ވ. އަތޮޅުގެ ރިސޯޓެއްގައި ވިހެއި ތުއްތު ކުއްޖަކު މަރުވެ ކުނިވެފައި އޮތް މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ ވ. އަތޮޅުގެ ރިސޯޓެއްގައި 27 އަހަރުގެ އަންހެނަކު ބަލިވެ އިނދެ ބައިގެން ގޮސް ކުއްޖާ މަރުވި މައްސަލައެއް މިއަދު ހެނދުނު 10:00 ގައި ހުށަހެޅިފައިވާ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އިޝްތިހާރު އިޝްތިހާރު

ފުލުހުން ބުނީ އެ މައްސަލައިގެ އިތުރު މައުލޫމާތު ފަހުން ހާމަކުރާނެ ކަމަށެވެ.

ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި މިކަމުގައި ގާނޫނާ ޚިލާފު ކަންތައްތަކެއް އެ ކުއްޖާގެ މަންމަ ކޮށްފައިވެއެވެ.