ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ސާޖަންޓް ޢަލީ ނާފިޢުގެ މައިންބަފައިންނާ މިނިސްޓަރު އިޙްސާން އަދި ސީޕީ ބައްދަލުކުރައްވައިފި

Igmh
TTH_Ads
STO_Ads
Advertisement

މުދާ އުފުލާ ސަޕްލައި ދޯނި “ފްރެންޑް 4” އަޑިއަށްދިޔަ ހާދިސާގައި މީހުން ސަލާމަތްކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވަނިކޮށް ގެއްލުނު ފުލުހުންގެ ސާޖަންޓް ޢަލީ ނާފިޢުގެ މައިންބަފައިންނާ މިނިސްޓާ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބާ އެންޑް ޓެކްނޮލޮޖީ ޢަލީ އިޙްސާން އަދި ކޮމިޝަނާ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި މިނިސްޓަރު ޢަލީ އިޙްސާން ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުން އާއިލާއަށް ޚާއްސަ މެސެޖެއް ރައްދުކޮށްދެއްވާފައެވެ. އަދި ގެއްލުނު ފަރާތްތަކުގެ އާއިލާތަކުގެ ހިތާމައިގައި ސަރުކާރު ބައިވެރިވާކަން ހާމަކުރައްވައި، އޮފިސަރު ދެއްކެވި ގައުމީ ހިތްވަރު ފާހަގަކުރެއްވިއެވެ.

ފުލުހުންގެ ޚިދުމަތުން މިއަދު ބުނީ މި ބައްދަލުކުރެއްވުން ބާއްވާފައިވަނީ ސާޖަންޓް ޢަލީ ނާފިޢުގެ މައިންބަފައިން ދިރިއުޅޭ ރަށް ކަމަށްވާ ނޫނު އަތޮޅު މަނަދޫއަށް މިނިސްޓަރާއި ކޮމިޝަނާ އޮފް ޕޮލިސް ވަޑައިގެން ކަމަށެވެ. ގެއްލުނު ފަރާތްތައް ހޯދުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ސަރުކާރުން ވަރަށް ގާތުން ބައްލަވަމުން ކުރިއަށްގެންދަވާ ކަމުގެ ޔަގީންކަން ވެސް މިނިސްޓަރު ދެއްވިއެވެ.

HajjCop_ads
Advertisement

އެ ބައްދަލުކުރެއްވުމުގައި ކޮމިޝަނާ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ވަނީ ސާޖަންޓް ޢަލީ ނާފިޢު ގައުމީ ވާޖިބު އަދާކުރައްވަމުން ގެންދަވަނިކޮށް ގެއްލުމާ ގުޅިގެން އާއިލާއަށް ކުރިމަތިވެފައިވާ ހިތާމައިގައި މުޅި ފުލުހުންގެ މުއައްސަސާ ބައިވެރިވާ ކަމަށް ވިދާޅުވެފައެވެ. އަދި ނާފިޢުގެ ޚިދުމަތުގެ ރޫހަށް ތައުރީފުކުރައްވައި، ހާލުގައި ޖެހިފައިވާ ބަޔަކަށް އެހީވުމަށް ނުކުމެ އޭނާ ދެއްކެވި ހިތްވަރަކީ ފުލުހުން އުފުލާ ބުރަ މަސްއޫލިއްޔަތު ރަމްޒުކޮށްދޭ ކަމެއްކަން ސީޕީ ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، ނާފިޢު ހޯދުމުގެ މަސައްކަތުގައި ފުލުހުންގެ ހެޔޮދުޢާ އަބަދުވެސް އާއިލާއާއެކުވާނެ ކަމަށާއި ފުލުހުންގެ މުއައްސަސާ އަބަދުވެސް ސާބިތުކަމާއެކު އާއިލާއާއެކު ދެމިއޮންނާނެ ކަމުގެ ޔަގީންކަން ވެސް ކޮމިޝަނާ ދެއްވިއެވެ. މި މަހުގެ ބާރަވަނަ ދުވަހު މިނިސްޓަރާއި ކޮމިޝަނާ އޮފް ޕޮލިސް ވަނީ ސާޖަންޓް ޢަލީ ނާފިޢުގެ އަންހެނުންނާއި ދަރިފުޅާ ވެސް ބައްދަލުކުރައްވާފައެވެ.

މި މަހުގެ ދެވަނަ ދުވަހު ތިލަފުށިން މުދާ ބަރުކޮށްގެން ހުވަދު އަތޮޅަށް ދަތުރުކުރި “ފްރެންޑް 4” ސަޕްލައި ދޯނި ދިޔަވެ އަޑިއަށްދާ ކަމުގެ މަޢުލޫމާތު މި މަހުގެ ފަސްވަނަ ދުވަހުގެ ރޭ ލިބުމާ ގުޅިގެން، ފުލުހުންނާއި އެމްއެންޑީއެފް ގުޅިގެން ވަނީ ސަލާމަތީ އޮޕަރޭޝަނެއް ހިންގާފައެވެ. އެ އޮޕަރޭޝަނުގައި ދޯނީގައި ތިބި އަށް މީހުންގެ ތެރެއިން ހަތް މީހުން ވަނީ ސަލާމަތްކޮށްފައެވެ.

މި ހާދިސާގައި ގެއްލިފައިވަނީ ދޯނީގެ ކެޕްޓަން ތާ އަތޮޅު މަޑިފުއްޓަށް ނިސްބަތްވާ މުޙައްމަދު ޙަމްދޫނާއި، މީހުން ސަލާމަތްކުރުމުގައި ހަރަކާތްތެރިވި ފުލުހުންގެ ސާޖަންޓް ޢަލީ ނާފިޢުގެ އިތުރުން އެމްއެންޑީއެފްގެ ސްޓާފް ސާޖަންޓް އިބްރާހީމް އަޙްމަދެވެ. ގެއްލުނު ފަރާތްތައް ހޯދުމުގެ މަސައްކަތް ކަމާބެހޭ އިދާރާތަކުން އަދިވެސް ކުރަމުންދާއިރު، އެ މީހުން ފެނުމުގެ ފުރުސަތު ވަރަށް ކުޑަ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

90

ކަސްޓަމްސްގެ މަސްއޫލިއްޔަތުތައް ކުރިއަށްވުރެ މާފުޅާވެއްޖެ: ވަޒީރު އިޙްސާން

މަސްތުވާތަކެތީގެ މައްސަލައެއްގައި އދ. ފެންފުށިން މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާއެކު މިލަންދޫއިން މީހަކު ހައްޔަރުކޮށްފި

ސައިބަރ ކްރައިމް ތަމްރީނު ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލައިފި