ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

3.5 ކިލޯގެ މަސްތުވާތަކެއްޗާއެކު ކުރިން ހައްޔަރުކުރި މީހަކު އަލުން ފުލުހުންގެ ބެލުމުގެ ދަށަށް

8u
STO_Ads
TTH_Ads
Advertisement

މަސްތުވާތަކެތީގެ މައްސަލައެއްގައި މީގެ ތިން މަސް ކުރިން ހައްޔަރުކުރުމަށްފަހު ދޫވެފައި ހުރި މީހަކު، 3.5 ކިލޯގެ މަސްތުވާތަކެއްޗާއެކު ހުޅުމާލެއިން އަނެއްކާވެސް ހައްޔަރުކޮށްފިއެވެ.

ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ހުޅުމާލެއިން ހައްޔަރުކޮށްފައިވަނީ މާލޭގެ ދަފުތަރު ނަންބަރު 071، އުމުރުން 44 އަހަރުގެ ފަތުޙު އާދަމް ޙަސަންފުޅެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ގިނަ އަދަދެއްގެ މަސްތުވާތަކެތި ހިފައިގެން ޓެކްސީއެއްގައި ހުޅުމާލެއަށް ދިޔަ ކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެންނެވެ. އޭނާ ޓެކްސީން ފޭބި ވަގުތު ހުއްޓުވައި ބަލައި ފާސްކުރިއިރު، އޭނާ ގެންގުޅުނު ފޮށިގަނޑެއްގެ ތެރެއިން 3.5 ކިލޯގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށް ރަސްމީ އިދާރާތަކުން ބަޔާންކުރެއެވެ.

މި މައްސަލައާ ގުޅިގެން ފަތުޙު އާދަމް ޙަސަންފުޅުގެ ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ ކޯޓަށް ހާޒިރުކުރުމުން، އޭނާގެ ބަންދަށް ކޯޓުން ވަނީ 15 ދުވަހުގެ މުއްދަތެއް ދީފައެވެ. ކޯޓުގެ ބަންދު އަމުރުގައި ބަޔާންކޮށްފައިވާ ގޮތުން، އޭނާގެ ކުޑަކަމުދާ ތަކެތި ވަނީ މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައެވެ. މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

HajjCop_ads
Advertisement

ފަތުޙު އާދަމް ޙަސަންފުޅަކީ މީގެ ކުރިންވެސް މަސްތުވާތަކެތީގެ މައްސަލަތަކުގެ ރެކޯޑު އޮންނަ ފަރާތެކެވެ. މީގެ ތިން މަސް ކުރިން، އޭޕްރީލް މަހުގެ އަށްވަނަ ދުވަހުގެ ރޭ ފުލުހުންގެ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި، ކޯޓު އަމުރެއްގެ ދަށުން މާލޭގެ ގެއެއް ބަލައި ފާސްކުރުމަށްފަހުވެސް އޭނާ ހައްޔަރުކޮށްފައިވެއެވެ. މިފަދަ ބޮޑެތި ކުށްތަކުގެ ތުހުމަތުގައި ހައްޔަރުކުރެވޭ ފަރާތްތައް މުޖުތަމައުއަށް ދޫވެފައި ތިބުމަކީ އާންމު ސަލާމަތާއި ރައްކާތެރިކަމަށް އޮތް ނުރައްކަލެއް ކަމުގައި ކަމާބެހޭ ފަރާތްތަކުން ފާހަގަކުރެއެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
MPL_Ads
HajjCop_ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

8u

ގަވާއިދާ ޚިލާފަށް ހުޅުމާލޭގައި ކުނި އުކައިދޭ ދެ ބިދޭސީއަކު ފުލުހުންގެ ބެލުމުގެ ދަށަށް

ފިޒިކަލް ފިޓްނަސް ޓްރެއިނިންގ އިންސްޓްރަކްޓަރުންގެ ސިމްޕޯޒިއަމް ފަށައިފި

police

މަސްތުވާތަކެއްޗާއި ދެކޮޅަށް މަސައްކަތްކުރުމަކީ މުއައްސަސާގެ އެންމެ އިސް އެއް އަމާޒު: ކޮމިޝަނަރ

ދިވެހި ފުލުހުންގެ ޚިދުމަތަށް ޑްރަގް ޓެސްޓް ކިޓް ހަދިޔާކޮށްފި