ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ސައްހަ ވޯކް ޕާމިޓެއް ހޯދުމަށް ތިން މަހުގެ މުއްދަތެއް ބިދޭސީންނަށް ދިނުމަށް ސަރުކާރުން ނިންމައިފި

117
TTH_Ads
STO_Ads
Maldivian_Ads
Advertisement

ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންނަށް ސައްހަ ވޯކް ޕާމިޓެއް ހޯދުމަށް ތިން މަހުގެ މުއްދަތެއް ދިނުމަށް ސަރުކާރުން ނިންމައިފިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ ކުރަނގި އޮޕަރޭޝަނުގެ ދެވަނަ މަރުހަލާ އަންނަ މަހު އެކެއްގައި ފަށާނެ ކަމަށާއި އެ ދުވަހުން ފެށިގެން އޭޕްރީލް ދެވަނަ ދުވަހުގެ ނިޔަލަށް ބިދޭސީން ސައްހަ ވޯކް ޕާމިޓެއް ހޯދުމަށް ފުރުސަތު ދޭނެ ކަމަށެވެ.

“ކުރީގެ އެކިއެކި އެމްޕްލޯޔަރުންނާ ޖެހިފައި ހުރި މައްސަލަތަކުގައި އެމްޕްލޯޔަރުންނާ ވަކިވެ، މަގުމަތީގައި އުޅެމުން އަންނަ ބިދޭސީންނާއި ފިލައިގެން އުޅެމުން އަންނަ މީހުންނަށް ރާއްޖޭގެ ގާނޫނީ އިމުގެ ތެރެއިން ސައްހަ ވޯކް ޕާމިޓެއް ހޯދުމަށް މި ތިން މަހުގެ ފުރުސަތު މި އަރުވަނީ،” އިހްސާން ވިދާޅުވިއެވެ.

HajjCop_ads
Advertisement

މެއި އެކެއް، 2027ގެ ނިޔަލަށް ކުރިއަށްދާ ގުރަނގި އޮޕަރޭޝަންގެ ދެވަނަ މަރުހަލާގައި އެ ވަގުތާ ހަމައަށް ރާއްޖޭގައި ގަވައިދާ ޚިލާފަށް އުޅޭ ހުރިހާ ބިދޭސީން ހައްޔަރުކުރުމުގެ ބިޔަ އޮޕަރޭޝަނެއް ފަށާނެ ކަމަށް އިހްސާން ވިދާޅުވިއެވެ.

އެކަމުގެ ނަތީޖާއެއްގެ ގޮތުން، އޮޕަރޭޝަން ނިމޭއިރު، ރާއްޖޭގައި އުޅޭ ހުރިހާ ބިދޭސީންގެ މައުލޫމާތުތައް އެނގި، ދިވެހީންނަށް ޒިންމާ ކުރެވޭނެ ބިދޭސީންނަށް ވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ މިހާތަނަށް 202،000 ބިދޭސީންގެ ބަޔޮމެޓްރިކް މައުލޫމާތު އެއްކުރެވިފައިވާ ކަމަށެވެ.

މި ސަރުކާރުން އަންނަނީ ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީން ދެނެގަނެ، ބިދޭސިން ގަވާއިދަށް ފެއްތުމަށް ގިނަ މަަސައްކަތްތަކެއް ކުރަމުންނެވެ. ސަރުކާރުގެ އަމާޒަކީ، ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ، ދައުރުގެ ފުރަތަމަ ތިން އަހަރު ތެރޭ ހައްލު ކުރުމެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
STO_Ads
Maldivian_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Ihusan

ބްލެކް މާކެޓުގައި ޑޮލަރުގެ ވިޔަފާރިކުރަމުންދިޔަ 12 ބިދޭސީއެއްގެ މައްސަލަ ދަނީ ތަޙްޤީޤްކުރަމުން: އިޙްސާން

HRYGZ5DaUAAEvMk

މާލެ ސަރަހައްދުން 426 ބިދޭސީން ބަލާ ފާސްކޮށް 13 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

5 Suspects 6f43f333ac

މަސްތުވާތަކެއްޗާއެކު ގެސްޓްހައުސްއަކުން 9 ބިދޭސީއަކު ހައްޔަރުކޮށްފި

bidaysee workers

ބިދޭސީންގެ މުސާރަ ބޭންކު އެކައުންޓަށް ޖަމާކުރުން ލާޒިމްކޮށްފި