ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ބިދޭސީން ހިންގާ އިތުރު ދެ ވިޔަފާރިއެއް ބަންދުކޮށްފި

TTH_Ads
STO_Ads

ރާއްޖޭގައި ބިދޭސީން ޤަވާއިދާ ޚިލާފަށް ހިންގާ ވިޔަފާރިތައް ހުއްޓުވުމަށް ފަށާފައިވާ މަަސައްކަތުގެ ތެރެއިން އިތުރު ދެ ވިޔަފާރިއެއް ބަންދުކޮށްފި އެވެ.

މޯލްޑިވްސް އިމިގްރޭޝަނުން މިރޭ ބުނީ ގަވާއިދާ ޚިލާފަށް ބިދޭސީން ވިޔަފާރިކުރާ ތަންތަން ދެނެގަނެ، އެ ތަންތަން ބަލައިފާސްކުރުމަށް މިނިސްޓްރީ އޮފް އެކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް އާއި ޓާސްކްފޯސް ގުޅިގެން ކުރިއަށްގެންދާ އޮޕަރޭޝަންގެ ތެރެއިން، މިއަދު ވަނީ މާލޭގެ އަށް ތަނެއް ބަލައި ފާސްކޮށްފައި ކަމަށެވެ.

މި އޮޕަރޭޝަންގައި ޤަވާއިދާ ޚިލާފަށް އުޅެމުންދިއަ ދެ ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވާއިރު، ނޯޓިސްއާއެކު ދެ ވިޔަފާރިއެއް ބަންދުކޮށްފައިވާ ކަމަށް ބުންޏެވެ.

HajjCop_ads

ރާއްޖޭގައި ބިދޭސީން ޤަވާއިދާ ޚިލާފަށް ހިންގާ ވިޔަފާރިތައް ރިޕޯޓްކުރުމަށް ސަރުކާރުން ވަނީ އެދިފަ އެވެ. އެކަމުގައި ރައްޔިތުންގެ ފަރާތުން ދަނީ ބޮޑު އެހީތެރިކަމެއް ލިބެމުންނެވެ.

ބިދޭސީން ޤަވާއިދާ ޚިލާފަށް ވިޔަފާރިކުރާނަމަ ރިޕޯޓްކުރާނެ ގޮތް؛
ބިދޭސީންނަށް ރާއްޖޭގައި ވިޔަފާރި ކުރުން މަނާ ދާއިރާއެއްގައި ހަރަކާތްތެރިވާކަން ފާހަގަކުރެވޭނަމަ އެކަމުގެ މަޢުލޫމާތު، މިނިސްޓްރީގެ ވެބްސައިޓް (https://trade.gov.mv/report-business-dv) މެދުވެރިކޮށް، މިނިސްޓްރީއަށް ރިޕޯރޓް ކުރުން ، ނުވަތަ
މިނިސްޓްރީގެ ހޮޓްލައިން 3333199 އަށް ރިޕޯރޓްކުރުން (ހެނދުނު 8:00 – ރޭގަނޑު 8:00 އަށް)، ނުވަތަ
އިމިގްރޭޝަން ވޮޗް (https://imuga.immigration.gov.mv/report-offence) އަށް ރިޕޯރޓްކުރުން
ބިދޭސީން ޤަވާޢިދާ ހިލާފަށް ވިޔަފާރިކުރާ ކަމުގެ މަޢުލޫމާތު ހުށަހެޅުމުގައި، ހުށަހަޅާ ފަރާތް ނޭނގޭ ގޮތަށް މަޢުލޫމާތު ފޯރުކޮށްދެވޭނެ އިންތިޒާމް ވެބްސައިޓް މެދުވެރިކޮށް ހަމަޖެހިފައިވާކަމަށް އެ އިކޮނޮމިކް މިނިސްޓްރީން ބުނެފައިވެ އެވެ.

MWSC_ads

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

43

ބަނގުރަލުގެ ވިޔަފާރިކުރަމުންދިޔަ ލަންކާގެ ތިން މީހަކު ޑީޕޯޓްކޮށްލަނީ

ފަތުރުވެރިންނަށް ވިސާ މުއްދަތު އިތުރުކުރުމުގައި ފަސޭހަތަކެއް!

tourist

ޓޫރިސްޓް ވިސާ ފަސޭހަކަމާއެކު އިތުރުކުރެވޭނެ ގޮތް ހަދައިފި

immigration

މިހާތަނަށް ފުރިހަމަ މަޢުލޫމާތު ނުދޭ ބިދޭސީން ޑީޕޯޓްކުރަނީ