ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ފުލުހުންގެ ޚިދުމަތައް ބޭނުންވާ އުމްރާނީ ވަސީލަތްތައް ތަރައްޤީކުރުމަކީ އަގު ނުކުރެވޭ ފަދަ އިންވެސްޓްމަންޓެއް: އިހްސާން

muiz police
TTH_Ads
STO_Ads
Maldivian_Ads
Advertisement

ފުލުހުންގެ ޚިދުމަތައް ބޭނުންވާ އުމްރާނީ ވަސީލަތްތައް ތަރައްޤީކުރުމަކީ އަގު ބޮޑު އެހެންނަމަވެސް އަގު ނުކުރެވޭ ފަދަ އިންވެސްޓްމަންޓެއް ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވަޒީރު އަލީ އިހްސާން ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ، ރ. މާކުރަތުގައި އަދުގެ ސަރުކާރުން ތަރައްޤީކުރި ފުލުހުންގެ މަރުކަޒު ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ވާހަކަ ދައްކަވަމުންނެވެ.

ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހައި ރަށެއްގައި ފުލުހުންގެ މަރުކަޒުތައް ޤާއިމްކުރުމަކީ، ސަރުކާރުގެ މުހިންމު ސިޔާސަތެކެވެ. އެގޮތުން މި ދައުރުގެ ތެރޭގައި ބިންގާ އަޅައި މަސައްކަތް ނިންމި 2ވަނަ މަރުކަޒަކީ، ރ. މާކުރަތުގައި ހުޅުވި ފުލުހުންގެ މަރުކަޒެވެ.

HajjCop_ads
Advertisement

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވަޒީރު އަލީ އިހްސާން ވިދާޅުވީ، މާކުރަތަކީ މީގެ ކުރިން ފުލުހުންގެ ޚިދުމަތް ނުދޭ ރަށެއް ނަމަވެސް ފުލުހުންގެ ޚިދުމަތް ފަށައި އެޚިދުމަތަށް ޚާއްސަ މަރުކަޒެއްގައި ޚިދުމަތްދޭން ފެށުމަކީ ލިބޭ އުފަލެއް ކަމަށެވެ. މިއީ، ރާއްޖޭގެ ތާރީޚުގައި ހިންގާ އެންމެ ފުޅާ ފުލުހުންގެ އިންފްރާސްޓްރަކްޗަރ ޚިދުމަތުގެ ތެރެއިން ހުޅުވިގެންދާ 2ވަނަ ފުލުހުންގެ މަރުކަޒުކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.

ކުރިއަށްއޮތް 2 އަހަރާއި ބައިގެ ތެރޭގައި މިވަގުތު މަސައްކަތް ހިނގަމުންދާ 140 އަށްވުރެ ގިނަ އިމާރާތްތަކުގެ ޕްރޮޖެކްޓްތައް ނިންމާ ފުލުހުންގެ ޚިދުމަތައް ބޭނުންވާ ގޮތައް އެތަންތަން ހުޅުވިގެންދާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

ދިވެހި ފުލުހުންގެ އަމިއްލަ މަރުކަޒުތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމްކުރުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމެވުމަކީ ފުލުހުންގެ ޚިދުމަތް އެންމެ ފުޅާ ދާއިރާއެއްގައި ރަނގަޅަށް ފުރިހަމަކޮށް، ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ވައުދުވިގޮތަށް ނިންމެވި ހިތްވަރުގަދަ ނިންމެވުމެއްކަމަށް ވަޒީރު ވިދާޅުވިއެވެ. ފުލުހުންގެ ޚިދުމަތައް ބޭނުންވާ އުމްރާނީ ތަރައްޤީއަކީ އަގު ބޮޑު އެހެންނަމަވެސް އަގު ނުކުރެވޭފަދަ އިންވެސްޓްމަންޓްތަކެއްކަމަށް ވަޒީރު ވިދާޅުވިއެވެ.

