ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ކޮންގްރެސްއަށްވެސް އަންގައިފި، ވެނެޒުއެލާއާ ދެކޮޅަށް އެމެރިކާއިން ހަނގުރާމަ ފަށަނީ

ދުނިޔޭގައި ހިނގަމުންދިޔަ ހުރިހާ ހަނގުރާމަތައް ހުއްޓުވަން ވެރކަމަށް އައި ރައީސް:
STO_Ads
TTH_Ads
Advertisement

ވެނެޒުއެލާގެ ތެލާ ގުޅޭގޮތުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްކި ވާހަކަތަކަށް، ވެނެޒުއެލާގެ ދިފާއީ ވަޒީރު ވަރަށް ވަރުގަދަ ރައްދުތަކެއް ދެއްވައިފިއެވެ.

ކަރާކަސްގައި ބޭއްވި އަސްކަރިއްޔާގެ ޕްރެސް ކޮންފަރެންސެއްގައި ވެނެޒުއެލާގެ ދިފާއީ ވަޒީރު ވިދާޅުވީ، ވެނެޒުއެލާގެ ތެލާ ގުޅޭގޮތުން އެމެރިކާގެ ރައީސް ދެއްކި ޚިޔާލީ ވާހަކަތަކާ އަސްކަރިއްޔާ ދެކޮޅުހަދާ ކަމަށެވެ.

އެމެރިކާގެ ރައީސް ޓްރަމްޕް ބުނީ، ވެނެޒުއެލާގެ ވެރިކަމުގައި މިހާރު ތިބި މީހުން ތިބީ ތެޔޮ “ވަގަށް ނަގައިގެން” ކަމަށެވެ. އެހެންކަމުން، ވަގަށް ނަގާފައިވާ ތެލާއި، އެ ތެޔޮތައް ހުރި ބިންތަކާއި، އަދި މުދާވެސް އެމެރިކާއާ ހަވާލު ކުރުމަށް ޓްރަމްޕް ގޮވާލާފައި ވެއެވެ.

MMA_Ads
HajjCop_ads
Advertisement

މި ވާހަކަތަކަށް ރައްދު ދެއްވަމުން ވެނެޒުއެލާގެ ދިފާއީ ވަޒީރު ވިދާޅުވީ، އެ ގައުމާ ދެކޮޅަށް ހަނގުރާމަ ފަށަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އުޅެނީ، މަސްތުވާތަކެތީގެ ޓެރަރިޒަމްގެ ކަމެއްގައި ނޫން ކަމަށާއި، މިއީ ވެނެޒުއެލާގެ ތެލާހެދި ކުރާން އުޅޭ ކަމެއްކަން ވަރަށް ބޮޑަށް ސާފުވެއްޖެ ކަމަށެވެ.

އެމެރިކާގެ ރައީސް ޓްރަމްޕްގެ އަމުރަށް ވެނެޒުއެލާއިން ތެޔޮ ހިފައިގެން ދަތުރުކުރާ ހުރިހާ ޓޭންކަރުތައް މިހާރުވަނީ ހުއްޓުވާފައެވެ. ނުވަތަ ދަތުރުކުރިޔަ ނުދީ މިހާރުވަނީ ބަންދުވެފައެވެ.

ޓްރަމްޕްގެ އަމުރަށް ވެނެޒުއެލާގެ ވައިގެ ސަރަހައްދުވެސް މިހާރު އޮތީ ގާތްގަނޑަކަށް ބަންދުކޮށްފައެވެ.

ވެނެޒުއޭލާއިން އެމެރިކާއަށް މަސްތުވާތެކެތި އެތެރެކުރާ ކަމަށް ބުނެ، އެކަން ހުއްޓުވަން އެމެރިކާގެ ރައީސްގެ އަމުރަށް އެމެރިކާ ސިފައިން އެންމެ ފުރަތަމަ ކުރާން ފެށި ކަމަކީ، ކެރީބިއަން ކަނޑުން ދަތުރުކުރާ ވެނެޒުއެލާގެ ބޯޓުފަހަރަށް ހަމަލާދީ މީހުންނާއެކު ފައްތަން ފެށުމެވެ.

