ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ކުރީ ސަރުކާރުން ފްލެޓް އަތުލާފައި ތިބި ފަރާތްތަކަށް 500 ފްލެޓް ކަނޑައަޅައިފި

STO_Ads

ވެށިފަހި މާލެ އާއި ހިޔާ މަޝްރޫޢުން ފުލެޓް ލިބޭނެކަމުގެ ލިޔުން ލިބި، އެ ލިޔުމާ އެއްގޮތަށް ފުލެޓް ޙަވާލުކޮށްފައިނުވާ ފަރާތްތައް 500 ފްލެޓް ޚާއްސަކުރަން ނިންމައިފި އެވެ.

ސަރުކާރުގެ “ބޯހިޔާވަހިކަން އެންމެންނަށް” ސިޔާސަތުގެ ދަށުން، “އާއިލީ ބޯހިޔާވަހިކަން” ޕްރޮގްރާމްގެ އުސޫލުތައް މިރޭ ވަނީ ގެޒެޓްކޮށްފަ އެވެ. އެގޮތުން މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފުލެޓު ދޫކުރުމުގެ އުސޫލާއި މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ބިން ދޫކުރުމުގެ އުސޫލު ވަނީ އާންމުކޮށްފަ އެވެ.

މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފުލެޓު ދޫކުރުމުގެ އުސޫލުގައި ބުނީ ވެށިފަހި މާލެ އާއި ހިޔާ މަޝްރޫޢުން ފުލެޓް ލިބޭނެކަމުގެ ލިޔުން ލިބި، އެ ލިޔުމާ އެއްގޮތަށް ފުލެޓް ޙަވާލުކޮށްފައިނުވާ ފަރާތްތައް 500 ފްލެޓް ޚާއްސަކުރާނެ ކަމަށެވެ.

Maldivian_Ads

ކުރީގެ ރައީސް ޔާމީންގެ ސަރުކާރުން ހިޔާ ފްލެޓް ލިބޭނެ ކަމަށް ކަނޑައަޅާ ލިޔުންދީފައިވާ މީހުންްގެ ތެރެއިން މިދިޔަ އެމްޑީޕީ ސަރުކާރުން ފްލެޓް އަތުލި އެންމެންނަށް ވެސް ފްލެޓް ދެއްވާނެ ކަމަށާ އެމަނިކުފާނު ވެވަޑައިގެންފައިވާ ވައުދުފުޅާއި ޚިލާފުވެވަޑައިނުގަންނަވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރީންވެސް ވަނީ ވިދާޅުވެފަ އެވެ.

މި އުސޫލުގައިވާ ގޮތުން މާލޭގެ ރަށްވެހިން 4,000 ފްލެޓް ވަނީ ކަނޑައަޅާފަ އެވެ. 18 އަހަރުން ދަށުގެ ކުދިން ބަލާ އެކަނިވެރި މައިންނާއި އެކަނިވެރި ބަފައިންނަށް 100 ފްލެޓް އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށްވެސް ވަނީ 100 ފްލެޓް ކަނޑައަޅާފަ އެވެ. ޒުވާނުން 250 ފްލެޓް ކަނޑައަޅާފައިވާއިރު މާލޭގައި އާއިލާ ބިނާކޮށްފައިވާ ޓެކްސީ ޑްރައިވަރުންގެ ދަފުތަރުގައި ރަޖިސްޓަރީވެފައިވާ ފަރާތްތަކަށް 50 ފްލެޓް އަދި މާލޭގައި އާއިލާ ބިނާކޮށްފައިވާ ފަތުރުވެރިކަމުގެ ސިނާއަތުގައި ވަޒީފާއަދާކުރާ މުވައްޒަފުން 200 ފްލެޓް ވަނީ ޚާއްސަކޮށްފަ އެވެ.

މާލޭގައި އާއިލާ ބިނާކޮށްފައިވާ ޖުޑީޝިއަރީގެ މުވައްޒަފުންނަށް 100 ފްލެޓް, މާލޭގައި އާއިލާ ބިނާކޮށްފައިވާ މަސްވެރިންގެ ދަފުތަރުގައި ހިމެނޭ ފަރާތްތަކަށް 100 ފްލެޓް އަދި ފުލުުހުންނާއި ސިފައިން އަދި ކަރެކްޝަންގެ މުވައްޒިފުންނަށް ޚާއްސަކޮށް ކޮންމެ މުއައްސަސާއަކަށް 100 ފްލެޓް ވަނީ ކަނޑައަޅާފަ އެވެ.

ދިވެހި ސިވިލް ސާރވިސްގެ މުވައްޒަފުންނަށް 200 ފްލެޓް އަދި އެކި އޮފީސްތަކަށް 400 ފްލެޓް ވަނީ ކަނޑައަޅާފަ އެވެ.

MWSC_Ads

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

muthalib

“ބޯހިޔާވަހިކަން އެންމެނަށް” ފުލެޓާއި ގޯއްޗަށް ހުށަހެޅުމުގެ މުއްދަތު އަނެއްކާވެސް އިތުރުކޮށްފި

hiyaa flats

ހިޔާ ފްލެޓުތަކުގެ ދެ އަހަރުގެ ކުލި ކަނޑާލައިފި

ދެމަފިރިންގެ ބޯހިޔާވަހިކަން އޮތް ނަމަވެސް ގޯއްޗަށް އެދެވޭ ގޮތަށް އުސޫލު ބަދަލުކޮށް ފުރުސަތު ހުޅުވާލައިފި

hiyaa flats

ސޯޝަލް ހައުސިން ކުއްޔަށް ދިނުން ހުއްޓުވުމަށް ގާނޫނަށް ބަދަލު ގެންނަނީ