ޕީސީބީ އިން ކުރިޓުވީޓުގައި ބުނެފައިވަނީ އެމްއޭސީއެލްގެ ބޯޑަށް ޖަމީލު އުސްމާން(ޖޭޔޫ) މިއަދު އައްޔަންކޮށްފިކަމަށެއެވެ.

18 ވަނަ ރައްޔިތުންގެ މަޖިލީސްގެ ގެމަނަފުށި ދާއިރާ ތަމްސީލުކުރެއްވި ޖަމީލް ވަނީ ރައްޔިތުންގެ މަޖިލީހުގެ ގިނަ ކޮމަޓީތަކެއްގައި ވެސް މަސައްކަތް ކޮށްފައެވެ، އޭގެ ތެރޭގައި މާލިއްޔަތު ކޮމެޓީއާއި، އިގުތިސާދީ ކޮމެޓީ އަދި ގައުމީސަލާމަތު ކޮމެޓީފަދަ ކޮމެޓީތަށް ހިމެނެއެވެ.

ޖަމީލްވަނީ ބައެއް ބޮޑަތި ކުންފުނިތަކުގައި މެނޭޖެމެންޓް ލެވެލްގައި ވެސް މަސައްކަތް ކޮށްފައިވެއެވެ. މީގެ އިތުރުން ޓްރާންސްމޯލްޑިވިއަންއެއާވޭސް (ޓީއެމްއޭ) ސީނިއަރ މެނޭޖްމަންޓުގައި ފަސް އަހަރު އޭނާ މަސައްކަތް ކޮށްފައިވެއެވެ.

އިޝްތިހާރު އިޝްތިހާރު

ޖަމީލް އުސްމާން ވަނީ އިގިރޭސީވިލާތުގެ ބެޑްފޯޑްޝިއާ ޔުނިވާސިޓީއިން ބިޒްނަސް އެޑުމިނިސްޓުރޭޝަން އިން މާސްޓާސް ހާސިލު ކުރައްވާ، އަދި އިގިރޭސީ ވިލާތުގެ ޔުނިވާސިޓީ އޮފް ބާރމިންހަމް އިން ބީއޭ (އޮނާރސް) އިން ހޮސްޕިޓަލިޓީ އެންޑް ޓުއަރިޒަމް މެނޭޖްމަންޓް ހާސިލު ކުރައްވާފައެވެ.

އިކޮނޮމިކް މިނިސްޓްރީގެ ބިޒްނަސް ޕޯޓަލްގައިވާ ގޮތުން އެމްއޭސީއެލްގެ ބޯޑު މެންބަރުންގެ ގޮތުގައި މިހާރު ތިއްބެވީ އެ ކުންފުނީގެ ޗެއާޕާސަން އައިޝާ ނޫރައިން ޖަނާހު، މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު، މުހައްމަދު ސަހާ ވަހީދު، އިބްރާހިމް ސިޔާދު ގާސިމް، މުހައްމަދު މިހާދު، މުޖުތަބާ ލަތީފް އަދި އިބްރާހިމް މަހުދީއެވެ.