ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އުރީދޫން ދޭ އުމްރާ ދަތުރުއައިޝަތު މުހައްމަދު ދީދީ އަށް

STO_Ads
TTH_Ads

އުރީދޫ މޯލްޑިވްސް އިން މިހާރު ކުރިއަށް ގެންދާ އަހަރީ ދުވަހުގެ ކެމްޕެއިންގެ ތޭރަ ވަނަ ނަސީބުވެރި ފަރާތަކަށް އައިޝަތު މުހައްމަދު ދީދީ، ސ. ހިތަދޫ، ހޮވިފައިވާކަން އުރީދޫން އިއުލާންކޮށްފިއެވެ.

އުރީދޫން މިރޭ ބުނީ އައިޝަތަށް މި ލަކީ ޑްރޯ ގައި ލިބިފައި ވަނީ އުމްރާ ދަތުރެއް ކަމަށެވެ.

އެ ޕްރޮމޯޝަންގެ ދަށުން ނަސީބުވެރި އެއް ކަސްޓަމަރަކަށް ކޮންމެ 20 ދުވަހަކުން އުމްރާ ދަތުރެއް ލިބިގެންދާނެއެވެ. ނަސީބުވެރި 19 ކަސްޓަމަރަކަށް ޖުމުލަ 19 އުމްރާ ދަތުރެއް ދިނުމަށް ހަމަޖެހިފައިވާ އިރު، އެ ކެމްޕެއިންގެ 20 ވަނަ އިނާމު ނުވަތަ ގްރޭންޑް ޕްރައިޒް އަކީ ދެ މީހަކަށް ހައްޖު ދަތުރެކެވެ.

Maldivian_Ads

އެ ޕްރޮމޯޝަނުގައި ބައިވެރިވުމަށް:

  • އުރީދޫ ކަސްޓަމަރެއް ނަމަ، 30 ދުވަހުގެ ތެރޭގައި 250 ރުފިޔާއަށްވުރެ މަތިން ބިލު ދައްކައި، ރީޗާޖުކޮށް ނުވަތަ އެޑް އޮންއެއް ބޭނުންކުރުން
  • އުރީދޫއާ އަލަށް ގުޅޭ ކަސްޓަމަރުން ހިދުމަތް ބޭނުންކުރުމަށް 400 ރުފިޔާ އިން މަތިން ބިލު ދައްކައި، ރީޗާޖުކޮށް ނުވަތަ އެޑް އޮންއެއް ބޭނުންކުރުން
  • ޕޯސްޓްޕެއިޑް، ޕްރީޕެއިޑް އަދި ސުޕާނެޓް ކަސްޓަމަރުންނަށް މި ލަކީޑްރޯއަށް ޝަރުތު ހަމަވުން

ވިހި އަހަރުގެ ކުޑަ މުއްދަތުގައި އުރީދޫން ވަނީ މުވާސަލާތީ އަދި ޓެކްނޮލޮޖީގެ ގޮތުން ފާހަގަކޮށްލެވޭ ގިނަ ލަނޑުދަނޑިތައް ހާސިލުކޮށްފައެވެ. އެ ކެމްޕެއިނަކީ އުރީދޫގެ ކާމިޔާބީގެ ފަހަތުގައި ތިބި ކަސްޓަމަރުންނާއި، ހިދުމަތް ދިނުމުގައި ކެނޑިނޭޅި މަސައްކަތްކުރަމުންދާ މުވައްޒަފުންގެ އަގު ވަޒަންކުރާ ކެމްޕެއިނެއް ކަމަށް އުރީދޫން ބުންޏެވެ.

ލިވް އަންލިމިޓަޑް ކެމްޕެއިންގެ އިތުރު މައުލޫމާތު ހޯދުމަށް އުރީދޫގެ ސޯޝަލް މީޑިއާ ނުވަތަ އެކަމާ ގުޅޭ ލިންކް ore.do/liveunlimited ފޮލޯ ކުރުމަށް އުރީދޫން އެދެއެވެ

MWSC_Ads

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އުރީދޫން ހިއްސާއަކަށް މިފަހަރު ބަހާނީ 3.54 ރުފިޔާ

ooreedo

އުރީދޫގެ އަހަރީ އާންމު ޖަލްސާ މާޗް މަހުގެ 4 ގައި

އުރީދޫގެ ސީއީއޯއަކަށް ޝާޑީ ގަވަސްމީ އައްޔަންކޮށްފި

އުރީދޫ ނޭޝަން އިން 2 މުބާރާތަކަށް ހުޅުވާލައިފި