ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އަލަށް ހުޅުވާ ޝަހީދު އަލީ ސްކޫލްގައި 100އަށްވުރެ ގިނަ ގަސް އިންދައިފި

117
STO_Ads
TTH_Ads
Advertisement

ހުޅުމާލެ ދެވަނަ ފިޔަވަހީގައި އަލަށް ހުޅުވާ ޝަހީދު އަލީ ސްކޫލްގައި 100އަށްވުރެ ގިނަ ގަސް އިންދައިފިއެވެ.

އެ ސްކޫލްގައި 100އަށްވުރެ ގިނަ ގަސް އިންދާފައި ވަނީ އެޑިޔުކޭޝަން މިނިސްޓްރީގެ 93 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން، ކުރިއަށްގެންދިޔަ ގަސް އިންދުމުގެ ބޮޑު ހަރަކާތުގެ ތެރެއިންނެވެ.

މި ހަރަކާތުގައި އެޑިޔުކޭޝަން މިނިސްޓަރ ޑރ. އިސްމާޢީލް ޝަފީޢުއާއި، މިނިސްޓްރީގެ މުވައްޒަފުންގެ އިތުރުން ރާއްޖޭގެ ހުރިހާ ސްކޫލްތަކުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

HajjCop_ads
Advertisement

މިއީ އެ މިނިސްޓްރީގެ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން، ތިމާވެއްޓަށް ހޭލުންތެރިކުރުވުމާއި، ސަރުކާރުން ޤައުމީ ފެންވަރުގައި ކުރިއަށްގެންދާ “5 މިލިއަން ގަސް އިންދުމުގެ” ޕްރޮގްރާމަށް އެއްބާރުލުން ދިނުމުގެ ގޮތުން ކުރިއަށްގެންދެވުނު ޙަރަކާތެކެވެ.

މި ޙަރަކާތުގައި ހުޅުމާލެ ފޭސް 2 ގެ ބީޗް ސަރަޙައްދުގައާއި، ޝަހީދު ޢަލީ ސްކޫލްގައި 100 އަށްވުރެ ގިނަ ގަސް ވަނީ އިންދާފައެވެ. މީގެ އިތުރުން މާލެ އާއި އަތޮޅުތެރޭގެ ހުރިހާ ސްކޫލުތަކުގެ ދަރިވަރުންނާއި މުދައްރިސުން ވެސް މި ގަސްއިންދުމުގެ ޙަރަކާތުގައި ބައިވެރިވިއެވެ.

އަންނަ ދިރާސީ އަހަރު ފެށޭއިރު ޝަހީދު އަލީ ސްކޫލްގައި ކިޔައިވައިދޭން ފެށޭނެ ކަމަށެވެ. އެއީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތްކުރި ދެވަނަ ސްކޫލެވެ. އެންމެ ފުރަތަމަ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކުރި ސްކޫލަކީ ސަލާހުއްދީން ސްކޫލެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
MPL_Ads
HajjCop_ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Igmh

ދަރިވަރުން އަމިއްލައަށް ކިޔެވުމަށް ޒިންމާވެ ޓިއުޝަންގެ ސަގާފަތާ ދުރުވުމަށް އެޑިއުކޭޝަން މިނިސްޓަރު ގޮވާލައްވައިފި

43

ސްކޫލްތަކުގެ ނަން ބޭނުންކޮށްގެން ޔޫނިއަން އުފެއްދުމަކީ ގާނޫނާ ޚިލާފު ކަމެއް: ވަޒީރު

66

މާލޭގެ ސީއެޗްއެސްއީގެ އާ އިމާރާތް އެޅުމަށް ބަޔަކާ ހަވާލުކޮށްފި

school

މިއަހަރުގެ ކިޔެވުން ނިމި ރިޕޯޓް ފޯމް ދޭނީ އަންނަ ބުރާސްފަތި ދުވަހު