ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޤަވާއިދާ ޚިލާފަށް މަސައްކަތްކުރި ހަހާސް ބިދޭސީން ފޮނުވާލައިފި

STO_Ads
TTH_Ads
Advertisement

ހަހާސް ބިދޭސީންނަށްވުރެ ގިނަ މީހުން ޤަވާއިދާ ޚިލާފަށް މަސައްކަތްކުރުމުގެ ސަބަބުން ޤައުމުން ބޭރުކޮށްފިއެވެ.

ދިވެހިރާއްޖޭގައި ޤާނޫނާއި ޤަވާއިދާ ޚިލާފަށް ދިރިއުޅެމުންދާ ބިދޭސީންގެ މައްސަލަ ޙައްލުކުރުމަށްޓަކައި، ސަރުކާރުން މިހާރު ދަނީ ޤައުމީ ފެންވަރުގެ ފުޅާ އޮޕަރޭޝަނެއް ކުރިއަށް ގެންދަމުންނެވެ.

މި އޮޕަރޭޝަންގެ ދަށުން، ރާއްޖޭގެ ޤާނޫނުތަކާ ޚިލާފުވެފައިވާ 6،750 އަށްވުރެ ގިނަ ބިދޭސީން ވަނީ ޑިޕޯޓުކޮށްފައެވެ. މިގޮތުން ޑިޕޯޓުކުރެވުނު މީހުންގެ ތެރޭގައި އެންމެ ގިނައީ، ރާއްޖެއަށް އެތެރެކުރެވުނު މަސައްކަތް ނޫން އެހެން މަސައްކަތްތަކުގައި ހަރަކާތްތެރިވި ފަރާތްތަކެވެ.

MMA_Ads
HajjCop_ads
Advertisement

ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޢަބްދުލްމަޖީދު އިބްރާހީމް ވިދާޅުވި ގޮތުގައި، މި އޮޕަރޭޝަނުން އެންމެ ބޮޑަށް ފާހަގަކުރެވުނު އެއް ކަމަކީ، ބިދޭސީން ރާއްޖެއަށް އެތެރެކުރެވުނު މަސައްކަތް ނޫން އެހެން މަސައްކަތްތަކުގައި އުޅެމުންދާކަމެވެ. މިއީ ޤަވާއިދާ ޚިލާފު ޢަމަލެކެވެ.

ސަރުކާރުން އިންޒާރު ދެއްވާފައިވާ ގޮތުގައި، ޤަވާއިދާ ޚިލާފަށް މަސައްކަތްކުރާ ބިދޭސީންނާއި، ދިވެހިންނަށް ލިބެންވާ ފުރުސަތުތައް ގެއްލޭގޮތަށް ވިޔަފާރީގައި ހަރަކާތްތެރިވާ ބިދޭސީން ވަގުތުން ޑިޕޯޓުކުރެވޭނެއެވެ.

ވީމާ، ބިދޭސީން ރާއްޖެއަށް އެތެރެކުރާ ފަރާތްތަކުން، އެ ބިދޭސީން ގެނެވުނު މަސައްކަތް ފިޔަވައި އިތުރު މަސައްކަތެއް ނުކުރުވުމަށް ކަމާބެހޭ ފަރާތްތަކުން އިލްތިމާސްކުރައްވައެވެ.

MPL_Ads
MWSC_ads
Advertisement
MMA_Ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Sstv FORM FOR EC

ހުޅުމާލޭގައި ހިންގި އޮޕަރޭޝަނެއްގައި ގަވާއިދާ ޚިލާފަށް އުޅުނު 20 ބިދޭސީއަކު ހިފަހައްޓައިފި

immigration

ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ހިންގި އޮޕަރޭޝަނެއްގައި 7 މީހަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

ބަރާބަރަށް ފީ ދައްކާ، ބިދޭސީން ގެންނަ ކުންފުނިތަކުގެ ވައިޓް ލިސްޓު އެކުލަވައިލަނީ

ލަންކާގައި ދިވެހި ޕާސްޕޯޓާއި އައިޑީކާޑުގެ ޚިދުމަތް ރަސްމީކޮށް ފަށައިފި