ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ގެސްޓް ހައުސެއްގައި މަރުވެފައި އޮއްވައި ފެނުނު މީހާގެ ހަށިގަނޑުން 78 ޑުރަގް ބުލެޓް ފެނިފައިވޭ: ފުލުހުން

990
STO_Ads
TTH_Ads
Maldivian_Ads
Advertisement

ހުޅުމާލޭގެ ގެސްޓް ހައުސެއްގެ ކޮޓަރިން މަރުވެފައި އޮއްވައި ފެނުނު މީހާގެ ހަށިގަނޑުން 78 ޑުރަގް ބުލެޓް ފެނިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ހުޅުމާލެ ފޭސް އެކެއްގައި ހުރި ގެސްޓު ހައުސެއްގެ ކޮޓަރިއެއް ތެރޭ މަރުވެފައި އޮތް މީހަކު ފެނިގެން ރިޕޯޓުކުރީ މިދިޔަ ނޮވެމްބަރު މަހުގެ 30ވަނަ ދުވަހު މެންދުރުފަހު 12:14 ހާއިރެވެ.

ފުލުހުން ބުނީ އެއީ 40 އަހަރުގެ ނޭޕާލް ފިރިހެނެއް ކަމަށެވެ. މިހާތަނަށް އެނގުނު ގޮތުގައި އެ މީހާ ރާއްޖެ އައިސްފައިވަނީ އިތުރު ދެ މީހަކާއެކު ނޮވެމްބަރު 26ވަނަ ދުވަހު ކަމަށް ފުލުހުން ބުންޏެވެ.

HajjCop_ads
Advertisement

އެ މީހުން މާފުށީގައި އުޅުމަށްފަހު ހުޅުމާލޭގައި ހުންނަ ގެސްޓްހައުސްއަށް ޗެކިން ވެފައިވަނީ ނޮވެމްބަރު 28 ވަނަ ދުވަހުގެ ހެނދުނު ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އޭނާއާއެކު ރާއްޖެ އައި ދެ މީހުން ހަމަ އެ ދުވަހު ރާއްޖެ ދޫކޮށް ފިލައިގެން ގޮސްފައިވާ ކަމަށެވެ.

މަރުވެފައި އޮއްވައި ފެނުނު މީހާގެ ހަށިގަނޑުގައި އަނިޔާގެ ނިޝާނެއް ފެނިފައިނުވާ ކަމަށެވެ. އެހެންވެ، އެ މީހާގެ ހަށިގަނޑުގެ ސީޓީ ސްކޭނެއް ހެދިއިރު، އޭނާގެ ގޮހޮރުގައި މަސްތުވާތަކެތި ހުރިކަމަށް ފާހަގަކުރެވުނުކަމަށް ފުލުހުން ބުންޏެވެ.

އެކަމުގައި ގާނޫނީ ގޮތުން އަމަލުކުރަންވީ ގޮތުގެ ލަފާ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ހޯދައި، މިދިޔަ އަންގާރަ ދުވަހުގެރޭ އެ މީހާގެ ހަށިގަނޑުގައި ހުރި މަސްތުވާތަކެތި ޑޮކްޓަރެއްގެ އެހީތެރިކަމާއެކު ނަގާފައިވާކަމަށް ފުލުހުން ބުންޏެވެ.

އެ އޮޕަރޭޝަން ކުރީ ސިއްހީ ޚިދުމަތް ދޭ ތަނެއްގައި ނުކުރީ ސިއްހީ ހިދުމަތްދޭ ތަނެއްގައި އެފަދަ އޮޕަރޭޝަނެއް ކުރެވޭ ވަރަށްވުރެ ބޮޑަށް ހަށިގަނޑު ޑީކޮމްޕޯސްވެފައިވާތީ ކަމަށް ފުލުހުން ބުންޏެވެ.

އޭނާގެ ހަށިގަނޑުން ޖުމްލަ 78 ޑުރަގް ބްލެޓް ނަގާފައިވާއިރު، މިތަކެތީގެ ބަރުދަނަކީ 818 ގްރާމްކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މި މައްސަލައިގެ މައުލޫމާތު ހާމަކޮށްފައިނުވަނީ މި މައްސަލައަކީ ތަހުގީގު ކުރަމުންދާ މައްސަލައަކަށްވެފައި، މި މައްސަލާގައި ވަށައިގެންވާ ކަންކަމަށް ބަލައި، ލިބިފައިވާ މައުލޫމާތުތައް ކަށަވަރުކޮށް، ހިމެނޭ މީހުން ދެނެގަތުމަށާއި މިކަމާ ގުޅުންހުރި އިތުރު މީހުން ހޯދުމުގެ މަސައްކަތްކުރަމުން ދާތީކަމަށެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
STO_Ads
MPL_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކު ހޯދަން ފުލުހުން އިއުލާނުކޮށްފި

ހުޅުމާލެ ޓްރެފިކް ފުލުހުން “ސައިލެންޓް ޑްރިލް” އެއް ބާއްވައިފި

އެކްސިޑެންޓްވުމުން މަޑުނުކޮށް ދިޔަ މީހާ ހައްޔަރުކޮށްފި

ސްޕެޝަލް ކޮންސްޓަބިއުލަރީ ކޮންސްޓަބަލްގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި