ތޫފާން 'ދިތުވާ'ގެ ސަބަބުން ސްރީ ލަންކާގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ދިވެހި މީޑިއާތަކުން ގުޅިގެން ބާއްވާ ޚާއްސަ ޓެެލެތޯނަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން 25،000 ޑޮލަރު ހަދިޔާކޮށްފިއެވެ.

ބީއެމްއެލްގެ ފަރާތުން ފައިސާގެ ޗެކު ޕީއެސްއެމްއާ ހަވާލުކޮށްދެއްވީ އެ ބޭންކުގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަރީފެވެ.

ޗެކް ހަވާލުކޮށްދެއްވުމަށްފަހު ޝަރީފް ވިދާޅުވީ ސްރީލަންކާގައި ބީއެމްއެލްގެ އެތައް ކަސްޓަމަރުންނާއި ޕާޓްނަރުން ދިރިއުޅުއްވާ ކަމަށެވެ. އަދި އެ ގައުމަކީ ބީއެމްއެލްއާ އެކު ގާތް ވިޔަފާރީގެ ގުޅުން ބާއްވާ ގައުމެއްކަން ފާހަގަކުރައްވަމުން ޝަރީފް ވިދާޅުވީ، ބީއެމްއެލްއިން ލަންކާއަށް ކުރިމަތިވި ހިތާމައިގައި ބައިވެރިވާ ކަމަށެވެ.

އިޝްތިހާރު އިޝްތިހާރު

މިހާތަނަށް މި ޓެެލެތޯނަށް ވަނީ ޖުމްލަ ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބިފައިވެއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިސްނެންގެވުމާއެކު ސަރުކާރުން ވަނީ ސްރީލަންކާއަށް އެހީގެގޮތުގައި 50،000 ޑޮލަރާއި 25،000 މަސް ދަޅު ހަދިޔާކުރަން ނިންމާފައެވެ.