ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ބަނގުރަލުގެ ވިޔަފާރި ކުރި ދެ ދިވެހިން ހައްޔަރުކޮށްފި

TTH_Ads
STO_Ads

ބަނގުރާ ގެންގުޅެ، ބޭނުންކޮށް އަދި އެ ތަކެތީގެ ވިޔަފާރި ކުރާ ކަމުގެ ތުހުމަތުގައި މާލެއިން ހަތަރު މީހުން ހައްޔަރުކޮށްފިއެވެ.

އެ މީހުން ހައްޔަރުކޮށްފައިވަނީ، ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން މިމަހުގެ 10 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައެވެ. މި އޮޕަރޭޝަނުގައި އެ ހަތަރު މީހުން މަސްވެރިންގެ ޕާކު ސަރަޙައްދުން ހުއްޓުވައި ބަލައި ފާސްކުރިއިރު 23 ފުޅި ބަނގުރާ ފެނިފައިވެއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރު ކުރި މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން، މާލެ / ގ. ހެޕީސައިޑް، މުޙައްމަދު ނާއިޝް (43އ) އާއި، ޅ.ހިންނަވަރު / ހަނދާން، އިކްރާމް ޢަބްދުއްރަޙްމާން (31އ) 10 ދުވަހަށް ބަންދު ކުރުމަށް ވަނީ އަމުރުކޮށްފައެވެ. އަނެއް ދެ މީހުން، ޝަރުތު ކުރުމަށްފަހު ކޯޓުން ވަނީ، ދޫކޮށްލާފައެވެ.

Maldivian_Ads

މި މައްސަލަ ފުލުހުން ގެންދަނީ، ތަޙުޤީޤު ކުރަމުންނެވެ.

MWSC_Ads

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Police vcle

ސައިކަލެއްގައި ރޯކޮށްލި މައްސަލައިގައި ދެމީހަކު ހައްޔަރުކޮށްފި

988

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ ފޮޓޯއާއި ވީޑިއޯ ވިއްކިކަމަށް ތުހުމަތުވާ މީހާގެ ބަންދަށް އިތުރު 12 ދުވަސް

43

އެމްޑީޕީގެ އެއްވުމުގައި މީހަކަށް އަނިޔާވީ ފުލުހުންގެ ސަބަބުން ކަމަށް ބުނެ ފަތުރަނީ ދޮގު ވާހަކަތަކެއް!

43

11 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މީހުންގެ ބަންދަށް 30 ދުވަސް