ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ދިވެހި ޤައުމީ އަންހެން ވޮލީ ޓީމަށް ރައީސް ހިތްވަރުދެއްވައިފި

TTH_Ads
STO_Ads
Advertisement

‏އޭޝިއާގެ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތް، ވިމެންސް ކާވާ ކަޕް 2025 ގެ ފައިނަލްގައި ދިވެހިރާއްޖެއަށް ތަށި ހޯދައިދިނުމުގެ އަޒުމުގައި މިރޭ ފައިނަލަށް ނުކުންނަ ދިވެހި އަންހެން ޤައުމީ ވޮލީ ޓީމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ހިތްވަރުދެއްވައިފިއެވެ.

ޖުމްލަ އެކު، ހަތަރު ގައުމާ އެކު، މާލޭގައި ކުރިއަށްދާ ކާވާ ވިމެންސް ކަޕްގެ ފައިނަލުގައި މިރޭ ރާއްޖޭން ކުޅޭނީ ކިރްގިސްތާނާ ދެކޮޅަށެވެ.

ދިވެހި ޓީމަށް ހިތްވަރުދެއްވައި ރައީސް މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދިވެހި ޤައުމީ އަންހެން ވޮލީބޯޅަ ޓީމު، ކާވާ ކަޕް 2025 ގައި މޮޅު ކުޅުމެއް ދައްކައި، މުބާރާތުގެ ފައިނަލަށް ދަތުރުކުރުމަކީ ވަރަށް ބޮޑު ފަޚުރެއް ކަމަށެވެ.

HajjCop_ads
MMA_Ads
Advertisement

‏”މިރޭ އޮންނަ ފައިނަލްމެޗު ކާމިޔާބުކޮށް މުބާރާތުގެ ޗެމްޕިއަންކަން ދިވެހީންނަށް ލިބުމަކީ އަޅުގަނޑުމެން އެންމެންގެވެސް އުންމީދު. ދިވެހި ރައްޔިތުން މިތިބީ ދިވެހި ޤައުމީ ޓީމާއެކު.” ގައުމީ ޓީމަށް ހިތްވަރުދެއްވަމުން ރައީސް ވިދާޅުވެފަވެއެވެ.

މިރޭ ކިރިގިސްތާނާ ދެކޮޅަށް ރާއްޖެ ފައިނަލަށް ނުކުނައިރު، ރައުންޑް ރޮބިން ބުރުގައި ރާއްޖެ ވަނީ 3-1 ސެޓުން އެ ޓީމު ބަލިކޮށްފައެވެ.

ރާއްޖެ ފައިނަލަށް ދިޔައީ ހުރިހާ މެޗަކުން ވެސް މޮޅުވެގެންނެވެ.

ކިރްގިސްތާނާއި ރާއްޖޭން ވިމެންސް ކާވާ ކަޕްގައި ކުޅޭ ފައިނަލް މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 20:40 ގަ އެވެ.

MWSC_ads
MPL_Ads
Advertisement
MMA_Ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އައިއޯއޭ އެމްބެސެޑާސް ސެޝަންގައި ބައިވެރިވުމަށް ޝަބާ ގްރީސްއަށް

އެސްޓީއޯ ވޯލްޑް ކަޕް ފޯރި ޕްރޮމޯޝަން ފަށައިފި

އޭދަފުށިން ގޯލްޑަންގެ ޗެރިޓީ ޝީލްޑް އުފުލާލައިފި

ކޭމްޕަށް ޤައުމީ ފުޓްސަލް ޓީމު ޗައިނާއަށް