ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޖެނުއަރީގެ ނިޔަލަށް 4000 ހައުސިން ޔުނިޓުގެ ތަޅުދަނޑި ހަވާލުކޮށް ނިންމަނީ

Maldivian_Ads
STO_Ads
TTH_Ads
Advertisement

ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ 4000 ހައުސިންގ ޔުނިޓުގެ ތަޅުގަނޑި ހަވާލުކުރުމުގެ މަސައްކަތް މިހާރުދަނީ ކުރަމުންނެވެ. ފަހިދިރިއުޅުން ކޯޕަރޭޝަނުން ވިދާޅުވީ މިހާތަނަށް 399 ފަރާތަކާއި ވަނީ ތަޅުގަނޑު ހަވާލުކޮށްފައިކަމަށެވެ.

ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ގެނައުމަށް ސަރުކާރުން ތަރައްޤީކޮށްފައިވާ 4000 ހައުސިންގ ޔުނިޓުގެ ތެރެއިން ނިމެމުންދާ ފްލެޓުތައް ހަވާލުކުރުމުގެ މަސައްކަތް މިހާރުދަނީ ކުރަމުންނެވެ. ސަރުކާރުގެ އަމާޒަކީ އަންނަ ރަމަޟާން މަހުގެ ކުރިން މިތަންތަން ފްލެޓު ލިބިފައިވާ ފަރާތްތަކަށް ހަވާލުކުރުމެވެ.

އެފްޑީސީން ވިދާޅުވީ މިހާތަނަށް 399 ފަރާތަށް ތަޅުދަނޑި ހަވާލުކޮށްފައިވާކަމަށެވެ. އަދި މިހާރު މަސައްކަތް ބައްޓަންކޮށްފައިވާގޮތުން ކޮންމެ ދުވަހަކުވެސް އަމާން އުދަރެސް އަދި އަމާންދޯދީގެ އެކި ޒޯންތަކުން 120 ފަރާތަކަށް ތާވަލެއްގެ ދަށުން ތަޅުދަނޑި ހަވާލުކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށެވެ.

HajjCop_ads
Advertisement

މިދުވަސްވަރަކީ ޗުއްޓީ ދުވަސްވަރުކަމުން ތަޅުދަނޑިއާއި ހަވާލުވާން އަންނަ ފަރާތްތަކަށް އިތުރު ފުރުސަތެއް ދިނުމަށް ނިންމާފައިވާކަމަށް އެފްޑީސީން ވިދާޅުވެއެވެ. އެގޮތުން އެކަން އެފްޑީސީއާއި ހިއްސާކޮށް އިތުރު ދުވަހެއް ތަޅުދަނޑި ހަވާލުވުމަށް ދިޔުމަށް ކަނޑައެޅޭނެކަމަށް އެފްޑީސީން ވިދާޅުވެއެވެ.

އެފްޑީސީން މިއަންނަ މަހުގެ ނިޔަލަށް ހުރިހާ ފްލެޓެއްގެ ތަޅުދަނޑި ހަވާލުކޮށް ނިންމުމަށް މަސައްކަތްކުރަމުންދާއިރު މިހާރުވެސް ބައެއް ފަރާތްތަކުން ފްލެޓުތަކަށް ބަދަލުވާން ފަށާފައިވާކަން ފާހަގަކުރެވެއެވެ.

ރަމަޟާން މަހާއި ދިމާކޮށް 4000 ޢާއިލާއަކުން އައު ފްލެޓުތަކަށް ދާއިރު މިފްލެޓުތައް ދޫކުރަނީ ފެނާއި ކަރަންޓުގެ ޚިދުމަތްވެސް ގުޅާފައެވެ. އަދި އެސަރަޙައްދަށް ބަދަލުވާ ޢާއިލާތަކަށް ފަސޭހަވާނެހެން އިތުރު ޚިދުމަތްތައް ޤާއިމުކުރުމުގެ މަސައްކަތްވެސްދަނީ ކުރަމުންނެވެ.

އަމާން އުދަރެސްގެ 6 ޓަވަރާއި އަމާން ދޯދީގެ 6 ޓަވަރުވަނި ތަރައްޤީކޮށްފައެވެ. މި 4000 ހައުސިންގ ޔުނިޓުގެ ތެރޭގައި 2 ކޮޓަރި އަދި 3 ކޮޓަރީގެ އެޕާޓްމަންޓްތައްވަނީ ތަރައްޤީކޮށްފައެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
Maldivian_Ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އެފްޑީސީ ފްލެޓުތައް ކުއްޔަށް ދޫކުރުމުގެ 11 މައްސަލައެއް ބަލަނީ

gulhifalhu

ގުޅިފަޅުގައި މިއަހަރު 4000 ހައުސިން ޔުނިޓުގެ މަޝްރޫޢުއެއް ފަށަނީ

78c09bfe 4963 47f0 9d73 70c78190a53a

ފަހި ދިރިއުޅުން ކޯޕަރޭޝަންގެ ޑީއެމްޑީގެ މަގާމަށް ފައިހަތު

Fahi flats

އަމާން ޓަވަރުތަކުގައި ދިރިއުޅޭ ރައްޔިތުންނާ އެފްޑީސީން މިއަދު ބައްދަލުކުރަނީ