އޭގެފަހުން، އެއްގަމުން އަރައިވެސް ވެނެޒުއެލާ ހުއްޓުވަން ޖެހޭ ކަމަށް ބުނެ ޓްރަމްޕްގެ އަމުރަށް ކެރީބިއަން ކަނޑަށް މިހާރު އެމެރިކާއިންވަނީ ހަނގުރާމައިގެ ހުރިހާ ހަތިޔާރަކާއި، ސިފައިން ޖަމާކޮށްފައެވެ.

ވެނެޒުއެލާއާ ދެކޮޅަށް އެމެރިކާއިން ކުރަން އުޅޭ ހަނގުރާމައަކީ މަސްތުވާތަކެތީގެ ކަމެއް ނޫން ކަމަށާއި، އެއީ ތެލާހެދި ކުރާ ކަމެއް ކަމަށް އެތައް ބަޔަކު ގެންދަނީ ބުނަމުންނެވެ.

ވެނެޒުއެލާއަކީ ދުނިޔޭގައި ތެލުގެ ރިޒާވް އެންމެ ބޮޑު ގައުމެވެ.

މައްސަލަ ޖެހުނު ހިސާބަކީ، ބޭރުގެ ކުންފުނިތަކުގެ އަތުގައި އޮތް ތެލުގެ ކޮންޓްރޯކް ވެނެޒުއެލާއިން ނަގައި، އަމިއްލައަށް ތެލުގެ މަންފާ ލިބިގަންނަން ފެށުމެވެ. ވެނެޒުއެލާއިން އެމެރިކާގެ ތެޔޮ ވަގަށް ނެގީ ކަމަށް ރައީސް ޓްރަމްޕަށް ބުނެވުނީ އެހެންވެގެން ކަމަށް ބެލެވެއެވެ.

ރިޕޯޓްތައް ބުނާގޮތުގައި، ވެނެޒުއެލާއާ ދެކޮޅަށް ހަނގުރާމަ ފަށަން ވަގުތު ކުޑަތަން ވެއްޖެކަން އެމެރިކާ ސަރުކާރުން މިހާރުވަނީ ކޮންގްރެސްއަށް އަންގާފައެވެ. މާދަމާ ނުވަތަ އަނެއް ދުވަހު އެމެރިކާ ސިފައިން ވެނެޒުއެލާއަށް އަރައިގަންނާނެ ކަމަށް ބެލެވިފައި ވެއެވެ.

މިކަމާހެދި، އެމެރިކާއިން ވެނެޒުއެލާގައި ހިންގާން އުޅޭ ބޮޑެތި ލޭއޮހޮރުވުންތައް ފެށުމުގެކުރިން އެކަން ހުއްޓުވައި ދިނުމަށް މެކްސިކޯގެ ރައީސްވަނީ އދއަށްވެސް ގޮވާލައްވާފައެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
HajjCop_ads
STO_Ads
MPL_Ads
MMA_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އެމެރިކާ ސިފައިން އީރާނަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދީފި، އީރާނުގެ ރައްދު އަންނާނެގޮތެއް އަދި ނޭނގޭ

ބިންހެލުންތަކުގައި ވެނެޒުއެލާއިން މަރުވި މީހުންގެ އަދަދު 589 އަށް އަރައިފި

ވެނެޒުއެލާ ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 164 އަށް، 11،000 މީހުން ގެއްލިފައި

އެމެރިކާއިން ޑިމާންޑްކުރިޔަސް ލުބުނާނުން ސިފައިން ނުލާބާނަން: އިސްރާއީލު ޑިފެންސް މިނިސްޓަރު