ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މީހަކަށް ފަސް ލައްކައަށްވުރެ ގިނަ ރުފިޔާ ދައްކަން އަލްހާނަށް ހުކުމެއް

Ii
TTH_Ads
STO_Ads
Advertisement

ކިންގްސް ކެޕިޓަލް ކުންފުނިން ހިންގި ސްކީމެއްގައި ބައިވެރިވެ، ފައިސާ އިންވެސްޓްކުރި މީހަކަށް ބަދަލު ދިނުމަށް، އެ ކުންފުންޏާއި އޭގެ ހިއްސާދާރުން ކަމަށްވާ އަލްހާން ފަހުމީ އަދި އޭނާގެ ކޮއްކޮ ޝަހުބާން ފަހުމީގެ މައްޗަށް ސިވިލް ކޯޓުން ހުކުމް ކޮށްފިއެވެ. މި ހުކުމްގައި ޖުމްލަ 587,466 ރުފިޔާ ދެއްކުމަށް ވަނީ އަންގާފައެވެ.

ބުރާސްފަތި ދުވަހު ސިވިލް ކޯޓުން ކުރި ހުކުމްގައި ވަނީ އަލްހާނާއި ޝަހުބާންގެ މައްޗަށް 587,466 ރުފިޔާ 15 ދުވަހުގެ ތެރޭގައި ދެއްކުމަށް ވަނީ އަންގާފައެވެ.

އަލްހާނާއި ޝަހުބާން އަދި ކިންގްސް ކެޕިޓަލް ކުންފުނީގެ މައްޗަށް އަމިއްލަ ފަރާތަކުން ސިވިލް ކޯޓުގައި ދައުވާކުރީ، އޭނާ ދެ ފަހަރެއްގެ މަތިން އިންވެސްޓްކުރި 120,000 ރުފިޔާ އާއި، އެ ފައިސާ އިންވެސްޓް ކޮށްގެން ލިބެންޖެހޭ ފައިދާގެ ގޮތުގައި ނުލިބިވާ 390,840 ރުފިޔާ ހޯދުމަށެވެ.

HajjCop_ads
MMA_Ads
Advertisement

ޝަރީއަތް ހިންގުމަށް ތިން ފަހަރެއްގެ މަތިން އަލްހާނާއި ޝަހުބާން ކޯޓަށް ހާޒިރުވާން އަންގައި އިއުލާން ކުރި ނަމަވެސް، އެ އިއުލާނާ އެއްގޮތަށް އެ މީހުން ކޯޓަށް ހާޒިރުވެފައި ނުވާތީ، މައްސަލައިގެ ހުކުމް އިއްވާފައިވަނީ ޣައިރު ހާޒިރުގައެވެ.

ކިންގްސް ކެޕިޓަލްސްއިން ގިނަ ބައެއްގެ އަތުން ފައިސާ ނަގައިގެން ހިންގި އިންވެސްޓްމަންޓް ސްކީމްގެ މައްސަލާގައި އަލްހާނާއި އެ ކުންފުނީގެ ޑިރެކްޓަރުންގެ މައްޗަށް މީގެ ކުރިން ޖިނާއީ ތަހުގީގެއް ފުލުހުން ހިންގާފައިވެއެވެ. އެ މައްސަލަ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފުލުހުން ފޮނުވާފައިވަނީ ނޮވެމްބަރު 2023 ގައެވެ. ނަމަވެސް އެ މައްސަލާގައި ކުރި ދައުވާ ވަނީ އަނބުރާ ގެންގޮސްފައެވެ.

MPL_Ads
MWSC_ads
Advertisement
MPL_Ads
MMA_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

43

މޫސާ ލަތީފާ ދެކޮޅަށް އަޒާން އަބުރުގެ ދައުވާ ކޮށްފި

8u

އާސިފަށް ކަރެކްޝަންސްގެ ވަޒީފާ ދިނުމަށް ކޯޓުން ހުކުމްކޮށްފި

43

މީގެ 17 އަހަރު ކުރިން ވަކިކުރި ސިފައިންގެ މީހަކަށް ވަޒީފާ ދިނުމަށް ކޯޓުން ހުކުމްކޮށްފި

ގެއްލުން ލިބުނު މީހުންނަށް ބަދަލުދިނުމުން އަލްހާނަށް ދަޢުވާނުކުރަން ނިންމައިފި