ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ހެލްތު ސެޓްފިކެޓް ނެތި ކާބޯތަކެތީގެ ޝިޕްމަންޓަށް ކްލިއަރެންސް ދިން ދެ މުވައްޒަފަކަށް ދައުވާކޮށްފި

MPL
STO_Ads
TTH_Ads
Advertisement

ހެލްތު ސެޓްފިކެޓާ ނުލައި ކާބޯތަކެތީގެ ޝިޕްމަންޓަށް ކްލިއަރެންސް ދިން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ދެ މުވައްޒަފަކަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ދައުވާކޮށްފިއެވެ.

ޕީޖީ އޮފީހުން ނެރުނު ބަޔާނެއްގައި ވިދާޅުވީ ދައުވާ ކުރަން ފޮނުވާފައިވަނީ ޕޯޓް ކްލިއަރެންސްގައި މަސައްކަތް ކުރާ އެމްއެފްޑީއޭގެ ފީލްޑް އޮފިސަރުންތަކަކަށް ކަމަށެވެ.

ޕީޖީ އޮފީހުން ވިދާޅުވީ މިއަހަރުގެ މާޗު މަހުގެ ތެރޭގައި، ރާއްޖެއަށް ކާބޯތަކެތި އެތެރެކުރުމަށް ބޭނުންވާ ހެލްތު ސެޓްފިކެޓާ ނުލައި، ކަނޑުމަގުންނާއި، ވައިގެ މަގުން ޝިޕްމަންޓްތަކެއް އެތެރެކުރުމަށް ކްލިއަރެންސް ދީފައިވާކަމަށް މިއޮފިސަރުންގެ މައްޗަށް ތުހުމަތުކުރެވޭ ކަމަށެވެ.

HajjCop_ads
Advertisement

މި މައްސަލައިގައި ދައުވާ ކުރުމަށް ކްލިމިނަލް ކޯޓަށް ހުށަހަޅާފައިވަނީ ދަފްތަރު ރސ 9244، އަޙްމަދު ހާޝިމްއާއި ގދ. ތިނަދޫ، ޢަރަފާތު، އަޙްމަދު ޒާހިިރުގެ މައްޗަށެވެ. މި ދެ މުވައްޒަފުންނަށް ދައުވާކުރަން ފޮނުވާފައިވަނީ މިދިޔަ ބުދަ ދުވަހުއެވެ.

ޕީޖީ އޮފީހުން ވިދާޅުވީ އަޙްމަދު ހާޝިމާއި އަޙްމަދު ޒާހިރުގެ މައްޗަށް ކުރަނީ ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 512 ވަނަ މާއްދާގެ (ހ) ގެ ދަށުން، ރަސްމީ ވާޖިބު އަދާކުރުމުގައި އެކަށީގެންނުވާ ޢަމަލެއް ހިންގުމުގެ ކުށުގެ 3 ދަޢުވާ ކަމަށެވެ. މި ދައުވާތަކުގެ އަދަބަކީ ކޮންމެ ދަޢުވާއަކަށް 4 މަހާއި 24 ދުވަހެވެ. އެހެންކަމުން 3 ދައުވާވެސް ސާބިތުވެއްޖެނަމަ ކޮންމެ މީހަކަށް އެއް އަހަރާއި ދެމަހާއި 12 ދުވަހުގެ ހުކުމެއް އަންނާނެއެވެ.

ދައުވާލިބޭ މީހުންގެ ފަރާތުން ޕީޖީ އޮފީހާއެކު ނަސޭހަތުގެ އެއްބަސްވުމެއް ހެދުމަށް އެދި ވަނީ ހުށަހަޅާފައެވެ. ނަމަވެސް މި ކުށަކީ ދިވެހިރާއްޖޭގެ ކާބޯތަކެތީގެ ސަލާމަތާއި ރައްކާތެރިކަމާ ސީދާ ގުޅުންހުރި ކުށަކަށްވެފައި، ކާބޯތަކެތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ހެދިފައިވާ ޤާނޫނުތަކާ އުޞޫލުތަކާ ޚިލާފަށް ޢަމަލުކޮށްފައިވާތީ، ޢާންމު މަސްލަޙަތު ވަޒަން ކުރުމަށްފަހު ނަސޭހަތުގެ އެއްބަސްވުމެއް ނުހެދުމަށް ނިންމާފައިވާ ކަމަށް ޕީޖީ އޮފީހުންވަނީ ވިދާޅުވެފައެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
MPL_Ads
HajjCop_ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

health ministry

އާންމު ފިހާރަތަކުގައި އެމްއެފްޑީއޭގެ ހުއްދަނެތި ބޭސް ވިއްކުން މަނާކޮށްފި

Qw

ހުއްދަ ނެތި ބޭސް އެތެރެކުރާ ފަރާތްތައް 100,000 ރުފިޔާއިން ޖޫރިމަނާކުރެވޭ ގޮތަށް އާ ގަވާއިދެއް

Qw

ފުޓް އިންސްޕެކްޓަރުންގެ ސުލޫކީ މިންގަނޑެއް އެކުލަވާލައި، ޖޫރިމަނާ ކުރެވޭ އުސޫލެއް ނެރެފި

health ministry

ސާބިތުނުވާ ބަރުދަން ލުއިކުރާ އުފެއްދުންތައް އިޝްތިހާރުކުރާނަމަ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު އެމްއެފްޑީއޭއިން ދީފި