ހުޅުމާލޭ އިންޖީނުގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައި ސްޓެލްކޯގެ މުވައްޒަފަކަށް އަނިޔާވެ ފަރުވާދެމުން އެބަދެއެވެ.

ސްޓެލްކޯ އިން ބުނީ ހުޅުމާލޭގެ ބާ އިންޖީނުގޭގެ ސްވިޗް ގިއަރަކަށް ދިމާވި މައްސަލައެއް ހައްލު ކުރަމުން ދަނިކޮށް، އަލިފާނުގެ ހާދިސާއެއް ހިނގައި އެ ކުންފުނީގެ މުވައްޒަފަކަށް އެކި ވަރުގެ އަނިޔާތަކެއް ލިބިފައިވާ ކަމަށެވެ.

އަނިޔާ ލިބުނު މުވައްޒަފަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށް ސްޓެލްކޯ އިން ބުންޏެވެ.

އިޝްތިހާރު އިޝްތިހާރު

އެކަމާ ގުޅޭ އިތުރު ތަފްސީލް ސްޓެލްކޯ އިން ހާމައެއް ނުކުރެއެވެ.