ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ބެރިއަޓްރިކް ސަރޖަރީގެ ޚިދުމަތް އައިޖީއެމްއެޗާއި ދަރުމަވަންތާގައި ފަށައިފި

TTH_Ads
STO_Ads
Advertisement

އާދަޔާޚިލާފަށް ބޮޑަށް ބަރުދަން މަތިވެފައިވާ މީހުންނަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް، އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އާއި ދަރުމަވަންތަ ހޮސްޕިޓަލުގައި ބެރިއަޓްރިކް ސަރޖަރީގެ ޚިދުމަތް ރަސްމީކޮށް ފަށައިފިއެވެ.

މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގް ހަލީމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިކަން ވަނީ ހާމަކުރަށްވާފައެވެ.

ބެރިއަޓްރިކް ސަރޖަރީ އަކީ ހަޖަމްކުރާ ނިޒާމު މަސައްކަތް ކުރާގޮތަށާއި ގޮހޮރުގެ ސައިޒަށް ބަދަލުގެނެސް، އާދަޔާޚިލާފަށް ބޮޑަށް ބަރުދަން މަތިވެފައިވާ މީހުންގެ ބަރުދަން ދާއިމީގޮތެއްގައި ދަށްކުރުމަށް އެހީތެރިވާ ވަރަށް ކާމިޔާބު އޮޕަރޭޝަންތަކެކެވެ. މި އޮޕަރޭޝަންތަކުގެ ސަބަބުން ބަލިމީހާއަށް ރަނގަޅު ސިއްޙަތެއް ލިބި، ނަފްސާނީ ދުޅަހެޔޮކަން ރަނގަޅުވެ، އަމިއްލަ ނަފްސަށް އޮންނަ އިތުބާރު އިތުރުވެގެންދެއެވެ. އަދި އަލުން ބަލިމީހާގެ ހަޔާތަށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނުވައިދިނުމަށް އެހީތެރިވެއެވެ.

HajjCop_ads
Advertisement

މީގެ އެންމެ މުހިންމު އެއް ފައިދާއަކީ ބަރުދަން މަތިވުމާ ގުޅިގެން ކުރިން ބޭސްކުރަމުން އައި ގައިންގަޔަށް ނާރާ ބަލިތަކަށް (އެންސީޑީ) ބޭސްކުރަން ނުޖެހުމެވެ. އޭގެ ތެރޭގައި ޓައިޕް 2 ހަކުރުބައްޔާއި، ލޭ މައްޗަށް ދިއުމާއި، ކޮލެސްޓެރޯލް މަތިވުމާއި، ހިތުގެ ބަލިތަކާއި ބައެއް ބާވަތުގެ ކެންސަރުން ރައްކާތެރިވުމަށް އެހީތެރިވުން ހިމެނެއެވެ.

ސަރުކާރުގެ ހޮސްޕިޓަލެއްގައި މުޅިން އަލަށް މިފަދަ މުހިންމު ޚިދުމަތެއް ގާއިމުވެގެން ދިއުމަކީ، ބަރުދަން މަތިވުމުގެ ސަބަބުން ދިގު މުއްދަތެއްގައި މިފަދަ ބަލިތަކަށް ފަރުވާ ހޯދަމުން އަންނަ، އުއްމީދު ނެތިފައިވާ އެތައް ބަޔަކަށް ލިބިގެންދާނެ ވަރަށް އުއްމީދީ ހައްލެއްކަން ސީއީއޯ އަބްދުއްރައްޒާގް ވަނީ ފާހަގަކުރަށްވާފައެވެ.

މި ޚިދުމަތް ފެށުމަށްޓަކައި ސަރޖަރީ ޑިޕާޓްމަންޓުގެ ޓީމުން ވަނީ ދިގު މުއްދަތެއްގައި ބުރަ މަސައްކަތްތަކެއް ކޮށްފައިކަން ސީއީއޯ އަބްދުއްރައްޒާގް ވަނީ ފާހަގަކުރަށްވާފައެވެ. ސީއީއޯ ވިދާޅުވީ، މި ކާމިޔާބީ ހާސިލުވީ ހޮސްޕިޓަލުގެ ސަރޖަނުންނާއި، ހޭނައްތާ ޑޮކްޓަރުން، ނަރުހުން، އެހެނިހެން ޓެކްނިކަލް/ކްލިނިކަލް މަސައްކަތްތެރިންނާއި އިދާރީ މުވައްޒަފުން އަދި ސަޕޯޓް ސްޓާފުންގެ އިޚްލާސްތެރި މަސައްކަތުން ކަމަށެވެ. ޚާއްސަކޮށް، ދިވެހިރާއްޖޭގެ ފުރަތަމަ ބެރިއަޓްރިކް ސަރޖަން، ޑރ. އަޒްނާގެ ނަން ފާހަގަކޮށް މަރުޙަބާ ދަންނަވާފައިވެއެވެ.

ސީއީއޯ ރައްޒާގް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ޞިއްޙީ ދާއިރާއަށް ގެންނަވަމުންދާ ހަރުދަނާ އަދި ތަރައްޤީގެ ކުރިއެރުންތަކަކީ ފަހުގެ ތާރީޚެއްގައި މި ދާއިރާއިން ދެކުނު ފާހަގަކޮށްލެވޭ އެންމެ ބޮޑެތި ކާމިޔާބީތަކެއްކަމަށެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
MPL_Ads
HajjCop_ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Igmh

އައިޖީއެމްއެޗްގައި ރޮބޮޓިކް ސާޖަރީ ތައާރަފުކުރުމަށް ތައްޔާރުވަނީ

88887

ރާއްޖޭގެ ފުރަތަމަ ނިއުރޯ އިންޓަވެންޝަނަލް ރޭޑިއޮލޮޖީ ސްޕެޝަލިސްޓް އައިޖީއެމްއެޗާ ގުޅިވަޑައިގެންފި

އައިޖީއެމްއެޗުން ހަކުރު ބައްޔަށް ސްކްރީން ކުރުމުގެ ހަރަކާތެއް

Amaan Dhoadhi hulhumale

ހުޅުމާލޭގެ ފުލެޓަކުން ވެއްޓުނު ކުއްޖާ ވެންޓިލޭޓަރުން ނަގައި ވޯޑަށް ބަދަލުކޮށްފި