ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

509 ބިދޭސީން ޑީޕޯޓްކޮށްފި

bideyseen
TTH_Ads
STO_Ads
Advertisement

މިދިޔަ މަހުގެ 15 ވަނަ ދުވަހުން ފެށިގެން މިހާތަނަށް 509 ބިދޭސީން ޑީޕޯޓްކޮށްފައިވާކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

“މީގެ ނަތީޖާއަކަށް ވާނީ މީގެ މަސައްކަތް ނިމޭއިރު ރާއްޖޭގައި އުޅޭ ހުރިހާ އެންމެންނަކީ ކާކުކަށް އިނގޭ، ކޮންމެ މީހަކީ އެމީހަކަށް ޒިންމާވާނެ އެމްޕްލޮޔަރެއް ހުރެފައި، އެމީހަކު އެކަމަށް ޒިންމާ ކުރެވޭނެ ހުރިހާ މަޢުލޫމާތުތެއް ވަގުތުން ލައިވްކޮށް ސިސްޓަމްއިން ބެލޭނެ ނިޒާމެއްގެ ތެރެއަށް އަިސް ޖަވާބު ދާރީވެވޭނެ ގޮތަށް ބިދޭސީންގެ ކަންކަން ބެހެއްޓުން.” އަލީ އިޙްސާން

ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙްސާން މިފަދައިން ވިދާޅުވީ އެ ވުޒާރާގެ ދަށުން ހިންގަމުންދާ އިދާރާތަކުގެ މަސައްކަތްތައް ހިއްސާކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

HajjCop_ads
Advertisement

ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙްސާން ވަނީ ރާއްޖޭގައި ބިދޭސީންގެ މައްސަލަ ހައްލުކުރުމަށްޓަކައި ކުރަމުން އަންނަ މަސައްކަތުގެ މަޢުލޫމާތުތައް ހިއްސާކުރައްވާފައެވެ. އެގޮތުން “އޮޕަރޭޝަން ކުރަނގި” އެކި ފިޔަވަހިތަކަކަށް ބަހާލައިގެން ކުރިއަށްގެންދާކަމަށް ވަޒީރު ވިދާޅުވިއެވެ. އެގޮތުން ފުރަތަމަ ފިޔަވަހީގައި މާލެ ސަރަޙައްދުގެ ރަށްރަށުގައި ދިރިއުޅޭ ބިދޭސީންގެ މަޢުލޫމާތު އެއްކުރުމުގެ މަސައްކަތް ކުރެއްވިކަމަށާއި ދެވަނަ ފިޔަވަހީގައި ރާއްޖެގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކާއި ސިނާޢި މަސައްކަތް ކުރާ ރަށްރަށާއި ރޯސޯޓުތަކުގައި މަސައްކަތް ކުރާ ބިދޭސީންގެ މަޢޫލޫމާތު އެއްކުރުމުގެ މަސައްކަތް ކުރެއްވިކަން ވަޒީރު ފާހަގަކުރެއްވިއެވެ. ވަޒީރު ވިދާޅުވީ މިހާތަނަށް އައިރު 202،000 ބިދޭސީންގެ 10 އިނގިލީގެ ނިޝާނާއި ފޭސް ރިކޮގްނިޝަން ނަގާ އެމީހުންގެ މަޢުލޫމާތުތައް އެއްކޮށްފައިވާކަމަށެވެ.

އަދި މި މަސައްކަތުގެ 3 ވަނަ ފިޔަވަހީގެ މަސައްކަތް އަންނަ މަހު ފެށުމަށް ހަމަޖެހިފައިވާކަމަށާއި ޖެނުއަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އެޕްރީލް މަހާ ހަމައަށް މިވަގުތު ފިންގާ ޕްރިންޓް ނަގާފައިތިބި މީހުންގެ ތެރެއިން ޤަވައިދާ ޚިލާފަށް އުޅޭ ބިދޭސީން ޤަވައިދުގެ ތެރެއަށް ވެއްދުމުގެ ބޮޑު މަސައްކަތެއް ފަށްޓަވާނެކަމަށެވެ.

މި މަރުހަލާގައި ރަސްމީ ގޮތުން ހަވާލުވާނެ ބިދޭސީން ނެތް މީހުންނާއި ފިލައިގެން އުޅޭ ބިދޭސީންގެ ސައްޙަ ވޯރކް ޕާމިޓް ހޯދުމުގެ ފުރުޞަތު ލިބިގެންދާނެކަމަށެވެ. މީގެ އިތުރުން އަންނަ އަހަރުގެ އެޕްރީލް މަހުގެ 2 ވަނަ ދުވަހުން ފެށިގެން 2027 ވަނަ އަހަރުގެ މެއި މަހުގެ ފުރަތަމަ ދުވަހާ ހަމައަށް ޤަވައިދާ ޚިލާފަށް އުޅޭ ބިދެސީން ހިފާ ހައްޔަރުކުކޮށް ޑީޕޯޓް ކުރުމުގެ ޚާއްސަ މަސައްކަތެއް ފަށްޓަވާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ 15 ނޮވެމްބަރުން ފެށިގެން މިއަދާ ހަމައަށް އައިރު ފިންގަ ޕްރިންޓް ނުދީ އުޅެމުންދިޔަ 509 ބިދޭސީން ޑީޕޯޓްކޮށްފައިވާކަމަށެވެ. މިއާއެކު މި 2 އަހަރުގެ ތެރޭގައި 9697 ބިދޭސީން ޑީޕޯޓްކޮށްފައިވާކަމަށް ވަޒީރު ވިދަޅުވިއެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
MPL_Ads
STO_Ads
HajjCop_ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

2 Suspects 33e59f8939

ބަނގުރާ ގެންގުޅެ، ބޭނުންކޮށް އަދި ވިޔަފާރިކުރާކަމުގެ ތުހުމަތުގައި 2 ބިދޭސީން ހައްޔަރުކޮށްފި

1 Suspect 3e8c6b718a

ބިދޭސީއެއްގެ އަތުން 10،000ރ ފޭރުނު މީހަކު ހައްޔަރުކޮށް ބަންދަށް

ގަވާއިދާ ހިލާފަށް އުޅުނު 20 ބިދޭސީން ހައްޔަރުކޮށްފި

bidheyseen

ޤަވާއިދާ ޚިލާފަށް އުޅުނު 12 ހާހަށްވުރެ ގިނަ ބިދޭސީން ފޮނުވާލައިފި