ-ރަޖިސްޓްރީނުކުރާ ނޫސް މަޖައްލާތަކުގެ ރަޖިސްޓްރީ ބާތިލުކުރަނީ