ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ރަސްމާލެ ހިއްކުން ބާރުސްޕީޑުގައި، 280 ހެކްޓަރު ހިއްކައި ނިމިއްޖެ

STO_Ads
TTH_Ads
Advertisement

ރަސްމާލެ މަޝްރޫޢު ހިއްކުމުގެ މަސައްކަތުގެ ދަށުން މިހާތަނަށް 280 ހެކްޓަރުގެ ބިން ހިއްކާ ނިންމާލައިފިއެވެ. މިމަޝްރޫޢުގެ ދަށުން ޖުމްލަ 1009 ހެކްޓަރުގެ ބިން ހިއްކުމަށްވަނީ ނިންމާފައެވެ.

ރަސްމާލެ މަޝްރޫޢުއަކީ މިވަގުތު މުޅިރާއްޖޭގައިވެސް ކުރިއަށްގެންދާ ބިން ހިއްކުމުގެ އެންމެ ބޮޑު މަޝްރޫޢެވެ. ޖުމްލަ 1009 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާއިރު 4 ކުންފުންޏަކުންދަނީ ބިން ހިއްކުމުގެ މަސައްކަތް ކުރަމުންނެވެ. ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީން ވިދާޅުވީ މިހާތަނަށް ރަސްމާލެ މަޝްރޫޢުގެ ދަށުން ޖުމްލަ 280 ހެކްޓަރުގެ ބިން ހިއްކާ ނިމިފައިވާކަމަށެވެ.

12 ސަރަޙައްދަކަށް ބަހާލައިގެން ބިން ހިއްކުމުގެ މަސައްކަތް ކުރަމުންދާއިރު މިހާރު އެންމެ ބާރު ސްޕީޑުގައި ކުރިއަށްދަނީ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް އެމްއޭސީއެލްއާއި ހަވާލުކޮށްފައިވާ “ސައިޓު އޭ”ގެ މަސައްކަތެވެ. އެކުންފުނިން ހާމަކޮށްފައިވާގޮތުން އަންގާރަ ދުވަހާއި ހަމައަށް އެސަރަޙައްދުން 64 ހެކްޓަރުގެ ބިން ހިއްކާވަނީ ނިންމާލާފައެވެ. އެއީ ސައިޓު އޭގައި ހިމެނޭ 138 ހެކްޓަރުގެ ތެރެއިން 47 އިންސައްތައެވެ.

HajjCop_ads
Advertisement

ރަސްމާލެ ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ ޕްރޮޖެކްޓުގެ ދަށުން މިހާތަނަށް 64 ހެކްޓަރުގެ ސަރަހައްދެއް ހިއްކައި ނިންމާފައިވާކަމަށް އެ މަސައްކަތް ހަވާލުކޮށްފައިވާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފި އެވެ.

އެމްއޭސީއެލްއިން ވަނީ މަސައްކަތުގެ އެންމެ ފަހުގެ އަޕްޑޭޓުތައް ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ.

އެމްއޭސީއެލްއިން ބުނީ މަސައްކަތުގެ ދަށުން ހިއްކުމަށް ހަމަޖެހިފައިވާ 138 ހެކްޓަރުގެ ތެރެއިން 64 ހެކްޓަރު މިހާތަނަށް ހިއްކައި ނިމިފައިވާ ކަމަށެވެ. މިއާއެކު މި ޕްރޮޖެކްޓުގެ 47 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށް އެކުންފުނިން ބުނެފައިވެއެވެ.

މާލެ ސަރަހައްދަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ގެނެސްދިނުމަށް ސަރުކާރުން އެމްއޭސީއެލްއާ ހަވާލުކޮށްގެން މި މަސައްކަތް ކުރިއަށްގެންދާއިރު، ވީހާވެސް އަވަހަށް މި މަސައްކަތް ނިންމުމަށް އެމްއޭސީއެލްއިން ދަނީ އެންމެ ފަހުގެ ވަސީލަތްތައް ބޭނުންކުރަމުންނެވެ. މިގޮތުން އެމްއޭސީއެލްއިން ވަނީ މި މަސައްކަތަށް ‘ކްރިސްޓަބެލް ކޮލޯން”ގެ ނަމުން ނަން ދީފައިވާ ދުނިޔޭގެ އެންމެ ބޮޑު ޓްރެއިލާ ސަކްޝަން ހޮޕާގެ ދެ ޑްރެޖަރު ރާއްޖެ ގެނެސްފައެވެ. މިއީ 46،000 ކިއުބިކް މީޓަރު ހިއްކުމުގެ ކެޕޭސިޓީ ހުންނަ ޑްރެޖަރެކެވެ.

ސަރުކާރުން ނިންމާފައިވަނީ 12 ސަރަހައްދަކަށް ބަހާލައިގެން މި މަޝްރޫއު ކުރިއަށްގެންދިއުމަށެވެ. އަދި ނިމޭ ސަރަހައްދުތަކުން ވީހާވެސް އަވަހަށް ގޯތި ދޫކުރަން ފެށުމަށެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

velana airport

ވީއައިއޭ އާއި މާމަހި އެގްޒެކެޓިވް ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑަށް ނޮމިނޭޓްވެއްޖެ

velana airport

ވެލާނާ އެއާޕޯޓުގެ ޖެޓީ ބޭނުންކުރާއިރު ހާއްސަ ހުއްދައެއް ނަގަންޖެހޭ އުސޫލަށް އަމަލުކުރަން ފަށައިފި

Umra hajj cooperation

އުމްރާގެ އަޅުކަމަށް ފަހު އެނބުރި ރާއްޖެ އަންނަ މީހުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އަންގައިފި

velaana airport macl

ވީއައިއޭގެ ސީ-ޓު-އެއަރ ކާގޯ ޚިދުމަތާ ކެމްބޯޑިއާ ގުޅިއްޖެ