ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ސިޔާސަތަކީ ހުރިހައި އެއާޕޯޓުތަކެއް ދިވެހި ކުންފުނިތަކުން ހިންގުން: އަމީން

minister ameen
TTH_Ads
STO_Ads

ސަރުކާރުގެ ސިޔާސަތަކީ، ހުރިހައި އެއާޕޯޓުތަކެއް ދިވެހި ކުންފުނިތަކުން ހިންގުން ކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވެފައިވަނީ، ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ހިންގުމަށް އިންޑިއާގެ ކުންފުންޏެއް ހަވާލުވެ ދިނުމަށް ރާއްޖޭން އެދިފައިވާ ކަމަށް އެޤައުމުގެ ނޫހަކުން ބުނެފައިވާ ދަނޑިވަޅެއްގައެވެ.

އިންޑިއާގެ ނޫހަކުން ރިޕޯޓްކޮށްފައިވަނީ، ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ހުޅުވުމުގެ ރަސްމިއްޔާތަށްފަހު އިންޑިއާގެ ސިވިލް އޭވިއޭޝަނުގައި ދިވެހި ސަރުކާރުގެ ފަރާތުން އެ އެއާޕޯޓް ހިންގުމަށް އެދިފައިވާ ކަމަށެވެ. މިކަމާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވީ، ރާއްޖޭގައި އޮޕަރޭޓް ކުރަމުންދާ އިންޓަނޭޝަނަލް އަދި ޑޮމެސްޓިކް ހުރިހައި އެއާޕޯޓުތަކެއް ހިންގަމުން ދަނީ މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީން އެޕްރޫވް ކޮށްފައިވާ ދިވެހި ކުންފުނިތަކުން ކަމަށެވެ.

Maldivian_Ads

ސަރުކާރުގެ ސިޔާސަތަކީ، ރާއްޖޭގައި އޮޕަރޭޓް ކުރާ އިންޓަނޭޝަނަލް އަދި ޑޮމެސްޓިކް ހުރިހައި އެއާޕޯޓުތަކެއް ދިވެހި ކުންފުނިތަކުން ހިންގުން ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ރާއްޖޭގައި އޮޕަރޭޓް ކުރާ އެއްވެސް އެއާޕޯޓެއް ހިންގަން ބޭރުގެ ބަޔަކާއި އަދި ޤައުމަކާއިވެސް ހަވާލު ނުކުރާނެ ކަމަށް ވަޒީރު އަމީން ވަނީ ވިދާޅުވެފައެވެ. ވަޒީރު ވަނީ، މިކަމުގެ ޔަޤީންކަންވެސް ދެއްވާފައެވެ.

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ރަސްމީކޮށް ހުޅުވާފައިވަނީ، މިދިޔަ އަހަރުގެ ނޮވެމްބަރ މަހުގެ 9 ވަނަ ދުވަހުއެވެ. ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓުގެ އައު ޓަރމިނަލުން އޭ 320 އަދި ބޮއިންގ 737 މަރުކާގެ ފްލައިޓްތަކަށް ޚިދުމަތް ދެވޭނެއެވެ. އަދި އެއާޕޯޓުގައި އެއްފަހަރާ 9 ފްލައިޓް ޕާކުކޮށްފައި ބޭއްވޭނެ އޭޕްރަންއެއް ވަނީ ތަރައްޤީކޮށްފައެވެ. މި އޭޕްރަންގައި އެއްފަހަރާ އެއަރބަސްގެ 3 ބޯޓާއި، އޭޓީއާރުގެ 6 މަތިންދާ ބޯޓު ޕާކު ކުރެވޭނެއެވެ. މިއެއާޕޯޓުގެ ވަނީ، 2465 މީޓަރުގެ ދިގު ރަންވޭއަކާއި، އެއަރ ޓްރެފިކް ކޮންޓްރޯލް ޓަވަރަކާއެކު މުޅިން އައު ކާގޯ ޓާމިލަނެއް ތަރައްޤީކޮށްފައެވެ.

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކޮށް އަލުން ހުޅުވި ފަހުން ފުރަތަމަ ކޮމާޝަލް ޖެޓެއް ޖައްސާފައިވަނީ، ޑިސެމްބަރ 26ވަނަ ދުވަހުއެވެ. އެއާޕޯޓު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެފައިވަނީ، އެއާޕޯޓާއެކު އުތުރުގެ ފަތުރުވެރިކަމާއި، މަސްވެރިކަމާއި، ދަނޑުވެރިކަމާއި، އިގްތިސާދީ ހުރިހާ ދާއިރާއެއްގެ އިތުރުން އިޖުތިމާޢީ ގޮތުންވެސް ތަރައްޤީއާއި ކުރިއެރުން ހޯދުމަށް މަގުފަހިވާނެ ކަމަށެވެ.

MWSC_Ads

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Iu

ހަނގުރާމައާ ގުޅިގެން އުދުހުންތައް ހުއްޓާލި ބައެއް އެއާލައިންތަކުން އަލުން ރާއްޖެއަށް ދަތުރުކުރަން ފަށައިފި

ވެހިކަލް ރެޖިސްޓްރޭޝަނަށް ދިމާވާ މައްސަލަ ޕާކިން ބިލްޑިންތަކާއެކު ޙައްލުވާނެ: އަމީން

Oo

މާލެ ސަރަޙައްދުގައި ހަތް ޕާކިން ބިލްޑިން އެޅުމުގެ މަސައްކަތް ފެށުމަަށް ސަރުކާރުން ތައްޔާރުވެއްޖެ

އިލެކްޓްރިކް ކާރުތަކުގައި ފެހިކުލައިގެ ނަންބަރު ބޯޑު ހަރުކުރަނީ