ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ދަރަވަންދޫ ބަނދަރުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށް

STO_Ads
TTH_Ads
Maldivian_Ads
Advertisement

ބ. ދަރަވަންދޫ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ބާރު ސްޕީޑެއްގައި ކުރިއަށްދާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

އެމްޓީސީސީއިން މިއަދު އެކްސްގައި ޝާއިއުކުރި ޕޯސްޓެއްގައި މި ބަނދަރުގެ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ޑިޒައިން ކުރުމާ، ބަނދަރު ތަރައްޤީކުރުމާ، ބްރޭކްވޯޓަރ ޕްރޮފައިލިންގެ މަސައްކަތްތައް ކުރިއަށްދާކަމަށް ބުނެފައިވެއެވެ.

ދަރަވަންދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތް ސަރުކާރުން އެމްޓީސީސީ އާއި ޙަވާލުކުރީ، 2023 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 25 ވަނަ ދުވަހުއެވެ. އެހެންނަމަވެސް، އެ އަހަރު ސަރުކާރު ބަދަލުވި އިރުވެސް މަސައްކަތަށް ކުރިއެރުމެއް ލިބިފައެއްނުވެއެވެ.

HajjCop_ads
Advertisement

މި މަޝްރޫޢުގެ ދަށުން، 30,504 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ އައު ހާބަރ ބޭސިން ފުންކުރުމާ، 1843 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ކުރިން ފުންކޮށްފައިވާ ފަޅު އަލުން ފުންކުރުމާ، 4126 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ރޭމްޕް އޭރިއާ ފުންކުރުންހިމެނެއެވެ.

މީގެ އިތުރުން 2301 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރުމާ، 352 މީޓަރުގެ ސަރަޙަދެއްގައި ބޭރުތޮށި ލުމާ، 83 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާ، 248 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާ، 24 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިން ޖެހުމާ، 10 މީޓަރު ދިގު 9 މީޓަރު ފުޅާ ރޭމްޕެއް ހެދުމާ، 140 މީޓަރު ދިގު 2 މީޓަރު ފުޅާ ކޮންކްރީޓް ޖެޓީއެއް ހެދުމާ، 2104 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމާ، ބަނދަރު ބައްތި އާއި ނެރު ބައްތި ހަރުކުރުމުގެ މަސައްކަތް ވެސް މި މަޝްރޫޢުގައި ހިމެނެއެވެ.

ދަރަވަންދޫއަކީ ރާއްޖޭގައި އޮންނަ އެންމެ ބާރުބޮޑު އެއް ޑޮމެސްޓިކް އެއަރޕޯޓް އޮންނަ ރަށެވެ. އެރަށަށް ކޮންމެ ދުވަހަކު ވެސް ގިނަ އަދަދެއްގެ ފަތުރުވެރިންނާއި، އާއްމު ރައްޔިތުން ވައިގެ މަގުން ދަތުރުކުރެއެވެ. އަދި، ގިނަ އަދަދެއްގެ އޮޑިދޯނިފަހަރާއި އަމިއްލަ ލޯންޗުތައް އެރަށުގައި ޚިދުމަތްދޭތީ މިހާރު އޮންނަ ބަނދަރު ވަނީ ކުޑަވެފައެވެ.

ދަރަވަންދޫ ބަނދަރު ތަރައްޤީކުރުމުގެ އެމްޓީސީސީން ބާރު ސްޕީޑުގައި ކުރިއަށްގެންދިއުމަކީ އެރަށުގެ ރައްޔިތުންނަށް ލިބިގެންދާ ބޮޑު އުއްމީދެކެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
Maldivian_Ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

މޮޅަދޫ އައުޓްޑޯ ވޮލީ ކޯޓުގެ އިލެކްޓްރިކަލް ވަޔަރިންގެ މަސައްކަތް ކުރިއަށްދަނީ

ގަމު ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫޢުގެ 87 އިންސައްތަ މަސައްކަތް ނިމިއްޖެ

WhatsApp Image 2026 09 07 at 17.51.12

އޮމަދޫ ބަނދަރު ތަރައްޤީކުރުމުގެ %51 މަސައްކަތް ނިމިއްޖެ

HRm9exUbYAACcj

އަމީނީ މަގުގެ ސެގްމެންޓު 1ގައި މި ހަފްތާގައި ތާރުއަޅަން ފަށަނީ