ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އައިއޯއޭ އެމްބެސެޑާސް ސެޝަންގައި ބައިވެރިވުމަށް ޝަބާ ގްރީސްއަށް

TTH_Ads
STO_Ads
Advertisement

އިންޓަނޭޝަނަލް އޮލިމްޕިކް އެކަޑެމީ (އައިއޯއޭ) އިން އިންތިޒާމުކޮށްގެން ބާއްވާ 66 ވަނަ އިންޓަނޭޝަނަލް ސެޝަން ފޯ ޔަންގް އޮލިމްޕިކް އެމްބެސެޑާސްގައި ބައިވެރިވުމަށް ރާއްޖޭގެ ޒުވާން ދުވުންތެރިޔާ އައިޝަތު ޝަބާ ސަލީމް ގްރީސްއަށް ފުރައިފިއެވެ.

ގްރީސްގެ އެންޝިއެންޓް އޮލިމްޕިއާގައި އޮންނަ ޔޫތު އޮލިމްޕިކް އެމްބެސެޑާސް ސެޝަންއަކީ އިއްޔެއިން ފެށިގެން މިމަހުގެ 18 ވަނަ ދުވަހަށް ކުރިއަށްދާ ހަރަކާތެކެވެ. އެ ސެޝަނަކީ އޮލިމްޕިކް އެމްބެސެޑަރުން ބިނާކުރުމަށާއި، އޮލިމްޕިކް އަސާސްތައް ހިފަހައްޓާނެ ލީޑަރުން ބިނާކުރުމަށް ބާއްވާ ހާއްސަ ހަރަކާތެކެވެ.

ގްރީސްގައި ކުރިއަށްދާ ހަރަކާތުގެ ތެރޭގައި އޮލިމްޕިކްސްއާއި ކުޅިވަރުގެ އެހެނިހެން ތަޖުރިބާކާރުންގެ ލެކްޗާތައްވެސް ކުރިއަށްދާނެއެވެ. އަދި ގްރޫޕް އިވެންޓްތަކާއި އޮލިމްޕިކްސްގައި ވާދަކޮށްފައިވާ އެތުލީޓުންގެ ސެޝަންތައްވެސް ކުރިއަށް ގެންދާނެއެވެ. އޭގެ އޮލިމްޕިކް އުސޫލުތަކުގެ ހާއްސަ ވޯކްޝޮޕްތަކާއި އެކި ގައުމުތަކުގެ އެތުލީޓުންނާ ގުޅުން ބަދަހި ކުރުމަށް ހާއްސަ ފުރުސަތުތައްވެސް ޔޫތު އޮލިމްޕިކް އެމްބެސެޑާ ސެޝަންތަކުން ލިބިގެންދާނެއެވެ.

HajjCop_ads
MMA_Ads
Advertisement

ޝަބާއަކީ މިވަގުތު ރާއްޖޭގައި ހުރި އެންމެ ކުރިއަރަމުން އަންނަ އެއް ދުވުންތެރިޔާ އެވެ. ޝަބާ ވަނީ ދާދިފަހުން ޗައިނާގައި ބޭއްވި ދެ މުބާރާތެއްގައިވެސް ރާއްޖެ ތަމްސީލު ކޮށްފައެވެ.

MWSC_ads
MPL_Ads
Advertisement
STO_Ads
MMA_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އެސްޓީއޯ ވޯލްޑް ކަޕް ފޯރި ޕްރޮމޯޝަން ފަށައިފި

އޭދަފުށިން ގޯލްޑަންގެ ޗެރިޓީ ޝީލްޑް އުފުލާލައިފި

ކޭމްޕަށް ޤައުމީ ފުޓްސަލް ޓީމު ޗައިނާއަށް

ދިވެހި ޤައުމީ އަންހެން ވޮލީ ޓީމަށް ރައީސް ހިތްވަރުދެއްވައިފި