ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މަސްތުވާތަކެތީގެ ވިޔަފާރިއާ ދެކޮޅަށް ފުލުހުންގެ މަސައްކަތް އިތުރަށް ފުޅާކުރަނީ

Igmh
TTH_Ads
Maldivian_Ads
STO_Ads
Advertisement

މަސްތުވާތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކަށް އަމާޒުކޮށް ފުލުހުންގެ މަސައްކަތް އިތުރަށް ހަރުދަނާކޮށް، ކުރިއަށް މިއޮތް އަހަރަކީ ކާމިޔާބު ނަތީޖާތަކެއް ނެރޭނެ އަހަރަކަށް ހައްދަވާނެކަމަށް ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

ފުލުހުންގެ 93 ވަނަ އަހަރީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ދާހިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާއި ބެހޭ ވަޒީރު ވިދާޅުވީ، ގޭންގުތައް ހަދައިގެން ރަށުތެރޭގެ އަމާންކަން ނަގާލަން މަސައްކަތްކުރާ ކުދިން އެ މާހައުލުން ދުރުކުރުމަކީ ސަރުކާރުގެ ވަރަށް ބޮޑު އަމާޒެއް ކަމަށެވެ. އަދި ކުރިއަށް އޮތް އަހަރަކީ އެފަދަ ކުދިން މުޖުތަމައުގައި އަބުރުވެރިކަމާއެކު ދިރިއުޅުމުގެ ފުރުސަތު ހޯދައިދެވޭނެ އަހަރެއްކަމުގައި ވެގެންދާނެކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

ކުރިއަށް އޮތް އަހަރުގެ ތެރޭގައި ގަވާއިދާ ހިލާފަށް ވިޔަފާރިކުރާ ބިދޭސީންނާއި، މައުލޫމާތު ނުދީ ފިލައިގެން އުޅޭ ދެހާހެއްހާ ބިދޭސީން ހޯދައި ރާއްޖެއިން ޑީޕޯޓުކުރުމަށް ހާއްސަ މަސައްކަތްތަކެއް ފުލުހުން ކުރިއަށް ގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. މީގެ އިތުރުން، އަމާންކަން ބެލެހެއްޓުމަށްޓަކައި ޓެކްނޮލޮޖީގެ އެހީގައި ފުލުހުންގެ އޮފިސަރުން މިހާރަށްވުރެ ގިނައިން މަގުމަތިން ފެނިގެންދާނެ ކަމަށާއި، މިއަންނަ އަހަރަކީ ފުލުހުންގެ ހިދުމަތުގެ އިތުރު ރަން އަހަރަކަށް ވެގެންދާނެކަމަށްވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

HajjCop_ads
Advertisement

ފުލުހުންގެ މުއައްސަސާއަށް ރައްޔިތުން ކުރައްވާ އިތުބާރަށް އަލިއަޅުއްވާލައްވަމުން ވަޒީރު ޢަލީ އިޙްސާން ވިދާޅުވީ، މުއައްސަސާގެ އެންމެ އަގުބޮޑު ރައުސުލްމާލަކީ ދިވެހި ރައްޔިތުން ކުރާ އިތުބާރު ކަމަށެވެ. މި އިތުބާރު ދެމިއޮންނާނީ ފުލުހުންގެ އިންޓެގްރިޓީއާއި، ހަމަހަމަކަމާއި، ޒިންމާދާރުކަމުގެ އިތުރުން ޕްރޮފެޝަނަލިޒަމް އާއި ރައްޔިތުންނަށް ދެވޭ އިހުތިރާމެއްގެ މައްޗަށް ކަމަށް ވިދާޅުވިއެވެ. ރައްޔިތަކާ ކުރެވޭ ކޮންމެ ޕޮޒިޓިވް މުއާމަލާތަކުންނާއި، އިންސާނިއްޔަތުކަމާއެކު ދިއްކޮށްލާ ކޮންމެ އަތަކުން އަދި އިންސާފުވެރި ކޮންމެ ނިންމުމަކުން އެ އިތުބާރު އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. ވާހަކަފުޅު ނިންމަވާލައްވަމުން، މި ކަންކަމަށް ސަމާލުކަންދީގެން މަސައްކަތްތައް ބައްޓަންކުރުމަށް ހުރިހާ ފުލުހުންނަށް ވަޒީރު ވަނީ ގޮވާލައްވާފައެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
MPL_Ads
Maldivian_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

މަސްތުވާތަކެތީގެ މައްސަލައެއްގައި މާމެންދޫއިން މީހަކު ހައްޔަރުކޮށްފި

scam alert

ފާއިތުވި ހަފުތާގައި ސްކޭމްތަކުގައި ބައި މިލިޔަނެއްހާ ރުފިޔާ އޮޅުވައިލައިގެން ފޭރިގެންފައިވޭ!

kulli khabaru

ވަޒަންހުރި މެގަޒިނެއް ގެނައި މީހާގެ ބަންދަށް 10 ދުވަސް

police

މާލެ ބޭރުން ލޯންޗެއްގައި ޖެހި ފިލި ދޯނި ހޯދައި ކެޕްޓަންގެ ލައިސަންސް ހިފަހައްޓައިފި