ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ބޭސް ސިޓީ ފޯޖުކޮށްގެން ލައްކައަށްވުރެ ގިނަ ރުފިޔާގެ ބޭސް ނެގި މައްސަލައެއް

police
TTH_Ads
STO_Ads
Advertisement

ބޭސް ސިޓީ ފޯޖުކޮށްގެން އެކި ދުވަސްވަރު މަތިން ލައްކައަކަށްވުރެ ގިނަ ރުފިޔާގެ ބޭސް ނެގި މައްސަލައެއް ފުލުހުން މިހާރު ތަހުގީގު ކުރަމުންދާ ކަމަށް އޮޑިޓާ ޖެނެރަލްގެ އޮފީހުން މިއަދު އާއްމުކުރި ހެލްތު އިންޝުއަރެންސް ސްކީމްގެ ޕާފޯމަންސް އޮޑިޓު ރިޕޯޓުން ހާމަވެއްޖެއެވެ.

2019-2024 ގެ މި ރިޕޯޓުގައިވާ ގޮތުން 2023 ވަނަ އަހަރުގެ ފެބްރުއަރީ މަހު މާލޭގެ ހޮސްޕިޓަލަކުން އާސަންދައަށް އެންގި ގޮތުގައި، މައްސަލަ ހުށަހެޅި މީހާ އޭނާގެ ބައްޕަގެ ނަން މަތީގައި އޮޅުވާލައިގެން ބޭސް ނަގަމުންދާ ކަމަށާއި އޭނާގެ ބައްޕަ މާލޭގައި ދިރިއުޅޭ މީހަކު ނޫން ކަމުގައިވިޔަސް މާލޭގެ އެކި ފާމަސީތަކުން ބޭސް ނަގަމުންދާ ކަމަށް އާސަންދައިގެ ހޮޓްލައިނަށް ޝަކުވާ ހުށަހަޅާފައިވެއެވެ. މައްސަލަ ހުށަހެޅި މީހާއަކީ މަސްތުވާތަކެތި ބޭނުންކުރުމުގެ ކުށުގެ ރިކޯޑު އޮތް މީހެއްކަން ވެސް އެ ޝަކުވާގައި ފާހަގަކޮށްފައިވެއެވެ.

އެ ގޮތަށް ބޭސް ނެގުން ތަކުރާރުވާތީ 2023 ވަނަ އަހަރުގެ ޖުލައި މަހު އަނެއްކާވެސް އާސަންދައަށް ރިޕޯޓުކޮށް، އެ ކުންފުނިން މައްސަލަ ފުލުހުންނަށް ހުށަހެޅީ 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހުގައެވެ. އެ މުއްދަތަށްފަހުވެސް އޮންލައިން ކޮންސަލްޓޭޝަން ނޫން ގޮތަށް ރާއްޖޭގެ ދެ ސަރަހައްދެއްގައި ހުރެގެން އެއް ތާރީޚެއްގައި ޑޮކްޓަރަށް ދައްކައިގެން ބޭސް ނެގި ކަމަށް ވެސް ރިޕޯޓުކޮށްފައިވެއެވެ.

HajjCop_ads
Advertisement

އޮޑިޓު ރިޕޯޓުން ދައްކާ ގޮތުގައި 2023 ވަނަ އަހަރުގެ ފެބްރުއަރީއިން 2024 ވަނަ އަހަރުގެ އޭޕްރީލަށް، އެ މީހާގެ ބައްޕަގެ ނަން މަތީގައި މާލޭ ހޮސްޕިޓަލްތަކުން 112،586 ރުފިޔާގެ ބޭސް އަދި އައްޑޫ ހޮސްޕިޓަލުން 25،080 ރުފިޔާގެ ބޭސް ނަގާފައިވާކަން ހާމަވެއެވެ. އޭނާގެ ބައްޕަ ދިރިއުޅޭ ރަށުން ނަގާ ބޭހާ އަޅާބަލާއިރު، މިއީ ހަތަރު ގުނަ އިތުރު އަދަދެކެވެ. އަދި މީގެ އިތުރުން ބަލި މީހާ އަމިއްލައަށް ނަގާފައިވާ ބޭސްތައް ވެސް މި އަދަދުތަކުގައި ހިމެނެއެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
HajjCop_ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ކޮމިޝަނަރ އޮފް ޕޮލިސް، ޗައިނާ ސަފީރާ ބައްދަލުކުރައްވައިފި

ބަނގުރާ ވިއްކި އިންޑިއާ ރައްޔިތުގެ ބަންދަށް 15 ދުވަސް އިތުރުކޮށްފި

CP

އަމާން މުޖުތަމައެއް ބިނާކުރުމުގައި ދިވެހި ފުލުހުން ދެމިތިބޭނެ: ކޮމިޝަނަރ އަޙްމަދު

ބަނގުރާ ވިއްކައި ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ހުޅުމާލެއިން މީހަކު ހައްޔަރުކޮށްފި