ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ސައިބަރ ކްރައިމްގެ 814 މައްސަލައެއް ހުށަހެޅި، %90.2 ގެ އިތުރުވުމެއް

police
TTH_Ads
STO_Ads

ދިވެހި ފުލުހުންގެ ހިދުމަތުގެ ސައިބާ ކްރައިމް ސެންޓަރަށް 2025 ވަނަ އަހަރު 814 މައްސަލައެއް ހުށަހެޅި، ފާއިތުވި އަހަރާ އަޅާބަލާއިރު ފުލުހަށް ހުށަހެޅުނު ސައިބަރ ކްރައިމް މައްސަލަތައް 90.2 އިންސައްތަ އިތުރުވެފައިވާކަމަށް އެ ސެންޓަރުން ބުނެފިއެވެ.

ފުލުހުންގެ ހިދުމަތުން ކުރަމުންދާ މަސައްކަތްތަކާ ގުޅޭ މައުލޫމާތު ދިނުމަށް ބާއްވަމުންދާާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން މިއަދު ސައިބަރ ކްރައިމް ޑިޕާޓުމެންޓުން ބޭއްވި ނޫސްވެރިންގެ ބައްދަަލުވުމުގައި އެ ޑިޕާޓުމެންޓުންވަނީ އެތަނަށް ހުށަހެޅުނު މައްސަލަތަަކުގެ ތަފުސީލު ހާމަކޮށްފައެވެ.

އެ ޑިޕާޓުމެންޓުން ބުނެފައިވަނީ 2025 ވަނަ އަހަރުގެ މިހާތަނަށް 814 މައްސަލައެއް ހުށަހެޅިފައިވާ ކަމަށާއި، އެއީ ފާއިތުވި އަހަރަށްވުރެ ވަރަށް ބޮޑަށް އިތުރު އަދަދެއް ކަމަށެވެ. މި މައްސަލަތަކުގެ 66 އިންސައްތަ މައްސަލައަކީ ސްކޭމު މައްސަލަތައް ކަމަށްވެސް އެ ޑިޕާޓުމެންޓުން ބުނެފައިވެއެވެ.

Maldivian_Ads

އޭގެ އިތުރަށް ފުލުހަށް މިއަހަރު ހުށަހެޅުނު ސައިބަރ ކުށްތަކާ ގުޅުންހުރި މައްސަލަތަކުގެ 10 އިންސައްތައަކީ އެކައުންޓް ހެކްކުރުން ފަދަ މައްސަލަތަކެވެ. އަދި 9.6 އިންސައްތަ މައްސަލަތަަކަކީ ބްލެކްމެއިލްއާއި ބުލީކުރުން ހިމެނޭހެން އޮންލައިން ހެރޭސްމެންޓު މައްސަލަތަކެވެ.

ބްލެކްމެއިލް މައްސަލަތަކުގެ ތަހުގީގުތަކުގެ ތެރެއިން ރާއްޖެއާއި ރާއްޖެއިން ބޭރުން ސީދާ ދިވެހިންނަށް އަމާޒުކޮށްގެން ބްލެކްމެއިލްކުރުމުގެ އެކި ކުށްތައް ހިންގަމުންދާކަން ފާހަގަކުރެވިފައިވާކަމަށް ފުލުހުންގެ ހިދުމަތުން ބުނެފައިވެއެވެ. އޭގެ ތެރޭގައި އޮރިޔާން ކާޑު ބޭނުންކޮށްގެން ބްލެކްމެއިލްކުރުމުގެ މައްސަލަތައް ހިމެނެއެވެ.

ފުލުހުންގެ ހިދުމަތުން ހާމަކުރި ގޮތުގައި މިހާރުވެސް ސައިބަރ ކްރައިމްގެ 111 މައްސަލައެއް އެ ހިދުމަތުގެ ސައިބަރ ކްރައިމް ޑިޕާޓުމެންޓުންދަނީ ތަހުގީގުކުރަމުންނެވެ.

ފުލުހުންގެ ހިދުމަތުން ބުނެފައިވަނީ އެ އިދާރާއަށް ހުށަހެޅިފައިވާ މައްސަލަތަކުގެ ތެރެއިން އެންމެ ބޮޑަށް ކަންބޮޑުވުން އޮތީ ސްކޫލުތަކުގެ ދަރިވަރުންނާއި ބެލެނިވެރިންނާއި ޓީޗަރުންނަށް އަމާޒުކޮށްގެން ހިންގާ ކޮންފެޝަން ޕޭޖުތަކެވެ. އެ މައްސަލަތަކުގެ ތެރެއިން ތިން ޕޭޖެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް، 19 ޕޭޖެއް ނަގާފައިވާއިރު، އިތުރު 30 ޕޭޖެއްގެ މައްސަލަ އަންނަނީ ބަލަމުންނެވެ.

އެ ހިދުމަތުން ބުނެފައިވަނީ ސައިބާ މައްސަލަތަކާ ގުޅިގެން 1،095 މީހަކަށް އެކިކަހަލަ އެހީތެރިކަން ފޯރުކޮށްދެވިފައިވެއެވެ. އޭގެ ތެރޭގައި އެކައުންޓު ގެއްލިފައިވާ މީހުންނަށް އަނބުރާ އެކައުންޓުތައް ހޯދައިދިނުންފަދަ އެހީތެރިކަން ހިމެނެއެވެ.

MWSC_ads

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ފަސްޓްލައިން މެނޭޖްމަންޓް ކޯހުގެ 14 ވަނަ ބުރު ހުޅުމާލެ ފުލުހުންނަށް ފަށައިފި

43

އަދަދު ނޫހުގެ ފިޔާޒު އާއި ހަސަން ފުލުސް އޮފީހަށް ހާޒިރުވާން އަންގައިފި

88887

ހުޅުދޫގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަޚަމްކޮށްލައިފި

43

ފުލުހުންގެ ކޮންމެ ދާއިރާއަކުންވެސް ފެންނަނީ އަންހެން އޮފިސަރުންގެ ގާބިލުކަމާއި ހުނަރުވެރިކަން: ސީޕީ