ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ހުޅުމާލޭގެ 4 ތަނެއް ބަލާފާސްކޮށް، ޤަވާއިދާ ޚިލާފަށް ވިޔަފާރިކުރާ ބިދޭސީއަކު ގެންގޮސްފި

STO_Ads
TTH_Ads
Advertisement

ޤަވާއިދާ ޚިލާފަށް ބިދޭސީން ވިޔަފާރިކުރާ ތަންތަން ދެނެގަނެ، އެ ތަންތަން ބަލައިފާސްކުރުމަށް އިޤްތިޞާދީ ވުޒާރާއާއި ޓާސްކްފޯސް ގުޅިގެން ކުރިއަށްގެންދާ އޮޕަރޭޝަންގެ ތެރެއިން، ހޯމަ ދުވަހުގެރޭ ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ 4 ތަނެއް ބަލައި ފާސްކޮށް ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

މި އޮޕަރޭޝަންގެ ތެރެއިން 3 ބިދޭސީއަކަށް ވަނީ ނޯޓިސް ދީފައިވާކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ވަނީ ހާމަކޮށްފައެވެ.

ގަވާއިދާ ޚިލާފަށް ބިދޭސީން ވިޔަފާރިކުރާ ތަންތަން ދެނެގަނެ، އެ ތަންތަން ބަލައިފާސްކުރުމަށް މިނިސްޓްރީ އޮފް އެކޮނޮމިކް ޑިވެލޮޕްމަންޓްއާއި ޓާސްކްފޯސް ގުޅިގެން ކުރިއަށްގެންދާ އޮޕަރޭޝަންގެ ތެރެއިން، މިރޭ ހުޅުމާލެ ފޭސް 1 އިން 4 ތަނެއް ވަނީ ބަލައި ފާސްކޮށްފައި. މި އޮޕަރޭޝަންގައި…

HajjCop_ads
MMA_Ads
Advertisement

ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ކުރާ ވިޔަފާރިތައް ހުއްޓުވައި، އެފަދަ ފަރާތްތައް އަނބުރާ އެމީހުންގެ ޤައުމުތަކަށް ފޮނުވާލުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާއިރު ބިދޭސީ މަސައްކަތްތެރިންނާމެދު އިހުމާލުވާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމުގެ މަސައްކަތް އިމިގްރޭޝަނާ ކަމާ ގުޅުންހުރި އިދާރާތައް ގުޅިގެން ދަނީ ކުރަމުންނެވެ.

އެގޮތުން އާންމު ސާފުތާހިރުކަމަށް ބެލުމެއްނެތި ކާބޯތަކެތި ތައްޔާރުކުރަމުންދާކަމަށް ލިބުނު މަޢުލޫމާތާ ގުޅިގެން މިދިޔަ ހޮނިހިރު ދުވަހުގެރޭ މާލޭގެ ދިލްކުޝާ ގޯޅީގައި ވަނީ އޮޕަރޭޝަނެއް ހިންގާފައެވެ. އަދި ހަމަ އެ ރޭ ބިދޭސީން ދިރިއުޅެމުންދިޔަ 4 އޮމޮޑޭޝަނެއް ޗެކްކޮށް، ޤަވާއިދާ ޚިލާފަށް އުޅެމުންދިޔަ 18 ބިދޭސީއަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

އިމިގްރޭޝަނުން ހާމަކޮށްފައިވާ ގޮތުގައި މި މަސައްކަތުގެ ތެރެއިން ހިންގާ އެންފޯސްމަންޓް އޮޕަރޭޝަންތަކުގައި އާންމުކޮށް ފާހަގަކުރެވޭ ކަމަކީ، ބިދޭސީ މުވައްޒަފުންގެ އަތުގައި މުއްދަތު ހަމަނުވާ ވިޒާއެއް އޮތް ނަމަވެސް، ދޫކޮށްފައިވާ ވިޒާ ނުވަތަ ހުއްދައިގެ ބޭރުން އެހެން ތަނެއްގައި މަސައްކަތްކޮށް ނުވަތަ ހުއްދަ ދޫކޮށްފައިވާ މަސައްކަތް ނޫން އެހެން މަސައްކަތްތައް ކުރަމުން ގެންދިއުމެވެ.

MWSC_ads
MPL_Ads
Advertisement
STO_Ads
MPL_Ads
MMA_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Sstv FORM FOR EC

ހުޅުމާލޭގައި ހިންގި އޮޕަރޭޝަނެއްގައި ގަވާއިދާ ޚިލާފަށް އުޅުނު 20 ބިދޭސީއަކު ހިފަހައްޓައިފި

immigration

ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ހިންގި އޮޕަރޭޝަނެއްގައި 7 މީހަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

ބަރާބަރަށް ފީ ދައްކާ، ބިދޭސީން ގެންނަ ކުންފުނިތަކުގެ ވައިޓް ލިސްޓު އެކުލަވައިލަނީ

ލަންކާގައި ދިވެހި ޕާސްޕޯޓާއި އައިޑީކާޑުގެ ޚިދުމަތް ރަސްމީކޮށް ފަށައިފި