ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އިތުރު 5 ޓަވަރެއްގެ ތަޅުދަނޑި ހަވާލުކުރަން ފަށައިފި

STO_Ads
TTH_Ads
Maldivian_Ads
Advertisement

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްޤީކޮށްފައިވާ 4000 ފްލެޓްތަކުގެތެރެއިން، އިތުރު 5 ޓަވަރެއްގެ ތަޅުދަނޑި ހަވާލުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން، އެފްޑީސީއިން ވިދާޅުވެއްޖެއެވެ.

އެފްޑީސީން ހުޅުމާލޭގައި ތަރައްޤީކޮށްފައިވާ 4000 ހައުސިން ޔުނިޓްތަކުގެ ތެރެއިން އެންމެ ފުރަތަމަ ދޫކޮށްފައިވަނީ އަމާން އުދަރެހުގެ 14 ވަނަ ޓަވަރުގައި ހިމެނޭ އެޕަރޓްމަންޓްތަކެވެ. އެއީ ސެޕްޓެންބަރު މަހުގެ 28 ވަނަ ދުވަހުއެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން ފަހި ދިރިއުޅުން ކޯޕަރޭޝަން، އެފްޑީސީއިން ވިދާޅުވީ ފްލެޓްތައް ދޫކުރުމަށް މިހާރު ތާވަލުކޮށްފަވާ ތާރީޚުތަކާ އެއްގޮތަށް ތަޅުދަނޑިތައް ހަވާލުކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށެވެ. އެގޮތުން އަމާން އުދަރެސް ޓަވަރު 11، 12، 15، އަދި 16 ވަނަ ޓަވަރުގައި ހިމެނޭ އެޕަރޓްމަންޓްތަކުގެ ތަޅުދަނޑިތަައް ފްލެޓް ލިބުނު ފަރާތްތަކާ ހަވާލުކުރުމުގެ މަސައްކަތް މިހާރު ފެށިފާއިވާކަމަށާއި، 13 ވަނަ ޓަވަރު ހަވާލުކުރުމުގެ މަސައްކަތް މާދަމާ ފަށާނެކަމަށްވެސް އެ ކުންފުނިން ވިދާޅުވިއެވެ.

HajjCop_ads
Advertisement

އެފްޑީސީން ވިދާޅުވީ، މި ފްލެޓްތައް ހަވާލުކުރުމުގެ މަސައްކަތް ކޮންމެ ދުވަހެއްގެވެސް ހެނދުނު 9:30އިން މެންދުރު 3:30އަށް ކުރިއަށްދާކަމަށެވެ. އަދި ފްލެޓްތައް ދޫކުރުމަށް ތާވަލުކޮށްފައިވާ ތާރީހާ އެއްގޮތަށް އެ މަސައްކަތް ކުރިއަށްދާނެކަމަށާއި، އަމާޒަކީ ވީހާވެސް އަވަހަކަށް މި ފްލެޓްތައް ދޫކުރުންކަމަށް ވިދާޅުވިއެވެ.

ޓަވަރުތައް ހަވާލުކުރަން ލަފާކޮށްފައިވާ ތާރީޚުތައް:
ޑިސެންބަރު 2ވަނަ ހަފްތާ: އުދަރެސް ޓަވަރު – 11، 12، 13، 15، 16
ޑިސެންބަރު 5ވަނަ ހަފްތާ: ދޯދި ޓަވަރު – 1 ،2 ،3 ،4 ،12 ،13 ،14
ޖަނަވަރީ 2ވަނަ ހަފްތާ: ދޯދި ޓަވަރު – 15 ،16
ޖަނަވަރީ 3ވަނަ ހަފްތާ: އުދަރެސް ޓަވަރު – 5، 6، 8
ޖަނަވަރީ 4ވަނަ ހަފްތާ: އުދަރެސް ޓަވަރު – 1، 2، 3، 4، 7
ޖަނަވަރީ 5ވަނަ ހަފްތާ: އުދަރެސް ޓަވަރު – 5، 10
ޖަނަވަރީ 5ވަނަ ހަފްތާ: ދޯދި ޓަވަރު – 5، 6، 7، 8، 9، 10، 11

ފްލެޓްތަކުގައި މިހާރު ވަނީ އިމާރާތުގެ ހުރިހާ މަސައްކަތްތައް ނިމިފައެވެ. ގިނަ ޓާވަރުތަކުގައި ކުރިއަށްދަނީ ޔުޓިލިޓީ ޚިދުމަތްތަކާ ގުޅޭ، ޓެސްޓްތައް ކުރުމުގެ މަސައްކަތްތަކެވެ.

ޤަވާޢިދުން ކުލި ދައްކާ ފަރާތްތަކަށް ބޮޑު ސަބްސިޑީއެއް ދޭން ސަރުކާރުން ވަނީ ނިންމަވާފައެވެ. އެގޮތުން ޤަވާޢިދުން ކުލި ދައްކާނަމަ 3 ކޮޓަރީގެ އެޕާޓްމަންޓަށް މަހަކު 9000 ރުފިޔާ އަދި 2 ކޮޓަރީގެ އެޕާޓްމަންޓްތަކުގެ ކުލި 7000 ރުފިޔާއަށް ކުޑަކޮށްދިނުމަށް ވަނީ ނިންމަވާފައެވެ.

MPL_Ads
Ads_MTCC
MWSC_ads
Advertisement
Maldivian_Ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

HRTL3dfaQAAsce0

އެފްޑީސީ ފްލެޓުތަކުގައި ރައްކާތެރިކަން އިތުރުކުރުމުގެ މަސައްކަތްތަކެއް ފަށައިފި

އެފްޑީސީ ފްލެޓުތައް ކުއްޔަށް ދޫކުރުމުގެ 11 މައްސަލައެއް ބަލަނީ

gulhifalhu

ގުޅިފަޅުގައި މިއަހަރު 4000 ހައުސިން ޔުނިޓުގެ މަޝްރޫޢުއެއް ފަށަނީ

78c09bfe 4963 47f0 9d73 70c78190a53a

ފަހި ދިރިއުޅުން ކޯޕަރޭޝަންގެ ޑީއެމްޑީގެ މަގާމަށް ފައިހަތު