ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ކަނޑުމަގުން އެތެރެކުރި 2.7 މިލިޔަން ރުފިޔާގެ ވޭޕް ކާޓްރިޖް ކަސްޓަމްސްއިން ހިފަހައްޓައިފި

B 202512100154531765356893.6209
TTH_Ads
Maldivian_Ads
STO_Ads
Advertisement

ކަނޑުމަގުން ރާއްޖެއަށް އެތެރެކުރި 2.7 މިލިޔަނަށް ވުރެ ގިނަ ރުފިޔާގެ ވޭޕް ކާޓްރިޖް ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.

ކަސްޓަމްސްއިން މިއަދު ބުނީ ކަނޑުމަގުން ރާއްޖެ ގެނައި ޝިޕްމަންޓެއްގައި ގާނޫނާއި ގަވައިދާ ހިލާފު ތަކެތި ހުރެދާނެ ކަމަށް އެ މުއައްސަސާއަށް ފާހަގަ ކުރެވިގެން މިމަހުގެ ހަތަރުވަނަ ދުވަހު މާލެ ކޮމާޝަލް ހާބަރުގައި ހާއްސަ އޮޕްރޭޝަނެއް ކުރިޔަށް ގެންދިޔަ ކަމަށެވެ.

މި މިއޮޕަރޭޝަނުގައި ބަލައި ފާސްކުރެވުނު ޝިޕްމަންޓުގެ ތެރެއިން ގިނަ އަދަދެއްގެ ވޭޕް ފޮރުވާފައި ހުއްޓައި ފެނިފައިވާ ކަމަށެވެ.

HajjCop_ads
Advertisement

“މި އޮޕަރޭޝަނުގައި ބަލާފާސްކުރި ތަކެތީގެ ތެރެއިން ގިނަ އަދަދެއްގެ ވޭޕް ފޮރުވާފައި ހުއްޓައި ވަނީ ފެނިފައި. މިގޮތުން ޖުމްލަ 10800 (ދިހަހާސް އައްސަތޭކަ) ވޭޕް ކާޓްރިޖް ކަސްޓަމްސްގެ ބެލުމުގެ ދަަށަށް ގެނެވިފައިވޭ. މި ކާޓްރިޖުތަކުގެ މަގުމަތީ އަގު 2.7 މިލިޔަން ރުފިޔާއަށް އަރާނެ ކަމަށް ލަފާކުރެވޭ.” ކަސްޓަމްސްއިން ބުންޏެވެ.

މިއީ ވޭޕް ގެންގުޅުމާއި ވިއްކުން ރާއްޖޭގައި މަނާކުރިފަހުން ރާއްޖެއަަަށް އެތެރެކުރަން އުޅެނިކޮށް ކަސްޓަމްސްއިން ހިފައްޓާފައިވާ އެންމެ ބޮޑު ވޭޕް ޝިޕްމަންޓްއެވެ.

“މިތާރީހުގެ ފަހުން މިހާތަނަށް ޖުމުލަ 66،000 އަށް ވުރެއިން ވޭޕް ހިފަހައްޓާފައިވޭ.” ކަސްޓަމްސްއިން ބުންޏެވެ.

އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުންގެންދާ ކަމަށްވެސް ކަސްޓަމްއިން ބުންޏެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
STO_Ads
MPL_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

WhatsApp Image 2026 08 27 at 16.40.49 (1)

ޓީޓީ ވެރިފިކޭޝަނާ ގުޅޭ އެމްއޯޔޫއެއްގައި ރާއްޖޭގެ ހުރިހާ ބޭންކުތަކާއެކު ކަސްޓަމްސް އިން ސޮއިކޮށްފި

Shujaau

އަމިއްލަ ބޭނުމަށް ދުންފަތް އެތެރެކުރުމުގައި ފަތުރުވެރިންނަށް ދީފައިވާ ލުއިތައް ދިވެހިންނަށް ވެސް ލިބޭ ގޮތަށް އުސޫލު އިސްލާހުކޮށްފި

Geealaa

މުދާ އައުމުގެ ކުރިން މައުލޫމާތު ބަދަލުކުރުމަށް ރާއްޖެ ހިމެނޭހެން ސަރަހައްދީ ހަތަރު ގައުމަކުން އެމްއޯއައިއެއްގައި ސޮއިކޮށްފި

customs

ކަސްޓަމްސްގެ އޮފިސަރުގެ ވަޒީފާއަށް 26 މީހުން ހޯދަން އިއުލާނުކޮށްފި