ރައީސްގެ ނިންމެވުމަކީ ދިވެހިރާއްޖެއަކީ އަމަންއަމާންކަން ފުރިހަމައަށް ގާއިމްވެފައިވާ އަދި ދިވެހި ކޮންމެ ރައްޔިތަކަށް އަމާންއަމާންކަން ކަށަވަރުކުރެވޭ ގޮތަށް ކުރައްވާ ބުރަ މަސައްކަތެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.

“ކުށުގެ ވެއްޓައް އަރައިގަންނަމުންދާ މީހުންނަށް މިހާރު ޖެހިލުންވާނެ. ފުލުހުންގެ މަރުކަޒެއް ކައިރީގައި ފެންނަން ހުރުމުން ހިތައް ބިރުވެރިކަން އަންނާނެ. އަދި ހަމަ އެއާއިއެކު އެމީހުން ކުށުގެ މާހައުލުން ދުރުކުރުމަށްޓަކައި ފުލުހުންނަށް ގާތުން މަސައްކަތް ކުރެވެން ފެށޭނެ. ފުލުހުންގެ ޚިދުމަތައް ދިވެހި ރައްޔިތުން ބޭނުންވާ ކޮންމެ ވަގުތަކު ގާތުގައި ތިބެ އެޚިދުމަތް ދޭން ފަށާނަން. ފުލުހުން މިރަށުގެ ކަންކަން ވަކިން ޚާއްސަކޮށް މި މަރުކަޒުގެ ތެރެއިން ބަލަމުން ގެންދާނެ. މަރުކަޒުތަކަށް ހުށައެޅޭ މައްސަލަތައް އަވަހަށް ނިންމުމަށްޓަކައި މިހާރު ފަސޭހަ އިންފްރާސްޓްރަކްޗަރ ގާއިމްވެފައި ހުންނާނެ.” ވަޒީރު ވިދާޅުވިއެވެ.

ވަޒީރު އިހްސާން ވިދާޅުވީ، ދިވެހިރާއްޖޭގައި ގޭންގް ހަދައިގެން ކުއްކުރުމުގެ މާހައުލު ނައްތާލުމާއި، ގަވައިދާ ޚިލާފައް އުޅެމުންދާ ބިދޭސީންގެ މައްސަލަ އެއްކޮށް ހައްލުކުރުމާއި، ދިވެހިރާއްޖޭގައި ކުޑަކުދިން ކުށުގެ މާހައުލައް ވަންނަމުންމިދާ ދިއުން ހުއްޓުވުމާއި ޑްރަގްގެ މައްސަލަ ހައްލުކުރުމަކީ މި ސަރުކާރުން ވަރަށް ޚާއްސަ އިސްކަމެއް ދީގެން ކުރައްވަމުންގެންދަވާ ކަމެއްކަމަށެވެ. ރ. މާކުރަތުގައި ހުޅުވިގެން މިދިޔަ ފުލުހުންގެ މަރުކަޒުން މިކަންކަމަށް މަސައްކަތް ކުރައްވަމުން ގެންދަވާނެކަމަށް ދާހިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވަޒީރު އަލީ އިހްސާން ވިދާޅުވިއެވެ.

MWSC_ads
Ads_MTCC
MPL_Ads
Advertisement
MPL_Ads
STO_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

988

60،000 އަށްވުރެ ގިނަ ރުފިޔާގެ އަގުހުރި ތަކެތި ވަގަށްނެގި ދެ މީހަކު ހައްޔަރުކޮށްފި

Ihusan

ބްލެކް މާކެޓުގައި ޑޮލަރުގެ ވިޔަފާރިކުރަމުންދިޔަ 12 ބިދޭސީއެއްގެ މައްސަލަ ދަނީ ތަޙްޤީޤްކުރަމުން: އިޙްސާން

އެކްސިޑެންޓްތައް މަދުކުރަން ހުޅުމާލޭގައި ހޭލުންތެރިކަމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފި

Sinamale' bridge

އަނެއްކާވެސް ބުރިޖުގައި އެކްސިޑެންޓެއް ހިނގައި މީހަކަށް އަނިޔާވެއްޖެ